ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ލަވަތަކެއް އެހުންތެރިންނަށް ފޯރުކޮށްދެމުން އަންނަ ‘އިއްޔާ ރެކޯޑްސް’ އިން އެ ލޭބަލްގެ އާޓިސްޓު، ވޯކަލިސްޓް އަދި ޕިއާނިސްޓް އަޙްމަދު މާއިޝް ނިޔާޒް ގެ ދެވަނަ ސިންގަލް ލަވަ ނެރެފިއެވެ.
“ޚިޔާލުގާ” މި ލަވަ ނެރެފައިވަނީ މާއިޝްގެ 25ވަނަ އުފަން ދުވަހު އޭނާގެ ފޭނުންނަށް ހަދިޔާއެއްގެ ގޮތުން ލަވަފޮށި އެޕްގައެވެ.
“މި ލަވައިގެ މަސައްކަތް މާއިޝް ކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ފަހުން އަޅުގަނޑުމެންނަށް މި ލަވަ ރިލީޒް މިކުރެވުނީ. މާއިޝް އަށް ވަރަށް ޕާރސަނަލް ލަވައެއް މީ. އަޑުއެހުންތެރިންނަށް މި ލަވަ ކަމުދާނެ ކަމަށް އުއްމީދުކުރަން.” މި ލަވައާމެދު ‘އިއްޔާ ރެކޯޑްސް’ގެ ސީއީއޯ އިއްޔާ މުނިއަވަސް އަށް ބުންޏެވެ.
ލަވަ ކޮމްޕޯޒްކޮށް ކިޔާފައިވާ މާއިޝް އާވެސް މުނިއަވަސް އިން ސުވާލު ކޮށްލީމެވެ.
މި ލަވައަކީ ކިހައި ދުވަހެއްގެ މަސައްކަތެއް؟ “ޚިޔާލުގާ” ގެ ނަމުން ލަވައަށް ނަން ދިން ސަބަބަކީ ކޮބާ؟
މި ލަވައިގެ މަސައްކަތް ކުރާތާ ވެދާނެ 2 އަހަރު ވަރު. އެކަމަކު މި ލަވަ މި ދުވަސްކޮޅަށް މި ނެރެވިގެން ދިޔައީ މި ލަވަ ވަކި ޚާއްޞަ ކުއްޖަކަށް ޑެޑިކޭޓްކޮށްދިނުމުގެ ގޮތުން. “ޚިޔާލުގާ” މި ނަން ދެވުނީ މި ލަވައަކީ ޚިޔާލުގެ ތެރޭގައި އުޅޭ ތޯޓްސްތަކަކަށް ވެފައި އިއްޔާ ރެކޯޑްސްގެ ލިރިސިސްޓް އަޙްމަދު ފަތީން ދިން އައިޑިއާއެއް.
މާއިޝް، އިއްޔާ ރެކޯޑްސް އާ ގުޅިގެން ނެރުނު ދެވަނަ ލަވަ މީ. މި ލޭބަލް އާއެކު މަސައްކަތްކުރުން މީ ކޮންކަހަލަ ތަޖުރިބާއެއް؟ ކުރިއަށް އޮތް ތާނގަ މި ލޭބަލް އާ ގުޅެން އެދޭ ފަރާތްތަކަށް ބުނެލަން ބޭނުންވަނީ ކީކޭ؟
މި ލޭބަލް އާ ގުޅުން މީ މާއިޝް އަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުން. ހުރިހައި އެހުންތެރިންނަށް ވެސް ފާހަގަވެލައްވާފަ އޮންނާނީ މާއިޝްގެ އަމިއްލަ ލަވަތަކެއް އަޑުއިވިގެން މި ދިޔައީ މި ލޭބަލްއާ ގުޅުނު ފަހުން.
ދެން މި ލޭބަލްއާ ގުޅެން ބޭނުންވާ ފަރާތްތަކަށް ބުނެލަން ބޭނުންވަނީ މި ލޭބަލްއަކީ ހަމަ މިއުޒިކުގެ ދާއިރާ އިން ކުރިއަށް ދިއުމަށް ބޭނުންވާ ކޮންމެ ކުއްޖަކަށްވެސް ލިބޭނެ ކުރިއެރުމެއް ކަމަށާ ފުރިހަމަ ނުވެ ހުރި އެތަކެއް ކަންތައްތަކެއް ހަގީގަތަކަށް ހެދުމަށް އޮތް ރަނގަޅު ފުރުސަތެއް ކަމަށާ އަދި އިއްޔާ ރެކޯޑްސް އަކީ ހަމައެކަނި ރެކޯޑް ލޭބަލް އެއް ނޫންކަމަށް. މި ލޭބަލް އަށް ވަންނަ ކޮންމެ ކުއްޖަކަށް ހަމަ ޔަގީނުންވެސް މީ އާއިލާއެއް ކަން އިހުސާސްވާނެ.
މާއިޝްގެ ފުރަތަމަ ސިންގަލް، “މާޔޫސް” ގެ ވީޑިއޯ ފެނިގެންދާނެ ކަމަށް ލޭބަލްގެ ސީއީއޯ އިއްޔާ މުނިއަވަސް އަށް މަޢުލޫމާތު ދީފަ ވަނީ. “މާޔޫސް”ގެ މަސައްކަތް މިހާރު ކިހާ ހިސާބަކަށް ހިނގައްޖެބާ؟
“މާޔޫސް” ގެ މަސައްކަތްތައް ދަނީ ހަމަ ކުރިއަށް…. ފުރިހަމަ ލަވައެއް ގެނެސްދެވޭނީ ގިނަ ދުވަހުގެ މަސައްކަތުން ކަމަށް ވާތީ ވަގުތު ނަގަނީ.
ލަވަފޮށި ބޭނުންކޮށްގެން “ޚިޔާލުގާ” މިލިންކުން އަޑުއަހައިލެވޭނެއެވެ.
މާއިޝް އަކީ މޯލްޑިވިއަން އައިޑޮލް ސީޒަން ދެއަކުން ވިދާލި ހުނަރުވެރި ލަވަކިޔުންތެރިއެކެވެ. އޭނާ ‘އިއްޔާ ރެކޯޑްސް’ އާ ގުޅުނީ މި އަހަރު ޖޫން މަހުއެވެ.
މާއިޝް އަކީ އުމުރުން އެންމެ 13 އަހަރުން ފެށީގެން މިއުޒިކް ކުޅެމުން އަންނަ ވަރަށް ހުނަރުވެރި ފަންނާނެކެވެ. އެގޮތުން މާއިޝް އަށް ކުޅެން ނޭނގޭ އެއްވެސް މިއުޒިކަލް އިންސްޓްރޫމެންޓެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
’އިއްޔަ ރިކޯޑްސް‘ ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި