ކާމިޔާބު ފީޗާ ފިލްމު “ބަވަތި” އުފެއްދި ޕްރޮޑަކްޝަން ހައުސް ‘އައިފިލްމްސް’ގެ ދެވަނަ ފީޗާ ފިލްމުގެ ޓްރެއިނިންތައް މިމަހުގެ 2ވަނަ ދުވަހު ފަށައިފިއެވެ.
މި ފިލްމުގެ އަންހެން ލީޑަށް މާޝަލް އާޓްސް ތަމްރީނުތަކެއްދޭ ފޮޓޯ އަކާއި ވީޑިއޯ ކްލިޕެއް އައިފިލްމްސް ވަނީ ދައްކާލާފައެވެ. މާޝަލް އާޓްސް ޓްރެއިނިން ދަސްކޮށްދެނީ ‘ޝިން އެޓެމީ މޯލްޑިވްސް’ އިންނެވެ.
އައިފިލްމްސް އިން މިވަގުތު ފިލްމުގެ ނަން ހާމަކޮށްފައި ނުވިޔަސް، މިމަހު 15 ވަނަ ދުވަހު ފިލްމުގެ ނަން ހާމަކުރާނެ ކަމަށް އައިފިލްމްސް އިން މުނިއަވަސް އަށް ބުންޏެވެ.
‘އައިފިލްމްސް’ގެ ދެވަނަ ފިލްމުގެ ލީޑުން ފެނިގެންދާނީ ފިލްމު “ބަވަތި”ގެ ލީޑުން ހުނަރުވެރި އެކްޓިން އެއް ދެއްކި ނުޒުހަތު ޝުޢައިބް އާއި އަށްވަނަ ފިލްމު އެވޯޑްސް އިން އެންމެ މޮޅު ފިރިހެން އެކްޓަރުގެ އެވޯޑް ހޯދި ޖުމައްޔިލް ނިމާލް އެވެ.
ނުޒޫ އާއި ޖުމަލްގެ އިތުރުން، މުޅިން އައު ފިރިހެން ފަންނާނެއްވެސް މި ފިލްމުން ތަޢާރަފްކުރާނެ ކަމަށްވެސް އައިފިލްމްސް އިން މަޢުލޫމާތު ދެއެވެ. އަލަށް ތަޢާރަފް ކުރަނީ ޝަރަފް ޢަބްދުﷲ އެވެ.
މި ފިލްމު ވެސް ޑައިރެކްޓް ކުރާނީ “ބަވަތި” އިން މޮޅު ޑައިރެކްޝަން އެއް ދެއްކި އިލްޔާސް ވަހީދު (އިއްލި) އެވެ. އެސިސްޓް ޑައިރެކްޓަރަކީ “ބަވަތި”ގެ ފިރިހެން ލީޑް ކުޅުނު އިފްނާޒް އެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ “ބަވަތި”ގެ ވެސް ޕްރޮޑިއުސަރުންނެވެ.
އައި ފިލްމްސްގެ ދެވަނަ ފިލްމުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!