“ޑެޑް ޑްރޮޕް”ގެ ނަމުގައި ހދ. ވައިކަރަދޫ ޒުވާނުންތަކެއް އުފައްދައި ފޭސްބްކްގައި ރިލީޒްކޮށްފައިވާ ޢިބްރަތްތެރި ފިލްމު ބަލައިފިން ހެއްޔެވެ؟
‘ވީކޭ ޕީކަރސް‘ އިން އުފައްދާފައިވާ މި ފިލްމުން މޮޅު ފައިޓް ސީންތަކަކާއި ޗޭސްތަކެއްގެ އިތުރުން މޮޅު ޖަމްޕްތަކެއް ފެނިގެން ދެއެވެ.
ވައިކަރަދޫ ޒުވާނެއް ކަމަށްވާ އަޙްމަދު އަރުޝަމް ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވާ “ޑެޑް ޑްރޮޕް”ގައި ވައިކަރަދޫ ޒުވާން ކުދިންތަކެއް ހަރަކާތްތެރިވެއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ގޭންގް މާރާމާރީގެ ކަންތައްތަކެއް ދައްކުވައިދޭ “ޑެޑް ޑްރޮޕް”ގެ ވާހަކަ ލިޔެފައިވަނީ އަރުޝަމް އާއި ޢަލީ ޢަބްދުﷲ އެވެ.
ކެމެރާކުރުމުގައި ޙުސައިން ހިޝާމް، ޢަލީ ޢަބްދުﷲ، އަރުޝަމްގެ އިތުރުން މުޙައްމަދު ޖިނާސް ހަރަކާތްތެރިވެއެވެ. އެޑިޓިންގައިވެސް އަރުޝަމް، ހިޝާމް އާއި ޖިނާސް ބައިވެރިވެއެވެ.
ފިލްމުގައި ބޮޑު ކާސްޓެއް ހިމެނޭއިރު، ޓެކްނިކަލް މަސައްކަތުގައި ހަރަކާތްތެރިވާ ގިނަ ފަންނާނުން ކާސްޓުންގެ ގޮތުގައި ފެނިގެންދެއެވެ.
“ޑެޑް ޑްރޮޕް”ގެ ތީމް ލަވަ ތައްޔާރުކުރީ މުޙައްމަދު ރައްޔާން (ޕެންޑާ) އެވެ.
މި ފިލްމުން މައިގަނޑު ގޮތެއްގައި ދައްކުވައިދެނީ މަސްތުވާތަކެތި ބޭނުން ނުކުރުކަމުގައި ވިޔަސް އޭގެ ތެރޭގައި ހިމެނޭ ކިތަންމެ ކުޑަކުޑަކަމެއްގައި ހިއްސާވިޔަސް ދިރިއުޅުން ހަލާކުވެދާނެކަމެވެ. އެހެނަސް އިޞްލާޙްގެ މަގު އިޚްތިޔާރުކުރަން އެއްވެސް އިރެއްގައި ލަސްނުވާކަން މި ޢިބްރަތްތެރި ފިލްމުން ފެނިގެންދެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2024ޚަބަރު“ރޯމްދުނިޔެ” އިން އީސިމް ނެގުން ދިވެހީންނަށް މާ ސަޅިވާނެ!
- 27 ޑިސެމްބަރ 2024ޚަބަރުޑާކް ރެއިން އިން މިފަހަރު “ފެށުމާއި ނިމުން”
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
huhdha nagaigen hadhaafa oiy filmeh nama banguraa manzaru thaha kandaalan engees kanneynge thithaa details koh ineema. Amilla masahkathige bhai varah dhahakamah fennanee hyvanee aufio akah video eh hadhaafa in hen ekamu kohfa huri masahkatahha faureef hama ekani mibuneli kanthah ranghalhu kollinama.ranghaluvees mi komment