ތުރުކީ ދަރިކޮޅަށް ނިސްބަތްވާ ޖަރުމަނުގެ މުސްލިމް ފުޓްބޯޅަ ކުޅުންތެރިޔާ، މެސުޓް އޮޒިލް އުއިގުރު މުސްލިމުންނާއި ދެކޮޅަށް ޗައިނާ އިން ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް، އުއިގުރު މުސްލިމުންގެ ދިފާއުގައި ތެދުވެއްޖެއެވެ.
ޗައިނާގެ ޒިންޖިއާންގް ޕްރޮވިންސްގައި ދިރިއުޅޭ މައިނޯރިޓީ ދަރިކޮޅެއް ކަމުގައިވާ އުއިގުރު މުސްލިމުންނަށް ޗައިނާ އިން ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާތަކަށް ދުނިޔޭގެ މުސްލިމުން ކަނުލޮލަކާއި، ބީރުކަންފަތެއް ދީގެން ތިބޭތީ އޮޒިލް ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.
“ކީރިތި ޤުރުއާން އަންދަމުން ދަނީ. މިސްކިތްތައް ބަންދުކުރަމުން ދަނީ. މުސްލިމުންގެ ސުކޫލުތައް ބަންދުކުރަމުން ދަނީ. ދީނީ ޢިލްމުވެރިން ފަހަރަކު މީހެއް ކަމަށް މަރާ ހުސްކުރަނީ. މުސްލިމް އަޚުންނާއި އުޚުތުން ގަދަކަމުން ކޭމްޕުތަކަށް ގެންދަނީ. ދުނިޔޭގެ މުސްލިމުން އެތިބެނީ ހަނު. އުއިގުރު މުސްލިމުންގެ އަޑު އެމީހުންނަކަށް ނީވޭ.” އޮޒިލް އޭނާގެ ޓްވިޓާ އެކައުންޓުގައި ތުރުކީ ބަހުން ލިޔެފައިވެއެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ރިޕޯޓު ކުރާގޮތުގައި، އުއިގުރު ދަރިކޮޅުގެ ގާތްގަނޑަކަށް މިލިއަނަކަށްވުރެ ގިނަ މީހުން ގަދަކަމުން ވަގުތީ ކޭމްޕުތަކަށް ގެންގޮސް އެމީހުން ލައްވާ ތަފާތު މަސައްކަތްތައް ކުރުވާ، ދީން ދޫކުރުމަށް މަޖުބޫރުކޮށް، ލާއިންސާނީ އެތައް ޢަމަލުތަކެއް އެމީހުންނާއި މެދު ހިންގަމުން ގެންދެއެވެ. ނަމަވެސް ޗައިނާ އިން އެކަމާއި އިންކާރުކޮށް ރައްދު ދެމުން ބުނެފައިވަނީ އެ ކޭމްޕުތަކަކީ ދީނީ ހައްދުފަހަނައަޅާފައިވާ މީހުންނަށް ރަނގަޅުގޮތްތައް ދަސްކޮށްދޭ ސުކޫލުތަކެއް ކަމަށެވެ.
ހުޅަނގުގެ ގައުމުތަކާއި، މީޑިއާތަކުން އުއިގުރު މުސްލިމުންގެ މައްސަލަތައް އޮއްބާލަން މަސައްކަތްކުރާ ކަން ފާހަގަ ކުރަމުން އޮޒިލް ބުނެފައިވަނީ މީގެ އަހަރުތަކެއް ފަހުން ތާރީޚުގައި ލިޔެވިފައި އޮންނާނީ ޢަދުއްވުން ހިންގި ލާއިންސާނީ ޢަމަލުތަކާއި، ދިން އަނިޔާތަކެއް ނޫންކަމަށާއި، ނަމަވެސް އަހަރެމެންގެ މުސްލިމް އަޚުންނާއި އުޚުތުންނަށް އެ ލާއިންސާނީ އަނިޔާތައް ދެމުން ގެންދިޔައިރު، އެކަމާއި އަޅާނުލައި ތިބި މުސްލިމުންގެ ވާހަކަ ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި