އާސެނަލްގެ ކޯޗަކަށް މެންޗެސްޓަރ ސިޓީގެ އެސިސްޓެންޓް ކޯޗު ކަމުގެ މަގާމު ފުރަމުން އައި މިކޭލް އާޓެޓާ ހަމަޖައްސައިފިއެވެ.

އާސެނަލްގެ ކޯޗުކަމާއި އާޓެޓާ ހަވާލުވެފައިވަނީ ތިން އަހަރާއި ބައި ގެ އެއްބަސްވުމެއްގެ ދަށުންކަމަށް ކަމަށް ޚަބަރުތައް ބުނެއެވެ. އާސެނަލްގެ ވަގުތީ ކޯޗަކަށް ހަމަޖެއްސި ފްރެޑީ ލިޔުންބާގް ގެ އިރުޝާދުގެ ދަށުން ވެސް އާސެނަލް އަށް ރަނގަޅު ނަތީޖާތަކެއް ނެރެވިފައި ނުވުމުން ކޯޗުކަމަށް ހަމަޖެއްސި އާޓެޓާ ވަނީ އާސެނަލް އަށް 150 މެޗު ކުޅެދީ އެޓީމާއެކު ދެ އެފްއޭ ކަޕާއި، ދެ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ.

އާސެނަލް އާއި އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު، އާޓެޓާ އާސެނަލް ޖޯޒީ ދައްކާލަނީ / ފޮޓޯ: އާސެނަލް

ޕެޕް ގާޑިއޯލާ އާއި މެންޗެސްޓަރ ސިޓީ އިން އާޓެޓާ އެ ޓީމުގައި މަޑުކުރުމަށް ބާރު އެޅި ނަމަވެސް، އާސެނަލްގެ ހުށަހެޅުން ރަނގަޅު ކަމުން އާސެނަލް އަށް ނޫނެކޭ ބުނަން އާޓެޓާ ބޭނުންނުވީ ކަމަށް ރިޕޯޓްތައް ބުނެއެެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.