ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މުޅިން އަލަށް ބޭއްވި، ލިޓަސް ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން ޒަޔާން ޒަކީ އަދި އަންހެނުންގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން ފާތިމަތު ނަބާހާ ހޯދައިފިއެވެ.
ފިރިހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ޒަޔާން ހޯދީ ފައިނަލުގައި ނިބާލް އަހްމަދު ގެ މައްޗަށް 2-1 ސެޓުން ކުރި ހޯދައިގެންނެވެ. އިއްޔެ ހަވީރު ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ސެޓް 16-21 ނިބާލް ގެންގޮސްފައި ވަނިކޮށް، ފަހަތުން އަރައި ފަހު ދެ ސެޓް 21-10 އަދި 21-13 އިން ކާމިޔާބުކޮށް ޒަޔާން ވަނީ ފިރިހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދާފައެވެ.
އަންހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ނަބާހާ ހޯދީ ފައިނަލުގައި ނީލާ ނަޖީބު އާ ވާދަކޮށް 14-21 އަދި 14-21 އިން ސީދާ ދެ ސެޓުން ކުރިހޯދައިގެންނެވެ.
ޒަޔާން އާއި ތޯއިފް ގެ ޕެއާ 21-19 އަދި 21-13 އިން ސީދާ ދެ ސެޓުން ބަލިކުރުމަށްފަހު، ފިރިހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ ހަސަން އަފްޝީން އާއި މުހައްމަދު ހިޝާމްގެ ޕެއާ އެވެ.
އަންހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ ދާދިފަހުން ޕާކިސްތާނުގައި ކުރިއަށްދިޔަ ބެޑްމިންޓަން އިންޓަނޭޝަނަލް ސީރީޒްގައި ވެސް ރަން މެޑަލް ހޯދި އެއްމާބަނޑު ދެބެއިން ކަމަށްވާ ނަބާހާ އާއި ނަބީހާއެވެ. ފައިނަލުގައި ނަބާހާ އާއި ނަބީހާ އާ ދެކޮޅަށް ނުކުތީ މާޝާ ރަޝީދު އާއި އައިމިނަތު އަލީ އެވެ. ނަބާހާ އާއި ނަބީހާ ގެ ޕެއާ މި މެޗު ކާމިޔާބުކުރީ 21-10 އަދި 21-11 އިން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ.
މިކްސްޑް ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ ޕާކިސްތާނުގައި ބޭއްވި ބެޑްމިންޓަން އިންޓަނޭޝަނަލް ސީރީޒްގައި ރަން މެޑަލް ހޯދި އަދި، ގައުމީ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދި ޒަޔާން އާއި ނަބާހާ ގެ ޕެއާ އެވެ. ނިބާލް އާއި މައިސާ ގެ ޕެއާ މި މެޗު ކާމިޔާބުކުރީ 21-16 އަދި 21-17 އިން ދެ ސެޓުން ބަލިކުރުމަށް ފަހުގައެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔަކީ ގައުމީ މުބާރާތުގައި ވެސް އެންމެ ކާމިޔާބު ކުޅުންތެރިޔާ ކަމަށްވާ ނަބާހާ އެވެ. ނަބާހާ ވަނީ އަންހެން ސިންގަލްސް، އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ގެ ޗެމްޕިއަންކަން ހޯދާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި