ރާއްޖޭގެ އެއްމެ ފުންނާބު އުސް އެކްޓަރ ޔޫސުފް ޝަފީޢު އެކްޓިންގނާއި އެކު ފިލްމު ޕްރޮޑިއުސް ކޮށް ޑައިރެކްޝަން ގެ މަސައްކަތް ފަށާފައިވާ އިރު ޔޫއްޕެ ގެ ޕްރޮޑަކްޝަން ތައް މިދުވަސްކޮޅު މިވަނީ މެކުހަށް ޖަހާފަ އެވެ.

އަހަރުގެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓްކޮށް އެ މަގާމު ހާސިލްކޮށްފައިވާ ‘ނޯޓީ40’ އުފެއްދި ޓީމުން މިހާރު މިވަނީ އެ ފިލްމުގެ ސީކުއަލް އެއްގެ ގޮތުގައި ‘ފޯރޓީ ޕްލަސް’ ގެ ނަމުގައި ފިލްމެއް ލޯންޗްކޮށް، އިތުރު ހަތަރު ފިލްމެއްވެސް ލޯންޗް ކޮށްފަ އެވެ. އެގޮތުން ‘ދެވަންސޫރަ’ ގެ ނަމުގައި އުފައްދަން ފަށާފައިވާ ފިލްމުގެ ‘ފަސްޓް ލުކް’ ޓްރެއިލަރ އެއްވެސް މިހާރު ވަނީ ނެރެފައެވެ.

މި ފިލްމުތައް އިއުލާން ކުރީ ފިލްމު “ދެވަންސޫރަ” ޕޯސްޓަރ އަދި ފަސްޓުލުކް ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައެވެ.

ޔޫއްޕެ ޕްރޮޑަކްޝަންސް، ޝައި ޕްރޮޑަކްޝަންސް، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް އަދި ބްލެކް މީޑިއާ އިންކް ގުޅިގެން ލޯންޗު ކުރާ 4 ފިލްމަކީ:

“ކަޅިކި”

މެއިން ކާސްޓް: ފާތިމަތު އާޒިފާ، މުހައްމަދު ފައިސަލް، އަހުމަދު ޝާހް

ސްކްރީން ޕްލޭ އަދި ޑައިރެކްޝަން: ޔޫސުފް ޝަފީއު(ޔޫއްޕެ)

“ނަފްސް”

މެއިންކާސްޓް: ފާތިމަތު އާޒިފާ، އަހުމަދު ނިމާލް، ޔޫސުފް ޝަފީއު

ސްކްރީން ޕްލޭ: ޒަރީރު

ޑައިރެކްޝަން: އަލީ ޝަޒްމީލް(އެޖެންޓް އައްޔަ)

“ހައްޔަރު”

މެއިންކާސްޓް: މަރިޔަމް ޝިފާ، އަލީ އާޒިމް(ދޮންއައްޔަ)، މުހައްމަދު ފައިސަލް

ސްކްރީންޕްލޭ: ޔޫސުފް ޝަފީއު(ޔޫއްޕެ)

ޑައިރެކްޝަން: މުހައްމަދު ފައިސަލް

 “40 ޕްލަސް”

މެއިން ކާސްޓް: އަލީ ސީޒަން، މުހައްމަދު މަނިކު، އަހުމަދު ސައީދު، ޝީލާ ނަޖީބު، ފާތިމަތު އާޒިފާ، މުހައްމަދު ފައިސަލް، އަލީ އާޒިމް، މަރިޔަމް ޝިފާ، ޔޫސުފް ޝަފީއު(ޔޫއްޕެ)

ސްކްރީން ޕްލޭ އަދި ޑައިރެކްޝަން: ޔޫސުފްޝަފީއު(ޔޫއްޕެ)

ޔޫއްޕެގެ “ދެވަންސޫރަ” އަކީ ރާއްޖޭގައި މިހާރު ކަންބޮޑުވާ މިންވަރަށް ގޮސްފައިވާ މީހުންމެރުމުގެ ކުށުގެ މައްޗަށް އަހުމަދު ޝާހް އަދި އަލީ ޝަޒްމީލް ޕްރޮޑިއުސްކޮށް ޔޫއްޕެ ލިޔެ ޑައިރެކްޓް ކޮށްފައިވާ ޓްވިސްޓެޑް ލަވްސްޓޯރީއެކެވެ. މި ފިލްމަކީ މިހާތަނަށް އެންމެ ގިނަ ފިލްމު ސްޓޫޑިއޯ އާއި ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. އެއީ ޔޫއްޕެ ޕްރޮޑަކްޝަންސް، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް، ބްލެކް މީޑިއާ އިންކް، ޝައި ޕްރޮޑަކްޝަން، އެންވިޝަން އެންޓަރޓެއިންމަންޓް އަދި މައި ޑްރީމް އެންޓަރޓެއިންމަންޓެވެ. މިއީ 21 ކަރެކްޓަރ ރޯލުން 21 ތަރިންގެ އެކްޓިން ފެނިގެންދާ ފިލްމެކެވެ.

“ދެވަންސޫރަ”އިގެ ލީޑް ރޯލުން ފެނިގެންދާނީ މުހައްމަދު ފައިސަލް، އިބްރާހިމް ޖިހާދު އަދި މުޅިން އަލަށް ތައާރަފްވާ މަރިޔަމް ޝިފާއެވެ. ސަޕޯޓިން ރޯލުން ފެނިގެންދަނީ އަލީ އާޒިމް(ދޮންއައްޔަ)، އަހުމަދު އީސަ (އާނަންދު)، ޖާދުﷲ އިސްމާއިލް،އަލީ  ޝަޒްލީމް، އައްކި، އާޒިފާ،ނާޝިދާ(ނާއްކޮ) ޝަކިއްތަ، މަރިޔަމް ހަލީމް، ވައްޑެ އަދި ޔޫއްޕެ އެވެ. “ދެވަންސޫރަ”އިގެ ޝޫޓިން ނިމިފައިވާއިރު އަދި މި ފިލްމު ސިނަމާތަކަށް އަންނާނެ ދުވަހެއް ފައިނަލެއް ނުވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.