ދުވަސް ތަކަކަށް ފަހު އަނެއްކާވެސް ދިމާނަ ޔޫޓިއުބް ޗެނަލް ގެ ބެލުންތެރިންނަށް ވަރަށް ރީތި، ލޯބީގެ ލަވައެއް މި ގެނެސްދެނީ ކުރިއަށް އޮތް ތާނގައި ހަފުތާ އަކު ލަވައެއް ގެނެސްދިނުމަށް މަސައްކަތް ކުރާނެ ވާހަކަ ބުނެލަމުން ނެވެ.

މިފަހަރު މި ގެނެސްދޭ ލަވައަކީ 1993 ގައި ނިކުތް ފިލްމު ‘ހަމްހޭ ރާހީ ޕިޔާރް ކޭ’ ގެ ހިތްގައިމު ރީތި ލަވަތަކުގެ ތެރެއިން ‘މުޖްސޭ މޮހައްބަތު ކަ އިޒްހާރް ކަރްތާ’ މި ލަވަ އެވެ.

‘ހަމްހޭ ރާހީ ޕިޔާރް ކޭ’ އަކީ 1993 ގައި އެއްމެ މަޝްހޫރުވި އެއް ފިލްމެވެ. މި ފިލްމުގެ ކުރު ޚުލާޞާ އަކަށް ބަލައިލާއިރު، ރާހުލް މަލޯތުރާ (އާމިރު ޚާން) އަކީ ވަރަށް ބޮޑަށް އަޑި އަޅާލާފައިވާ ވިޔަފާރިއެއްގެ މެނޭޖަރެވެ. މީގެ އިތުރުން އޭނާ އަކީ ކުއްލި އެކްސިޑެންޓެއްގައި މަރުވެގެންދާ އޭނާގެ ދައްތަ ގެ ލާނެތް ކުދިންތައް ބެލުމަށް ބަލަދު އަރާ، އެކުދިންގެ ބެލެނިވެރިޔާ ވެސް މެއެވެ. ވޭޖައިންތީ (ޖޫހީ ޗާވްލާ) ގެ ނުގަބޫލުގައި ކްލެސިކަލް ނެށުންތެރިޔަކާއި އޭނާގެ ކައިވެނި ކުރުވަން އުޅޭތީ އާއިލާ އަށް ފިލައިގެން އުޅުމުގެ ތެރޭގައި ގޮސް ވަދެވެނީ އާމިރު ޚާން އަށް ބޮޑުބޭބެ ކިޔާ ލާނެތް ކުދިން އުޅޭ ގެއަށެވެ. އެ ގެއިން ޖޫހީ އާއި އެކުދިންނާއި ދެމެދު އެކުވެރިކަން އުފެދެއެވެ. އެގެއަށް ޖޫހީ އަށް ދެވުނު ގޮތާއި އޭނާގެ ހާލަތު ބަޔާން ކުރުމުން ކުދިން ބެލުމަށް އާޔާއެއްގެ ގޮތުގައި ޖޫހީ ބަހައްޓަނީ އާމިރު ޚާން އަށް ނުތަކާ ކުދިން ތައް ރުހޭ މީހަކަށް ވާތީ އެވެ.

ކުދިން ބެލުމާއި ގޭތެރޭގެ މާހައުލުގައި އުޅޭލެއް ގެވެހިކަން ފެނިފައި އާމިރު ޚާން ގެ ހިތުގައި ޖޫހީ އާއި މެދު ހިތްކިޔާގޮތް ވެފައިވާ އިރު ޖޫހީ ހުންނަނީ ހަމަ ރަނގަޅަށްވެސް އާމިރު ޚާން އަށް ހިތް ދީގެން ނެވެ. ކޮންމެއަކަސް ދެމީހުންނަށް ލޯބި ވެވެއެވެ. ނަމަވެސް އޭރު އާމިރު ޚާން ދެކެ މާ ވަރަކަށް ލޯބިވެގެން އުޅޭ މުއްސަނދި ބައްޕައެއްގެ ހުންނަ ހަމައެކަނި އަންހެން ދަރިފުޅު މާާޔާ (ނަވްނީތު ނިޝާން) އާމިރު ގެ ލޯބި ހޯދުމަށްޓަކައި ކުރާ މަސައްކަތުގައި ކާމިޔާބު ނުވުމުން އާމިރު ޚާން ގެ އާއިލާ އާއި މުޅި ވިޔަފާރި އެއްކޮށް ހަލާކު ކޮށްލުމަށް މަސައްކަތް ކުރެއެވެ. ނަމަވެސް ފިލްމު ނިމިގެން ދަނީ ވަރަށް އުފާވެރި ގޮތަކަށެވެ.

 

‘މުޖްސޭ މޮހައްބަތު ކަ އިޒްހާރް ކަރްތާ’ މި ލަވަ އަކީ އާމިރް އާއި ޖޫހީ ގެ ދެމެދުގައި އުފެދިފައިވާ ލޯބީގެ ހުޅުކޮޅުގެ ހޫނުކަން އެކަކު އަނެކަކުގެ ހިތަށް އިޙްސާސްވަމުން ދިޔަ ގޮތް ދައްކުވައިދޭ ލަވަ އެކެވެ.

ލަވައިގެ ޅެންވެރިއަކީ ސަމީރް އެވެ. މިއުޒިކް ހަދާފައި ވަނީ ނަދީމް – ޝަރްވަން އެވެ. ލަވަ ކިޔާފައި ވަނީ ކުމާރް ސާނޫ އާއި އަލްކާ ޔަގްނިކް އެވެ.

ޖޫހީ އަދި އާމިރު ގެ އިތުރުން ލަވައިގައި ހަރަކާތްތެރިވާ ތަރިންނަކީ ޝަރޯޚް ބަރޯޗާ، ކުނާލް ޚޭމޫ އާއި ބޭބީ އަޝްރަފާ އެވެ.

ހިންދީ ލަވަ އާއި ދިވެހި މާނަ

މުޖްސޭ މޮހައްބަތު ކަ އިޒްހާރު ކަރްތާ

ކޮންމެވެސް މީހަކު އަހަރެން ދެކެ ލޯބިވާކަން ހާމަކުރާނެ ނަމައެވެ.

މުޖްސޭ މޮހައްބަތު ކަ އިޒްހާރު ކަރްތާ

ކޮންމެވެސް މީހަކު އަހަރެން ދެކެ ލޯބިވާކަން ހާމަކުރާނެ ނަމައެވެ.

މުޖްސޭ މޮހައްބަތު ކަ އިޒްހާރު ކަރްތާ

ކޮންމެވެސް މީހަކު އަހަރެން ދެކެ ލޯބިވާކަން ހާމަކުރާނެ ނަމައެވެ.

ކާޝް ކޮއީ ލަޅްކާ މުޖޭ ޕިޔާރް ކަރްތާ

އަހަރެންދެކެ ކޮންމެވެސް ފިރިހެން ކުއްޖަކު ލޯބިވާނެ ނަމައެވެ.

ކާޝް ކޮއީ ލަޅްކާ މުޖޭ ޕިޔާރް ކަރްތާ

އަހަރެންދެކެ ކޮންމެވެސް ފިރިހެން ކުއްޖަކު ލޯބިވާނެ ނަމައެވެ.

******************************

މެރީ މާންގް މެއިނ ޗާންދް ތާރޭ ސަޖާތާ

އޭނާ އަހަރެންގެ ނިތުގައި ހަނދާއި ތަރިތައް ޖަހައި ޒީނަތްތެރިކޮށްދޭނެ ނަމައެވެ.

ޖޮ މެއިނ ރޫޓް ޖާތީ، މުޖޭ ވޯހް މަނާތާ

އަހަރެން ރުޅިއައިސްފިނަމަ، އޭނާ އަހަރެން މަސަލަސް ކުރާނެ އެވެ.

ހާލަތު މެރީ ވޯހް ޖާންތާ

އޭނާއަށް އަހަރެންގެ ޙާލަތު އެނގޭނެ އެވެ.

ދަޅްކަން މެރީ ޕެހެޗާންތާ

އޭނާ އަށް އަހަރެންގެ ހިތުގެ ތެޅުން ފާހަގަ ކުރެވޭނެ އެވެ.

އަޕްނީ ބި ޗާހަތު ކާ އިޤްރާރް ކަރްތާ

އޭނާ އަހަރެން ދެކެ ވާ ލޯބި އިޤްރާރު ވާނެ އެވެ.

******************************

ވޮ ބޭޗޭނު ހޯތީ، މެއިނ ބޭތާބް ހޯތާ

އެގޮލި ހުންނާނީ ބޭޗޭން ވެފަ އެވެ. އަހަރެން ހުންނާނީ ކެތްމަދުވެފަ އެވެ.

ނިގާހޯން މެއިނ އުސްކީ މެރާ ޚުވާބް ހޯތާ

އެގޮލީގެ ލޮލުގައި ވާނީ އަހަރެންގެ ހުވަފެން ތަކެވެ.

ޝަރްމާކެ ވޯހް ލަގްތީ ގަލޭ

އޭނާ ލަދުން ހުރެ އަހަރެންގެ ގައިގައި ބައްދާލާނެ އެވެ.

ރަކްތާ އުސޭ ޕަލްކޯން ތަލޭ

އަހަރެންގެ އެސްފިޔަތަކުގެ ތެރޭގައި އޭނާ ރައްކާކޮށްގެން ގެންގުޅޭނަމެވެ.

ޗޯރީ ޗޯރީ ވޯހް މޭރަ ދީދާރް ކަރްތީ

އޭނާ ސިއްރު ސިއްރުން އަހަންނަށް ބަލައިލާނެ އެވެ.

 

  • ލަވައިގެ ޅެން ތަރުޖަމާކޮށް ވީޑިއޯ އެޑިޓް ކުރީ އަޙްމަދު ރަޝީދު

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.