ގައުމީ ޓެނިހަށް 50 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި 50 ވަނަ “ބީ.އެމް.އެލް ނޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް 2019” ގެ ނިންމުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކޮށްފިއެވެ.
ނޭޝަނަލް ޓެނިސް ސެންޓަރުގައި އޮތް މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ. މި ރަސްމިއްޔާތު ގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަދި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޓެނިސް އެސޯސިއޭޝަންގެ ޚާއްޞަ ދައުވަތަކަށް ދުނިޔޭގެ ކުރީގެ ނުވަ ވަނަ ޓެނިސް ކުޅުންތެރިޔާ ތައިލެންޑުގެ ޕެރެޑޮން ސްރިޗިޕާން ވެސް މިރަސްމިއްޔާތުގައި ވަނީ ބައިވެރިވެފައެވެ.
މި މަހުގެ 15 އިން 23 ގެ ނިޔަލަށް ނޭޝަނަލް ޓެނިސް ސެންޓަރުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި މުބާރާތުގައި 7 އަހަރުން ދަށް، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، ޖޫނިއަރ އޯޕަން، މެންސް އޯޕަން، ވިމެންސް އޯޕަން، ޑަބަލްސް، މިކްސްޑް ޑަބަލްސް، ފިރިހެނުންގެ 45 އަހަރުން މަތި އަދި ފިރިހެނުންގެ 55 އަހަރުން މަތީގެ ކެޓަގަރީތަކުން ކުޅުންތެރިން ވާދަކޮށްފައިވެއެވެ. މި މުބާރާތުގައި ޖުމްލަ 150 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
އެހެންފަހަރުތަކާ ޚިލާފަށް މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ބޭރުގެ ކުޅުންތެރިންނަށް ފުރުސަތުދީ ފައިވެއެވެ. ރާއްޖޭގެ އިތުރުން މުބާރާތުގައި އިންޑިއާ، ސްރީލަންކާ، ނޭޕާލް އަދި ކެންބޯޑިއާ ގެ ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ރާއްޖެއިން ބޭރުގެ ކުޅުންތެރިންނަށް ފުރުސަތުދީގެން ބޭއްވި ފުރަތަމަ ބައިނަލްއަޤުވީ ޓެނިސް މުބާރާތް ކަން ފާހަގަކޮށްލެވެއެވެ.
މުބާރާތުގެ އެކި ކެޓަގަރީތަކުން ޗެމްޕިއަންކަން ހޯދި ކުޅުންތެރިން:
7 އަހަރުން ދަށުގެ އުމުރުފުރާ:
ފިރިހެން: އަލްސަން ސާމީ މުހައްމަދު
އަންހެން: އިސްރާ އާރާ އިބްރާހީމް ޝަފީޢު
8 އަހަރުން ދަށުގެ އުމުރުފުރާ:
ފިރިހެން: ޕަރްވޭޝް ސިވަޕަލަން
އަންހެން: އައިޝަތު ކާރިން ސައިޒަން
އަންހެން ޑަބަލްސް: އައިޝަތު ކާރިން ސައިޒަން އަދި އައިޝަތު ލީވިއާ ކަޘީރު
10 އަހަރުން ދަށުގެ އުމުރުފުރާ:
ފިރިހެން: ޕަސިންދޫ ވަތްސަލާ ރުކުނަޔަކަ
އަންހެން: ނަބާ ނިޝާން
އަންހެން ޑަބަލްސް: ނަބާ ނިޝާން އަދި ލެއިއާ ތަމޫޙް ސައީދު
12 އަހަރުން ދަށުގެ އުމުރުފުރާ:
ފިރިހެން: ލިސާލް ގޫނެތިލެކެ
އަންހެން: ރޫވީ ރާޖަކަރުނާ ލެވްކެބަންދްރާ
ފިރިހެން ޑަބަލްސް: މުހައްމަދު ނޫޙް ނާޒިހް އަދި ދާއޫދު ޝަހީބް
އަންހެން ޑަބަލްސް: ރޫވީ ރާޖަކަރުނާ ލެވްކެބަންދްރާ އަދި އޮނެލީ ސަމަރަވިކްރަމާ
14 އަހަރުން ދަށުގެ އުމުރުފުރާ:
ފިރިހެން: ލިސާލް ގޫނެތިލެކެ
އަންހެން: ޝުރުތީ އަހްލާވަތު
އަންހެން ޑަބަލްސް: ޝުރުތީ އަހްލާވަތު އަދި ޗާންދަނީ ޝްރިނިވާސަން
ޖޫނިއަރ އޯޕަން:
ފިރިހެން: މާން ޝާހް
އަންހެން: ޝުރުތީ އަހްލާވަތު
ފިރިހެން ޑަބަލްސް: ރައުދަކް މައުމޫން އަދި އައްޔޫބް ޝަހީބް
މެންސް އޯޕަން:
ސިންގަލްސް: ކެނީ ބަން
ޑަބަލްސް: ކެނީ ބަން އަދި ފަލްކޫން އެންޑްރޫ މަމް
ވިމެންސް އޯޕަން:
ސިންގަލްސް: ސާވިނީ ޖަޔަސޫރިޔާ
ޑަބަލްސް: ސާވިނީ ޖަޔަސޫރިޔާ އަދި ޖަނާލީ މަނަމްޕެރީ
މިކްސްޑް ޑަބަލްސް: ސަންޓޯޝީ ޚަތުރީ އަދި ގަންގާ ޝަރުމާ
45 އަހަރުން މަތީގެ އުމުރުފުރާ:
ފިރިހެން: ސައުދުﷲ އިބްރާހިމް
ފިރިހެން ޑަބަލްސް: މުހައްމަދު އަސްލަމް އަދި މުހައްމަދު އަމީން
55 އަހަރުން މަތީގެ އުމުރުފުރާ:
ފިރިހެން ޑަބަލްސް: އަދްނާން ވަހީދު އަދި އިބްރާހިމް ހުސެއިން
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި