ބައިސްކޯފުން ދެއްކުމަށް ކިޑް ޕްރޮޑަކްޝަނުން އުފައްދާފައިވާ ވެބް ސީރީޒް “ހަނާ”ގެ ޕޯސްޓަރާއި ދައްކަން ފަށާ ތާރީޚް މުނިއަވަސް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ.
ހަމައެކަނި ބައިސްކޯފުން ސްޓްރީމްކުރާ މި ސީރީޒް ދައްކަން ފަށާނީ 27 ފެބްރުއަރީ 2020ގައެވެ.
“ހަނާ”ގެ ޕޯސްޓަރުން ފެނިގެންދަނީ ސީރީޒްގެ ލީޑް ކުޅޭ ނޫރާ އެކަންޏެވެ.

ވެބް ސީރީޒް “ހަނާ”ގެ ޕޯސްޓަރ
“ޑްރާމާ ބަލައިލީމަ އެނގޭނީ އަސްލުގަ ޕޯސްޓަރުން އެ ދޭހަކޮށްދޭ އެއްޗެހި. 27 ފެބްރުއަރީގަ ބެލުންތެރިންނާ ހަމައަށް ހަނާ އަންނާނެ.” މި ސީރީޒް ޕްރޮޑިއުސްކޮށް ކެމެރާކޮށްފައިވާ ޙުސައިން މުނައްވަރު ބުންޏެވެ.
ވެބް ސީރީޒް “ހަނާ” ދައްކަން ފަށާނެކަމަށް ބުނި ތާރީޚަށް ނުގެނެސްދެވުނު ސަބަބުވެސް ހުސެން ހިއްސާކުރިއެވެ.
“ހަނާ ލަސްވަމުން ދިޔަ ސަބަބަކީ ހަނާއަކީ ބެލުންތެެރިންގެ މަގުބޫލުކަން ހޯދާނެ ޑްރާމާއަކަށް ހެދުމަށްޓަކައި، ނޫނިއްޔާމުން ބެލުންތެރިންނަށް ބޭނުންވާނެ ކަހަލަ ރަހަތަކެއް އޭގަ އެކުލެވިގެންވާ ފިލްމަކަށް ހެދުމަށްޓަކައި ހަނާގެ ޓީމުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެހާ ލަސްވަމުން މިދަނީ.” ހުސެން ބުންޏެވެ.
މި ސީރީޒްއަކީ މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކުރާ ސީރީޒްއެކެވެ. ބެކް މިއުޒިކްގެ ތައްޔާރުކުރީ މަޝްހޫރު މިއުޒީޝަން އައްޔުމަން ޝަރީފް އެވެ. ވާހަކަ ލިޔުނީ ރިނާޒާއެވެ. ސީރީޒްގެ ޕޯސްޓްޕްރޮޑަކްޝަން މަސައްކަތްކުރީ ޢަލީ ރަޝީދު (ގޮޅާ) އެވެ.
”ހަނާ“ އަކީ 13 އެޕިސޯޑްގެ ވެބް ސީރީޒްއެކެވެ. ”ހަނާ“ގެ ލީޑް ކުޅެނީ ނުވަ ވަނަ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރުގެ ރޯލާއި ސްޕެޝަލް ޖޫރީ ޕްރައިޒް، އައުޓްސްޓޭންޑިންގ އޯލްރައުންޑް ޕާރފޯމަރގެ އެވޯޑް ހޯދާފައިވާ އަލީ އާޒިމް (ދޮން އައްޔަ)ގެ އިތުރުން ނޫރާ އެވެ. މީގެ އިތުރުން އިބްރާހިމް ޖިހާދު (ޖިމީ)، ޝަމީލް، ގުލިސްތާނު އަދި ނިޝާ (ނިޝްކޮ) އެވެ.
ވެބް ސީރީޒް ”ހަނާ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
