ބިރުވެރި ގޮތަކަށް އޮތް ގޮތްނޭނގޭ މަހެއް މަސްވެރިޔަކު ބާނައިފިއެވެ.

ކޮން ހިސާބަކުން ބޭނި މަހެއް ކަން ނޭނގުނު ނަމަވެސް، މި މަހުގެ ވީޑިއޯ މުޅި މީސްމީޑިއާގައި އާންމުވެ، ގިނަބައެއްގެ ސަމާލުކަން ވަނީ އޭގެ އަށް ހުއްޓިފައެވެ.

ބޮޑު ބޮލެއް ހުރި މި މަހުގައި ބޯވަގެ ފައިތައް ވައްތަރުގެ ތިން ފައި އޮވެއެވެ. އެ މަހުގެ މޫނު ބިރުވެރި ސިފައަކަށް އޮތްއިރު، ބޮޑު އަނގަ އެއް ވެސް އެ މަހުގައި ވެއެވެ. ނަޓާލިއާ ވޮރޯބޮކް ނަމަކަށް ކިޔާ މީހެއް ޓިކްޓޮކް އަށް ދޫކޮށްލި މި ވީޑިއޯ އިން ފެންނަ ގޮތުގައި އެ މަސް އޮތީ ބޯޓެއްގެ ޑެކް މަތީގައެވެ. އެއީ ކޮން ވައްތަރެއްގެ އެއްޗެއް ތޯ މީހުން ސުވާލުކުރާ އަޑު ވީޑިއޯ އިން އިވެއެވެ.

ގޮތްނޭނގޭ މަސް

މިހާތަނަށް އެއް މިލިއަން މީހުން މި ވީޑިއޯ ބަލާފައިވާއިރު، އެއްވެސް މީހަކަށް އެއީ ކޮންކަހަލަ މަހެއްކަން އެނގިފައިނުވެއެވެ. ނަމަވެސް މި ވީޑިއޯ އާއި އެކު ތަފާތު ޚިޔާލުތައް އެކި މީހުން ފާޅުކުރަމުންދާއިރު، އެއްބަޔަކު ބުނަމުން ދަނީ އެއީ ބޯވައަކާއި، މުގޮށި މީދަލެއްގެ “ހައިބްރިޑް” އެއް ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.