ތްރީ-ޑީ ހޮލޮގްރާމް ހަދަނީ ކިހިނެތްކަމާއި މެދު ވިސްނާލިން ހެއްޔެވެ؟ ތްރީ-ޑީ ހޮލޮގްރާމެއް ވަރަށް ފަސޭހައިން ހަދައިލެވިދާނެ އެވެ. ބޭނުންވަނީ ސްމަރޓް ފޯނަކާއި ސީޑީ/ޑީވީ ކަވަރުގެ އަލިކޮށް ހުންނަ ޕްލާސްޓިކް ބައެވެ. އަންނަނިވި ފަސޭހަ ފިޔަވަޅުތަކުން މި ދެންެވި ފަދަ ތްރީ-ޑީ ހޮލޮގްރާމެއް ހަދައިލަމާ ހިނގާށެވެ. ޔޫޓިއުބް ގައި ޝާއިޢުކޮށްފައިވާ މި ވީޑިއޯގައި ފެނިގެންދަނީ ގޭތެރެއިން ލިބެން ހުންނަ ތަކެއްޗާއި ސްމަރޓް ފޯނެއް ބޭނުންކޮށްގެން ތްރީ-ޑީ ހޮލޮގްރާމެއް ތައްޔާރުކޮށްލާނެ ގޮތެވެ. މި ވީޑިއޯ އިން ފެނިގެންދާ ފަދަ ތްރީ-ޑީ ރޫހާނީ ސޫރައެއް ފޯނާއިި ދިމާ މަތީގައި ހަރަކާތް ކުރާގޮތް ހަދައިލަމާ ހިނގާށެވެ.
ބޭނުންވާ ތަކެތި:
– ގްރާފް ކަރުދާސް
– ސީޑީ/ޑީވީޑީ ކަވަރެއް
– ގަލަމެއް
– ކަތުރެއް
– ސެލޯޓޭޕް ނުވަތަ ސްޕަރ ގްލޫ (އެލްޓިކޯ ތެރަސް) ފުޅިއެއް
– ކަޓަރެއް ނުވަތަ ބިއްލޫރި ކަފާ އަލިމަސް ކައްޓެއް
– ސްމަރޓް ފޯނެއް
ތްރީ-ޑީ ޕްރޮޖެކްޓަރ ތައްޔާރުކުރާނެ ގޮތް:
1- ގްރާފް ކަރުދާހުގައި ދައްކާފައި އެވާ ގޮތަށް، ދެވިފައިވާ މިންތަކަށް ‘ޓްރޭޕްޒޮއިޑް’ ބައްޓަމެއް ކުރަހާށެވެ. އެ މިންތަކަކީ 1 ސމ 5 ސމ 6 ސމ އެވެ.
2- ސީޑީ/ޑީވީޑީ ކަވަރުގެ އެއްމެ ތިލަކޮށް ހުންން ބައި ނައްޓާލާށެވެ. އެއަށްފަހު، ކުރަހާފައިވާ ބައްޓަން މަތީގައި ބާއްވައިގެން އަލި ޕްލާސްޓިކް ބައިން 4 ބައްޓަން ކަފާށެވެ.
3- ސެލޯޓޭޕް ބޭނުން ކޮށްގެން، ކަފާފައިވާ 4 ބައްޓަން އެއްކޮށްލާށެވެ. މިހެން އެއްކޮށްލާނީ ބައްޓަމުގެ އެއްމެ ދިގު އަރިތައް މި ތައްޔާރު ކުރާ އެތީގެ އެއްމެ މައްޗަށް ހުންނަ ގޮތަށެވެ.
4- ހޮލޮގްރާޕް ކުރެވޭ ފަދަ ވީޑިއޯ އެއް ނަގާށެވެ. މި ވީޑިއޯ އަކީ ރަނގަޅު މިސާލެކެވެ. ނުވަތަ މި ވީޑިއޯ ވެސް ރަނގަޅުވާނެ އެވެ.
5- ތައްޔާރުކުރި އޮނިގަނޑު ފޯނުގެ މަތީގައި ބާވާފައި ވީޑިއޯ ޕްލޭ ކޮށްލާށެވެ.
ހޮލޮގްރާމް އަކީ އާއްމުކޮށް ސައިންސް ފިކްޝަން ފިލްމުތަކުން ފެންނަ އެއްޗެކެވެ. ނަމަވެސް މިހާރު މިވަނީ ހޮލޮގްރާމެއް އަސްލަށް ބޭނުން ކޮށްލެވޭނެ ގޮތް ހެދިފައެވެ. ހޮލޮގްރާމް ފީޗަރ އަކީ އާއްމު އެއްޗަކަށް ސްމަރޓް ފޯނު ތަކުން ފެންނަން ފެށުން ވަނީ ވަރަށް ގާތުގައެވެ. އެމެޒަން އިން އުފައްދާފައިވާ ސްމަރޓް ފޯނެއް ކަމަށްވާ ‘ފަޔަރ ފޯން’ ވެގެން ދާނީ ފޯނަކުން ހޮލޮގްރާމް ބޭނުންކޮށްލެވޭ ފުރަތަމަ ފޯނަށެވެ. އޭރުން ވީޑިއޯ ފޯން ކޯލެއްގައި ވީޑިއޯ އިން ފެންނަން ހުންނަ މީހާ ހުންނާނީ ފޯނާއި ދިމާގައި ކޮޅަށް ތެދުވެ އެވެ. ތްރީ-ޑީ ކޮށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!
- 4 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޕޯސްޓަރާއި ބައެއް ލަވަތައް ނެރުމަށް އާއްމުކޮށް ހުޅުވާލައިގެން ބޮޑު އިވެންޓެއް!
- 30 މާރޗް 2025ޚަބަރު“ސޮރީ” ފިލްމުގެ ލަވައެއްގެ ޝޫޓިންއަށް ގިނަ ޢަދަދެއްގެ ކުޑަކުދިން ބޭނުންވެއްޖެ
- 30 މާރޗް 2025ރިޕޯޓްމެލަސްމާ އަކީ ކޮބާ؟