ކާކު؟“ އެއީ ކާކުކަން ބަލައިލަން ބޭނުން ހެއްޔެވެ؟ އެހެންކަމަށް ވާނަމަ އަވަހަށް ބައިސްކޯފު އެޕް ހުޅުވައިލާށެވެ. މޫވީސް ސެކްޝަނުން ބިރުވެރި ފިލްމު ”ކާކު؟“ މިހާރު ބަލައިލެވޭނެއެވެ.

ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާ ހިސާބަށް ގެނެސްދީފައިވާ ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެބޫ)ގެ ”ކާކު؟“ އަކީ މިހާރުވެސް ހިނގަމުންދާ ހާދިސާއަކަށް ބިނާކޮށް ކުޅެފައިވާ ފިލްމެކެވެ.

’މީ ޕްރޮޑަކްޝަންސް‘ އިން އުފައްދާފައިވާކާކު؟“ އަކީ މާއެނބޫ ލިޔެފައިވާ ވާހަކައަކަށް މަޙުދީ އަޙްމަދު ލިޔުނު ސްކްރީން ޕްލޭ އަކަށް ތައްޔާރު ކޮށްގެން ގެނެސްދީފައިވާ ފިލްމެކެވެ. މިފިލްމުން ފެނިގެންދަނީ ރަޙުމަތްތެރިން ތަކަކަށް ދިމާވާ ބިރުވެރި ކަންތައްތަކެކެވެ.

މި ފިލްމުގެ ކާސްޓުންނަށް ބަލާލާއިރު މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ޙާމިދު އަލީ އާއި އިބްރާހީމް ސޮބާ ”ކުޑަސޮބާ“ އާއި ޝާފިޢު މުޙައްމަދާއި، އިރްފާނާ އިބްރާހީމް (އިރޫ) ގެ އިތުރުން މި ދާއިރާއަށް އަލަށް ނުކުންނަ ޢާއިޝާތު ޔާސިރާވެސް ފެނިގެން ދާނެއެވެ.

ފިލްމު ”ކާކު؟“ އޮންލައިން މީޑިއާ ޕާޓްނަރަކީ ’މުނިއަވަސް ’ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.