ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކަށް ހުޅުވާލައިގެން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ 5 ވަނަ ބެޑްމިންޓަން ޗެމްޕިއަންޝިޕް އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި ބާއްވާ ގޮތަަށް ހަމަޖައްސައިފިއެވެ.

2020 ވަނަ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހުން ފެށިގެން މާރޗް 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފިރިހެން އަދި އަންހެން ޓީމް އިވެންޓު އޮންނާނީ ވަކިން ކަމުގައި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރި އިޢުލާނުގައި ބުނެފައިވެއެވެ. މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ސަރުކާރުގެ އޮފީސްތަކާއިި، ކުންފުނިތަކުން 12 ޖެނުއަރީ 2020 ވަނަ ދުވަހުގެ 15:00 ގެ ކުރިން ފޯކަލް ޕޮއިންޓެއް ހަމަޖައްސައި ބެޑްމިންޓަން އެސޯސިއޭޝަން އަށް ލިޔުމަކުން ހުށަހެޅުމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މުބާރާތުގެ ޤަވާއިދާއި، މުބާރާތާއި ގުޅޭ އެހެނިހެން މަޢުލޫމާތު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ވެބްސައިޓާއި، ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ ކަމަށް އެސޯސިއޭޝަނުން ކުރި އިޢުލާނުގައި ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.