‏މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ ތުއްތު ޙާފިޒު ޔޫސުފް ބިން މާޒިން (ޔޫޔު)އަށް އެމްޕީއެލްގެ ފަރާތުން މަރުޙަބާ ދަންނަވައިފިއެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ ޔޫސުފަށް ޚާއްޞަ ޝީލްޑަކާއި ގިފްޓް ވައުޗަރއެއް ވެސް ހަދިޔާކޮށްފައެވެ. މިތަކެތި ހަވާލު ކޮށްފައިވަނީ ޔޫސުފަށް މަރުޙަބާ ކިއުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. މިރަސްމިއްޔާތުގައި ޔޫސުފްއާއި، އޭނާގެ މައިންބަފައިން ވަނީ ބައިވެރިވެފައެވެ. 

އުމުރުން އެންމެ 6 އަހަރުގެ ޔޫސުފް ޤުރުއާން ހިތުދަސް ކުރުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބިފައިވަނީ އޭނާގެ މަންމަގެ ފަރާތުންނެވެ.

ޔޫސުފް ޤުރުއާން ހިތުދަސް ކުރަން ފަށާފައިވަނީ ބޭބީ ނާސަރީގައެވެ. އެ އަހަރު ދަސްކުރީ 2 ފޮތެވެ. އެލްކޭޖީގައި ވަނީ 5 ފޮތް ދަސްކޮށްފައެވެ. ބާކީ 22 ފޮތް މިއަހަރު ތެރޭގައި ދަސްކޮށް ރާއްޖޭގެ އުމުރުން އެންމެ ހަގު ޙާފިޒުގެ ލަޤަބު ވަނީ ހޯދާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.