ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑު) ގެ “ޖިސްމު ނެތިގެން ގޮސް” މިލަވައަށް 25 އަހަރު ވެގެން ދިޔުން މެޒޯ މޯޑް ފާހަގަ ކުރީ މީގެ ދެމަސް ކުރިންނެވެ. އަމިއްލަ ދިވެހި ރާގުގެ ލަވަތަކަށް ލޯބިކުރާ ފަރާތްތަކަށް އެއްމެ މަޤްބޫލު މި ލަވައިގެ އާ ވަރޝަން އެއް މޯޑް ނެރުނުތާ ދުވަސްކޮޅެއް ފަހުން މިހާރު މިވަނީ މި ލަވައިގެ ހުވަދޫ ވަރޝަން އެއް ހުވަދު އަށް ނިސްބަތްވާ ފަންނާނުން ތަކެއް ނެރެފަ އެވެ.
މިހާރު ޔޫޓިއުބްގައި އާއްމުވެފައިވާ “ޖިސްމު ނެތިގެން ގޮސް – ތިނަދޫ ވަރޝަން” ވެސް ވަރަށް ހިތްގައިމު ވެފައި ރީއްޗެވެ.
މި ލަވައިގެ ޅެންވެރިކަން ހުވަދޫ ބަހުން ހައްދަވައިދެއްވީ ޢަބްދުﷲ ޢަފީފް އެވެ. ލަވަ ކިޔާފައިވަނީ އިސްމާޢީލް މަޝްރޫފް އެވެ. މިއުޒިކް ހަދާފައިވަނީ ޢަބްދުލް ބާޠިން މުޙައްމަދު އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ސެޕްޓެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
- 19 ސެޕްޓެމްބަރ 2024ޚަބަރު“އުދަބާނި” މިރޭ އޮލިމްޕަހަށް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!