މަހިބަދޫ ޒުވާނުން އަމާޒުކޮށްގެން ރަށު ކައުންސިލުން ކުރިޔަށް ގެންދިޔަ މަހިބަދޫ ޒުވާނުންގެ ހަވަނަ ނެޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ހޯދައި ޒޮއިކް ޓީމުން މުބާރާތުގެ ތަށި މިލްކުކޮށްފިއެވެ.

2017 ވަނަ އަހަރާއި 2018 އަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ޒޮއިކް ޓީމުން މިއަހަރުގެ ޗެންޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލްމެޗްގައި ވިވާންސް ސްޕޯޓްސް އާއި ބައްދަލުކޮށް ކާމިޔާބުކޮށްގެން ނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗް ޒޮއިކް ޓީމުން ކާމިޔާބުކޮށްފައި ވަނީ ވިވާންސް ސްޕޯޓްސް އަށްވުރެ އިތުރަށް ތިންޝޫޓް ކާމިޔާބުކޮށްގެންނެވެ.

މަހިބަދޫއަށް ނިސްބަތްވާ އަށް ޓީމު ވާދަކުރި މިމުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައި ވަނީ ޗެންޕިއަން ޒޮއިކް އާއި ރަނަރަޕް ވިވާންސް ސްޕޯޓްސް ގެ އިތުރުން ބެރީސް އާއި ކަމަނަ ޓީމެވެ.

މުބާރާތުގެ ފައިނަލްމެޗްގެ މޮޅު ކުޅުންތެރިއަކަށް ޒޮއިކް ޓީމުގެ ރާޝިދާ މޫސާ ހޮވިފައިވާއިރު މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި ރާޝިދާ މޫސާ ހިމެނެއެވެ. އެންމެމޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ރާޝިދާ މޫސާގެ އިތުރުން ހިމެނެނީ އެޓީމްގެ އީމާ އަބްދުއްސައްތާރާއި މަރިޔަމް އަޝްފާގެ އިތުރުން ވިވާންސް ސްޕޯޓްސް މަރިޔަމް އަރުސާ އާއި މަރިޔަމް ހިންދު އެވެ. އަދި ބެރީސް ޓީމުގެ ޞަފާ ގާސިމާއި ކަމަނަ ޓީމުގެ ފާތިމަތު ޝާރަތުއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.