ސްޕެނިޝް ލީގުގައި، މިއަދު ލީގުގެ އެންމެ ފުލުގައި އޮތް ލެގާނެސް އާއި ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ ބައްދަލުކުރި މެޗް 2-1 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެ ލީގުގެ އެއްވަނަ މަގާމު ދަމަހައްޓައިފިއެވެ.
ލެގާނެސް ގެ ދަނޑުގައި ކުޅުނު މި މެޗުގެ 12 ވަނަ މިނެޓުގައި ލެގާނެސް ގެ ފޯވާޑް ޔޫސުފް އެން ނަސީރީ ވަނީ ހިތްގައިމު ގޯލެއް ޖަހާ ބާސާ އަށް ބޮޑު ސިހުމެއް ގެނުވާފައެވެ. ގިނައިރު ބޯޅަ ހިފަހައްޓައިގެން ބާސާ މޮޅަށް ކުޅުނު ނަމަވެސް، ރޭވުންތެރިކަމާއެކު ޑިފެންސް ކުރަމުން ދިޔަ ލެގާނެސް ގެ ގޯލަށް، ބާސާ ގެ ކުޅުންތެރިންނަށް މާ ނުރައްކާތެރި ހަމަލާތަކެއް އަމާޒު ކުރެވިފައި ނުވެއެވެ.
ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ލެގާނެސް ގެ ޕެނަލްޓީ އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމެއް މެސީ ލެގާނެސް ގެ އޭރިއާ އެތެރެއަށް ހުރަސްކޮށްލުމުން ސުއަރޭޒް ވަނީ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ބާސާ ސަލާމަތްކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ވިދާލް އެވެ. މެޗުގެ 79 ވަނަ މިނެޓުގައި ޑެމްބެލޭ ނެގި ކޯނަރެއް ލެގާނެސް ގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި އައި ވަގުތުގައި ގޯލުގެ ދަނޑި ކައިރީގައި ހުރެގެން ވިދާލް ވަނީ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.
މި މެޗުން ހޯދި މޮޅާއެކު ކުޅުނު 13 މެޗުން 28 ޕޮއިންޓް ހޯދައިގެން ބާސާ އޮތީ ލީގުގެ އެއްވަނައިގައެވެ. ބާސާ ދެން ނިކުންނާނީ ޔުއެފާ ޗެންޕިއަންސް ލީގުގައި އަންނަ ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ގަދަ ބާރު ބޮރޫސިއާ ޑޯޓްމަންޑާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެ ނަމަ ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ބާސާ ކޮލިފައިވާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި