މި އަހަރުގެ ފެބްރުއަރީ މަހުގެ 17 އިން މާރިޗް މަހުގެ 13 އަށް އިންޑިއާގެ ޕޫނޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ފިލްމު މޭކިން ކޯހެއްގައި ދިވެއްސަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވާކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ބުނެފިއެވެ.
އެންސީއޭ އިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނީ، މިއީީ އިންޑިއާގެ ފިލްމު އެސޯސިއޭޝަން އެންޑް ޓެލެވިޛަން އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (IORA)ގެ ޤައުމުތަކަށް އަމާޒުކޮށްގެން ބާއްވާ ފިލްމު މޭކިންގ ކޯހެއް ކަމަށެވެ.
މި ކޯހުގައި ހިމެނޭ ބައިތަކަކީ ސްމާޓް ފޯނުން ފިލްމް ހެދުން، ޑިޖިޓަލް އެޑިޓް ޓެކްނީޝަންސް އަދި އިންޑިއާގެ ފިލްމީ ދާއިރާއާ ގުޅޭ ސްޓޫޑިއޯތަކަށް ޒިޔާރަތްކުރުން ކަމަށް އެންސީއޭ އިން ބުނެއެވެ. މި ކޯހުގައި ރާއްޖޭގެ 18 އަހަރާއި 35 އަހަރާއި ދެމެދުގެ އިނގިރޭސި ބަހަށް ފަރިތަ 01 ކެނޑިޑޭޓަކު ބައިވެރިކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ.
އެންސީއޭ އިން ބުނީ ކޯހުގައި ބައިވެރިވާނެ ފަރާތެއް ކަނޑައަޅާނީ އެންސީއޭ އިން އެކުލަވާލާފައިވާ ކޮމިޓީން ސީވީތައް އިވެލުއޭޓް ކުރުމަށްފަހު އިންޓަރވިއު ކޮށްގެން ކަމަށެވެ.
ކޯހުގައި ބައިވެރިވުމުގެ ޚަރަދު (ޓިކެޓް، ހުރުން އަދި ކޯހުގެ ފީ) ކޯސް އިންތިޒާމް ކުރާ ފަރާތުން ހަމަޖައްސަވައިދެއްވާނެކަމަށް އަންގާފައި ވާކަމަށް ވެސް އެންސީއޭ އިން ބުނެއެވެ.
މި ކޯހުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ސީވީ އާއި ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއްގެ އިތުރުން ޕާސްޕޯޓްގެ ކޮޕީއަކާއިއެކު 28 ޖެނުއަރީ 2020 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އެންސީއޭ އަށް ފޮނުވައިދިނުމަށް އެދިފައިވެއެވެ.
މި ކޯހާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް އެންސީއޭގެ 3344667 ނަންބަރު ފޯނަށް ގުޅުމަށް އެދިފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!