”ލޯބިވެވިއްޖެ“ މި ފިލްމުން ޢަލީ ސީޒަންގެ ކެރިއާ ބަދަލުކޮށްލާނެ ކަމަށް މަޝްހޫރު އެކްޓަރ/ޑައިރެކްޓަރ އަޙްމަދު ނިމާލް ބުނެފިއެވެ.
“މި ފިލްމުގެ ހުރިހައި ކަމެއް މަށަށް އެނގޭ. މި ދިޔަ ދެ މަސްދުވަހު އޭނަ (ސީޒަން) ވަރަށް ބުރަކޮށް މި ފިލްމުގެ މަސައްކަތްތައް ކޮށްފައިވޭ. ޔަގީނުންވެސް މި ފިލްމުގެ ފައްކާ ކޮންސެޕްޓާއެކު މީގައި އުޅޭ އެންމެނަށްވެސް އެންމެ ބެސްޓް އޭނާ ދޭނެ.” ފޭސްބްކްގައި ނިމާލް ޖަހާފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
ސީޒަންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ‘އެސް ޕްރޮޑަކްޝަންސް’ އިން އުފެއްދުމަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ފިލްމު “ލޯބިވެވިއްޖެ” ލޯންޗްކޮށް، ފިލްމުގެ ތަރިންވެސް މިހާރުވަނީ ހާމަކޮށްފައެވެ.
”ލޯބިވެވިއްޖެ“ގެ ލީޑްގައި މިވަގުތު އެންމެ އަލިގަދަކޮށް ވިދަމުން އަންނަ ޢަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ ހިމެނެއެވެ. މީގެ އިތުރުން އިރުފާނާ އިބްރާހިމް (އެރޫ)، އަހްމަދު އީސާ (އާނަންދު) ގެ އިތުރުން ޢަލީ ޝަމީލް ހިމެނެއެވެ.
ޢަލީ ސީޒަން ޑައިރެކްޓްކުރާ ”ލޯބިވެވިއްޖެ“ގެ ޝޫޓިން މިމަހު23 ގައި ގދ. ތިނަދޫގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. ފިލްމުގެ 50 އިންސައްތަ ޝޫޓިން އަވަށްޓެރި ސްރީ ލަންކާގައިވެސް ނަގާނެއެވެ.
ތިނަދޫގައި ފިލްމު ޝޫޓްކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް މިދިޔަ ބުރާސްފަތި ދުވަހު ސީޒަން ހުރީ ތިނަދޫގައެވެ.
މި ފިލްމު އެޅުވުމަށް އަމާޒުހިފާފައިވަނީ އަންނަ އަހަރު ރަމަޟާން މަހުގެ ފަހުން ކަމަށް ސީޒަން ބުނެއެވެ.
ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!