މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ނިންމާފައިވާ އަށްވަނަ ދިވެހި ފިލްމު އެވޯޑްސްގައި ޑާކްރެއިން އެންޓަރޓެއިންމެންޓް ސްޓޫޑިއޯ އިން ބައިވެރިކުރާ ފިލްމުތައް ހާމަކޮށްފި އެވެ. އެ ސްޓޫޑިއޯ އިން ހަތަރު ފިލްމެއް ބައިވެރިކުރުމަށް ނިންމާފައި ވާކަމަށް ޕްރޮޑިއުސަރ މުޙައްމަދު ޢަލީ މޮގަރ ބުނެއެވެ.

މޮގަރ ގެ ފޭސްބްކް ގައި އާއްމުކޮށްފައިވާ ޕޯސްޓްގައި ވާގޮތުން އެ ސްޓޫޑިއޯ އިން ދިވެހި ފިލްމު އެވޯޑްސްގައި ބައިވެރިކުރަނީ:

1- ހުޅުދާން

ފިލްމު ހުޅުދާން ރިލީޒްކޮށްފައި ވަނީ 2014 ވަނަ އަހަރު ޑިސެމްބަރު 25 ވަނަ ދުވަހުގެ ރޭގަ އެވެ. މި ފިލްމުގެ މާގިނަ ޝޯވް ތަކެއް ސިނަމާގައި ނުދެއްކި ނަމަވެސް މި ފިލްމަކީ މޮޅު އާޓް ފިލްމެއްކަމަށް ބެލުންތެރިން ސިފަކުރެ އެވެ.

2- މިކޮއެ ބައްޕަ ބައޭ ބައޭ

މި ފިލްމު ރިލީޒްކުރީ 13 އޯގަސްޓް 2015 ގައެވެ. މި ފިލްމަކީ އާންމުކޮށް ނެރޭ ދިވެހި ފިލްމްތަކާއި ތަފާތު ފިލްމެކެވެ. މުޅި ފިލްމު ނަގާފައިވަނީ އެއް ސެޓެއްގަ އެވެ. އެކަމަކު ފިލްމަކުން ފޫހިކަމެއް ނުފެނެ އެވެ.
މި ފިލްމުގައި ފެނިގެން ދަނީ ނުރައްކާތެރި އެކްސިޑެންޓަކަށްފަހު ހަނދާނުގެ މައްސަލައެއް ދިމާވެފައިވާ ބައްޕައެއްގެ ދިރިއުޅުމާއި އެކަމާއި ގުޅިގެން އޭނާގެ ދަރިފުޅަށް ދިމާވެދާނެ ކަމަކުން އެ ދަރިފުޅު ސަލާމަތް ކުރަން މަންމަ ކުރާ މަސައްކަތްތަކެކެވެ. ފިލްމުގެ ލީޑްރޯލް ކުޅެފައިވަނީ ރިޝްމީ ރަމީޒް އާއި މުޙައްމަދު މަނިކް އެވެ.

މި ފިލްމު ވަނީ ވީޓީވީ އިން އާއްމުކޮށް ދައްކާފަ އެވެ. މީގެ އިތުރުން ޔޫޓިއުބްގައިވެސް މިހާރު ވަނީ މި ފިލްމު ޢާއްމުކޮށްފަ އެވެ

3- އެއްމެ ފަހު ވިންދާ ޖެހެން ދެން

ޑާކްރެެއިން އެންޓަޓެއިންމަންޓްގެ ފިމްލު، “އެންމެ ފަހު ވިންދާ ޖެހެންދެން” އޮލިމްޕަސް ސްކްރީންގައި އަޅުވާފައިވަނީ 5 އޭޕްރީލް 2015 ގައެވެ. މިއީ ވަރަށް އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

މި ފިލްމްގެ ލީޑް ރޯލް ކުޅެފައިވަނީ ކުރިއަރަމުން އަންނަ ދެތަރިން ކަމުގައިވާ ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ އެވެ.

4- ވާށޭ މަށާ އެކީ

ޑާކް ރެއިން އެންޓަޓެއިންމަންޓްގެ “ވާށޭ މަށާ އެކީ” ރިލީޒް ކުރީ 05 އޭޕްރީލް 2016 ގައި އޮލިމްޕަހުގަ އެވެ. މިއީ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ. މިއީ ޑާކް ރެއިން އެންޓަޓެއިންމަންޓުގެ އަށްވަނަ ފިލްމެވެ.

މި ފިލްމްގައިވެސް ލީޑް ރޯލް ކުޅެފައިވަނީ ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ އެވެ. މީގެ އިތުރުން ބޭރުގެ ދެ ބަތަލާއިންނާއި މަޝްހޫރު މިއުޒިކް ބޭންޑް ސްކޯސް އޮފް ފްލެއާޒްގެ ލަވަ ކިއުންތެރިޔާ ފުބޫ އާއި ކޮމޭޑިއަން އަހުމަދު ސުނީ އާއި ފައިސަލް ވެސް މި ފިލްމުން ފެނިގެންދެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.