ކޮޅުމަޑުލު ތިމަރަފުށި އަދި ކިނބިދޫ ދާއިރާގެ ރަށްތަކަށް ހުޅުވާލައިގެން، ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އޮނަރަބަލް އަބްދުﷲ ރިޔާޒް ބާއްވާ “އެމްޕީ ކަޕް 2019” ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގައި 1-0 ގެ ނަތީޖާއަކުން ވަންދޫ ބަލިކޮށް ސެމީފައިނަލުގެ ޖާގައެއް ތިމަރަފުށި ހޯދައިފިއެވެ.
ތިމަރަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ހަމައެކަނި ގޯލު ފުރަތަަމަ ހާފުގައި ފެނިގެން ދިޔައިރު، ދެ ޓީމުން ވެސް މާގިނަ ހަމަލާތަކެއް އުފައްދާފައި ނުވެއެވެ. ނަމަވެސް، މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ތިމަރަފުށީ ޓީމުން ކަން ފާހަގަކޮށްލެވެއެވެ. ފުރަތަަމަ ހާފުގެ 36 ވަނަ މިނެޓުގައި އާދަމް ނާސިހު ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެން ތިމަރަފުށީ ޓީމުގެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރ އަލީ އިލްމާން އެވެ. ދެވަނަ ހާފުގައި ތިމަރަފުށީ ޓީމަށް ގޯލު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ.
މި މުބާރާތުގެ ލީގު ބުރުގައި ތިމަރަފުށި ހިފަހައްޓާލެވުނު ހަމައެކަނި ޓީމަކީ ވަންދޫ ކަން ފާހަގަކޮށްލެވެއެވެ. ލީގު ބުރުގައި ތިމަރަފުއްޓާއި، ވަންދޫ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އަދި މިހާތަނަށް މުބާރާތުގައި ބަލިވެފައި ނުވާ ހަމައެކަނި ޓީމަކީ ތިމަރަފުށި ކަން ފާހަގަކޮށްލެވެއެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީ ޓީމުގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އެޓީމުގެ ފޯވާޑު އާދަމް ނާސިހު އެވެ.
މި މުބާރާތުގެ ސެމީފައިނަލުގެ ދެވަނަ މެޗު މިއަދު ހަވީރު 16:00 ގައި ތިމަރަފުށީ ފުޓްބޯޅަ ދަނޑުގައި އޮންނާނެއެވެ. ސެމީފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ހިރިލަންދޫ އާއި، ވޭމަންޑޫ އެވެ.
އެމްޕީ ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް ބައިލައްކަ ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި