‘ހައުސްފުލް’ ގެ ހަތަރުވަނަ އިންސްޓޯލްމަންޓްގެ އަށް ވަނަ ހަފްތާއާ ހަމައަށް އާދެވުނު އިރު ގައުމީ އަދި ބައިނަލްއަގުވާމީ ބާޒާރުގައި ބޮޑު ކުރިއެރުމެއް ވަނީ ހޯދާފައެވެ.

ބޮކްސް އޮފީހުގެ ރިޕޯރޓްތައް ބުނާ ގޮތުން އަކްޝޭ ކުމާރުގެ ‘ހައުސްފުލް 4’ ގެ އަށް ވަނަ ހަފުތާއާ ހަމައަށް އާދެވުނުއިރު 205.58 ކުރޯޑް ރުޕީސް ވަނީ ލިބިފައެވެ.

އިންޑިއާގެ ބާޒާރުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ މި ފިލްމަށް ގައުމުން ބޭރުގައި މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ބައިނަލް އަގުވާމީ ބާޒާރުން ޖުމްލަ 6.8 މިލިޔަން ރުޕީސް ލިބިފައިވާ ‘ހައުސް ފުލް 4’ ގެ ޝޯވ ތައް ނިމޭ އިރު ޖުމްލަ ގާތްގަނޑަކަށް 295 ކުރޯޑް ރުޕީސް ލިބޭނެ ކަމަށް ފިލްމް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މި އަދަދާއެކު ‘މިޝަން މަންގަލް’ އާއި ‘2.0’ ގެ ރެކޯރޑް މުގުރާލާނެއެވެ. މި ފިލްމުތަކަށް ޖުމްލަ ލިބިފައި ވަނީ 278 ކުރޯޑް އަދި 268 ކުރޯޑް ރުޕީސް އެވެ. ހަމަ އެއާއެކު މި ފިލްމަކީ އަކްޝޭ މިހާތަނަށް ކުޅުނު އެންމެ ވިޔަފާރި ރަނގަޅު ފިލްމުގެ ގޮތުގައި ވެގެންދާނެއެވެ.

‘ހައުސްފުލް 4’ ގެ ލީޑިންގ އެކްޓަރުންނަށް ބަލާއިރު އަކްޝޭ ކުމާރް، ބޮބީ ޑިއޯލް، ކްރިތީ ސަނޯން، ރިތޭޝް ދޭޝްމުކް އަދި ކްރިތީ ކަރްބަންދާ ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.