މުނިއަވަސް އަށް އަހަރެއް ފުރުމާއި ގުޅިގެން ފަންނާނުން، މުނިއަވަސް އާމެދު ދެކޭ ގޮތް ގެނެސްދިނުމަށް ފެށި ސިލްސިލާ ބޮޅުގެ ތެރެއިން މިއަދު ވެސް ބައެއް ފަންނާނުންގެ ބަސް ގެނެސްދޭނަމެވެ.

17 ޑިސެމްބަރު 2018ގައި މުނިއަވަސް ރެޖިސްޓްރީ ކޮށްގެން ހިންގަން ފެށިފަހުން މިއަދު މިވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. އެއްވެސް މާލީ މަންފާއެއް ލިބުމެއް ނެތި، މުނިއަވަސްގެ ލިޔުންތެރިން ކުރަމުންދާ ހިތްވަރަކީ ގިނަ ބަޔަކު އެކަން ބަލައިގަންނަ ކަމެކެވެ.

އެކްޓްރެސް މަރިޔަމް މަޖްދާ (މަޖޫ)

“މުނިއަވަސް އަށް އެއް އަހަރު ފުރުމާއި ގުޅިގެން އަޅުގަނޑު، މަޖޫގެ ނަމުގައި މުނިއަވަސް މުޅި ޓީމަށް ތަހުނިޔާއާއި ހެޔޮއެދުން އަރިސްކުރަން.

އިއްޔަ ރެކޯޑްސްގެ ސީއީއޯ އުލްޔާ

“އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑު ބޭނުންވަނީ އިއްޔަ ރިކޯރޑްސްގެ އޮފިޝަލް މީޑިއާ ޕާޓްނަރ މުނިއަވަސްގެ މުޅި ޓީމަށް ފުރަތަމަ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކޮށްލަން.. މިހާތަނަށް އަޅުގަނޑުމެންގެ ލޭބަލް އިން މަސައްކަތްކޮށްފައި ހުރި ހުރިހާ މީޑިއާ ޗެނަލްތަކަށް ބަލާލާއިރު އެންމެ ފަސޭހައިން އަޅުގަނޑުމެންނަށް ވާރކްކުރެވިފައި ހުރި ބަޔަކީ މުނިއަވަސް.. ދެން އަޅުގަނޑު ދޭނެ އިތުރު ފީޑްބެކެއް ނެތް.. މުނިއަވަސް ތި ކުރާ ހިތްވަރަށް އައްސަރިބަހާ ސާބަސް.. އައި ވިޝް ޔޫ އޯލް ދި ބެސްޓް އިން ދި ފިއުޗަރ.”

އެކްޓަރ އަޙްމަދު އިފްނާޒް ފިރާޤް

“މުނިއަވަސް އަށް އެއް އަހަރު މި ފުރޭ ދުވަހުގައި އިފްނާޒް ދެން މުނިއަވަސްގެ ހުރިހާ ސްޓާފުންނަށް ވަރަށް ބޮޑަށް މަރުޙަބާ އަދި ތަހުނިޔާ ކިޔަން. ވަރަށް ގިނަ ނޫސްމަޖައްލާ ތަކުގަ ވަރަށް ގިނަ މީހުން އެބަތިބި ދަންނަ އަދި ރައްޓެހިންވެސް އެބަތިބި ނޫސްމަޖައްލާ ތަކުގަ، އެކިއެކި ނޫސް މަޖައްލާ ތަކުގަ. އެކަމަކު ބުނެލަން ބޭނުންވަނީ މުނިއަވަސް މީ ހަމަ މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް އެންމެ ފުރިހަމައަށް ގެނެސްދޭ އަދި އެންމެ އަވަހަށް ގެނެސްދޭ ތަންކަން ފާހަގަކުރެވޭ މިހާރު. ދެން އެންޓަޓެއިންމެންޓްގެ ރިލައިބަލް ޚަބަރެއް ވެއްޖެއްޔާ ހަމަ އެންމެ ފުރަތަމަ ވެސް ޗެކްކޮށްލެވެނީ މުނިއަވަސް.

ދެން ޕާރސަންލަ އެކްސްޕީރިއަންސުން ބުނާނަމަ އިންޓަވިއުއެއް ދީފަ ހާސްވާކަށް ނުޖެހޭ އިންޓަވިއު ޝާއިޢުކުރާއިރު ކީކޭބާއޭ އޮންނާނީ. އަބަދުވެސް އިފްނާޒް، މިސާލަކަށް އިންޓަވިއުއެއް ދީފަ އެ ބުނަން ބޭނުންވި އެތި ނޫނިއްޔާ އެ މާނަކުރި އެތި، އެ މާނަކުރި ގޮތަށް، ބޭނުންވީ މެސެޖް ހަމަ އެ ބުނިގޮތަށް، އިންޓަވިއުކުރި މީހާ އަށް ހީވި ގޮތަކަށް ނޫން ލިޔެފަ އޮންނަނީ. އެ ބަޔަކު ދޭން ބޭނުންވާ މެސެޖެއް ވަރަށް ފުރިހަމައަށް މުނިއަވަސް އިން ގެނެސްދޭ. އެހެންވީމަ މިހާރުވެސް ހަމަ ތި ކުރަމުންދާ މަސައްކަތް ހަމަ ވަރަށް ރަނގަޅު. ދެން ތިގޮތަށް އަސްލު ހިފަހައްޓާލައިފިއްޔާ އިރާދަކުރައްވައިގެން ތި މުނިއަވަސް ވައްޓާލެވޭ ވަރުގެ އެންޓަޓެއިންމެންޓް ނިއުސްގަ ހަމަ ގައިމުވެސް މުނިއަވަސް ވައްޓާލެވޭ ވަރުގެ ބަޔަކު ނާންނާނެ.

އަދިވެސް އެއް ފަހަރު ހަމަ ވަރަށް ބޮޑަށް މަރުހަބާ، އެއް އަހަރު ފުރުމުގެ މުނާސަބަތުގަ ހުރިހާ ސްޓާފުންނަށް އަދި އަޙްމަދަށްވެސް ވަރަށް ބޮޑަށް މަރުހަބާ ތި ކުރާ މަސައްކަތަށް.”

ޑައިރެކްޓަރ އަމްޖަދު އިބްރާހިމް (އަމްޖޭ)

ކާމިޔާބު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) މިހައިތަނަށް 52 ފީޗާ ފިލްމުގެ އިތުރުން ޑްރާމާ އާއި ޑްރާމާ ސީރީޒްތަކެއް ހަދާފައިވޭ

“މުނިއަވަސްއާ ދޭތެރޭގަ އެއްޗެއް ދަންނަވަންޏާ ދަންނަވަން ޖެހެނީ މުނިއަވަސްގެ މަސައްކަތް މިހާރު ހިނގަމުން ދާގޮތް ވަރަށްވެސް ރަނގަޅޭ..

ދެން އަދިވެސް ރަނގަޅުކުރަން ޖެހޭ ކަމަކީ ބޮޑަށް މި ފިލްމީ ދާއިރާގެ ތާރީޚު ކަވަރުކުރެވޭތޯ ބަލަންވީ.. ވާހަކައަކީ މީ ކިހިނެއް އައި ކަމެއްތޯ، ކިހިނެއް ފެށުނު ކަމެއްތޯ، ކޮން ބައެއްތޯ މިކަން ކުރިން ކުރީ.. މިއީ އަދި އެއްގޮތަކަށްވެސް މީގެ ކުރިން އެއްވެސް މީޑިއާއަކުން ނުކުރާ ކަމެއް.. އެހެންވީމަ އަޅުގަނޑުގެ ޚިޔާލަކީ މުނިއަވަސްއިން އަޅުގަނޑުމެންގެ ފިލްމީ ދާއިރާއަށް ކޮށްދެވޭ ވަރަށް ބޮޑު މަސައްކަތަކަށް ވާނެކަމަށް އަޅުގަނޑަށް ފެންނާތީ އެވާހަކަ މި ބުނެލީ..

ދެން އަނެއް ކަމަކީ އަޅުގަނޑުމެންގެ އަލަށް އުފެދިގެން މި އަންނަ އާ ތަރިން ޕްރޮމޯޓްކުރުމަށް ވަކިން ޚާއްސަ އެހީއެއް ގޮތުގައި ޕޭޖެއް ހައްދަވާފަ މުނިއަވަސްގައި.. އެއީ މިހާރު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އަޅުގަނޑަށް ފެނޭ.. ވަރަށް ބޮޑަށް ޝުކުރިއްޔާ.. ވަރަށް އުފާވެރި، ބާއްޖަވެރި އުފަންދުވަހަކަށް އެދެން މުނިއަވަސްއަށް”

އެކްޓަރ ޖުމައްޔިލް ނިމާ (ޖުމަލް)

“އަޅުގަނޑަކީ މުޙައްމަދު ޖުމައްޔިލް ނިމާލް.. މުނިއަވަސްއާ ދޭތެރޭ ބުނެލަން ބޭނުންވަނީ މުނިއަވަސްއަކީ މިފަހުން އަޅުގަނޑުމެންގެ ދާއިރާ، ފިލްމީ ދާއިރާގެ ޚަބަރުތައް އެންމެ އަވަހަށް އެންމެ ގިނައިން އެންމެ މުޢުތަބުރު ފަރާތެއް ގޮތުގައި ފެނިގެންދާ، ވާހަކައަކީ ޚަބަރުތައް ފަތުރައިދޭ އެއް ބައެއްކަމުގައި އަޅުގަނޑަށް ބޮޑަށް ފާހަގަވެފައި އިންނަނީ.. އަނެއްހެން ބުނާނަމަ މީ ފިލްމީ ދާއިރާއަށް އަދި އަޅުގަނޑުމެން ފިލްމީ ފަންނާނުންނަށް ފައިދާހުރި ކަމެކޭ ބުނާނީ.. މުނިއަވަސްއަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާލަން ބޭނުން އަޅުގަނޑު އަދި ފިލްމީ ދާއިރާގެ ނަމުގައި.”

އެކްޓަރ/ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ)

ފިލްމު “ކާކު؟” ގައި މާއެނބޫ

މުނިއަވަސްގެ 1ވަނަ އަހަރީ ދުވަހަށް ވަރަށް އިޚުލާސްތެރިކަމާއި ވަރަށް އުފަލާއެކުގައި ތަހުނިޔާ ކިޔަން.. ކާމިޔާބު ދުވަސްތަކަކަށް މުނިއަވަސްއަށް އެދެން..

މުނިއަވަސް މިއަދާ ހަމައަށް އަޅުގަނޑުމެންނާ ދޭތެރޭ ބާއްވަމުން ތި އަންނަ ގާތްކަމާއި އޯގާތެރިކަމަށްޓަކައި ވަރަށް އިޚުލާސްތެރިކަމާއެކު ހިތުގެ އަޑިން ޝުކުރު އަދާކުރަން..

މުނިއަވަސްއަކީ އަޅުގަނޑުމެންގެ މި ދާއިރާއަށް، ފިލްމީ ދާއިރާއަށް އަގުކުރަން އުނދަގޫ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެމުން އަންނަ ފަރާތެއް.. އެހެންކަމުން މުނިއަވަސްގެ ހުރިހާ މުވައްޒަފުންނާއި އިސްވެރިންނަށް އަޅުގަނޑު ހިތުގެ އިޚުލާސްތެރި ޝުކުރު އަދާކުރަން..

މުނިއަވަސްއިން އަސްލު މިއަދާ ހަމައަށް މަސައްކަތްކޮށްދެމުން ތި އަންނަނީ މިއަދާ ހަމައަށް އަޅުގަނޑުމެން އުއްމީދުވެސް ނުކުރާހާ ފުރިހަމައަށް އެހާ ހިތްހަމަޖެހޭ ގޮތުގައި.. އަޅުގަނޑު ދަންނަވާނީ މުނިއަވަސްއަކީ އަޅުގަނޑުމެންގެ މަސައްކަތް އެންމެ ގާތުން ބަލާ އަޅުގަނޑުމެންގެ މި މަސައްކަތަށް އެހެން އެއްވެސް ބަޔަކު ނުކޮށްދޭވަރަށް މާ އޯގާތެރިކޮށް މާ ހިތްހެޔޮކޮށް ކުރިއަށް ގެންދާ މަސައްކަތެކޭ.. އެހެންވީމާ މުނިއަވަސްގެ މަސައްކަތަކީ އަޅުގަނޑުމެން އަބަދުވެސް އަގު ވަޒަންކުރާ މަސައްކަތެއް ކަމުގައި އިޚުލާސްތެރިކަމާ އެކުގައި ދަންނަވަން..

ކުރިއަށް އޮތް އަހަރަކީވެސް މުނިއަވަސްއަށް ކާމިޔާބު ފުދުންތެރި އަހަރެއްކަމުގައި ލެއްވުން އެދި ދުޢާވެސް ކުރަން.. އިރާދަކުރެއްވިއްޔާ މުނިއަވަސްއަކީ ކާމިޔާބު އޮންލައިން ނޫހެއް ގޮތުގައި ކުރިއަށް ދިޔުން އަޅުގަނޑުގެ ދުޢާއަކީވެސް.. އެންމެ ފަހު ވާހަކައަކަށްވެސް ބުނެލަން އޮތީ މުނިއަވަސްއަކީ މި ދާއިރާގެ އެންމެންނަށް ތަފާތުކުރުމެއް ނެތި ހަމަހަމަ އުސޫލަކުން އަޅުގަނޑުމެން އުއްމީދު ނުކުރާހާ ގާތްކަމެއް ބަހައްޓައިގެން އަޅުގަނޑުމެންގެ މަސައްކަތްތައް ޕަބްލިޝްކޮށްދޭ ފަރާތެކޭ.. އެހެންވީމަ މުނިއަވަސްއާ ދޭތެރޭ އަޅުގަނޑުމެން ވަރަށް ފޮނި އުއްމީދެއް ކުރަމުން މި އަންނަނީ.. ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑުމެން މިގޮތުގައި ތިބޭނަމޭ.. މުނިއަވަސް ތިގޮތުގައި ކުރިއަށް ދިޔުން އަޅުގަނޑުގެ ދުޢާއަކީ.”

މުނިއަވަސްގެ ކުރިއެރުމާއި ފާގަތިކަމަށް އެދޭ އިތުރު ފަންނާނުންގެ ޚިޔާލުތަކާއި ލަފައާއި އިރުޝާދުތައް އަދިވެސް އެބަހުރި، އިންތިޒާރުކޮށްލައްވާ!

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.