ރޭ ސްޕެނިޝް ލީގުގައި އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް ގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރި ހޯދި މެޗުގައި ރެއާލް މެޑްރިޑް ގެ ސަޕޯޓަރުން އެޓީމުގެ ފޯވާޑް ގަރެތު ބޭލް އާ ދިމާކޮށްލައިފިއެވެ.
ރެއާލް މެޑްރިޑްގެ ގެ ދަނޑުގައި ކުޅުނު މި މެޗުގެ 2 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ހެނދުނު ގޯހެއްގެ ފައިދާ ނަގައި، ވިލިއަން ޖޯސޭ ވަނީ ސޮސިއެޑާޑް އަށް މެޗުގެ ކުރި ހޯދައިދީފައެވެ. ފުރަތަަމަ ހާފު ނިމެން އުޅެނިކޮށް މެޗުގެ 37 ވަނަ މިނެޓުގައި ބެންޒީމާ ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި ގޯލަކީ ސްޕެނިޝް ލީގުގައި އޭނާ ކާމިޔާބުކުރި 10 ވަނަ ގޯލެވެ. ގޯލް ލިސްޓުގެ އެއްވަނައިގައި އޮތީ ވެސް ބެންޒީމާ ކަން ފާހަގަކޮށްލެވެއެވެ.
ދެވަނަ ހާފު ފެށުނުތަނާ މެޗުގެ 48 ވަނަ މިނެޓުގައި މޮޑްރިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ފެޑެރީކޯ ވަލްވާޑޭ ވަނީ ގޯލެއްޖަހާ ރެއާލް މެޑްރިޑަށް މެޗުގެ ލީޑު ހޯދައިދީފައެވެ. 67 ވަނަ މިނެޓުގައި ގަރެތު ބޭލް ކުޅެން އެރުވުމުން ރެއާލްގެ ސަޕޯޓަރުން ވަނީ އޭނާއާ ދިމާކުރުމުގެ ގޮތުން އެކި އަޑުތައް ލައްވާ، ތުންފުމެ އަދި ބޭއަދަބީ ބަސްތައް ރައްދު ކޮށްފައެވެ. ރެއާލްގެ ސަޕޯޓަރުންގެ ނުރުހުން ބޭލް އަށް އަމާޒުވެފައި މިވަނީ ޔޫރޯ ކޮލިފައިންގައި އެންމެ ފަހުން ވޭލްސް ކުޅުނު މެޗުގައި ޔޫރޯ އަށް ކޮލިފައިވުމުން އެކަމާ އުފާފާޅުކުރުމުގެ ގޮތުން ބޭލް ބޭނުންކުރި ބެނާ އެއްގެ މައްސަލައިގައެވެ. އެ ބެނާގައި ލިޔެފައިވަނީ ” ވޭލްސް، ގޯލްފް، ރެއާލް މެޑްރިޑް. މި ތަރުތީބުން” މިހެންނެވެ.
ރެއާލުގެ ތިން ވަނަ ގޯލް މެޗުގެ 74 ވަނަ މިނެޓުގައި ބެންޒީމާގެ ޕާހަކުން ކާމިޔާބުކޮށްދިނީ މޮޑްރިޗް އެވެ.
މި މެޗުން ހޯދި މޮޅާއެކު، ކުޅުނު 13 މެޗުން 28 ޕޮއިންޓް ހޯދައިގެން ރެއާލް މެޑްރިޑް އޮތީ ތާވަލުގެ ދެވަނައިގައި އެވެ. ވާދަވެރި ބާސެލޯނާ އެއްވަނައިގައި އޮތީ ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން ފައިދާ ގޯލުގެ ތަފާތުންނެވެ. ރެއާލް ދެން ނިކުންނާނީ ޔުއެފާ ޗެންޕިއަންސް ލީގުގައި އަންނަ އަންގާރަ ދުވަހުގެ ރޭއަމިއްލަ ދަނޑުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާ ދެކޮޅަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި