ޑާކްރެއިން އެންޓަޓެއިންމަންޓުން 2019 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ދެ ފިލްމުން “ގޮށްރާޅު” މިރޭ އޮލިމްޕަހަށް ގެންނައިރު، މާދަމާރޭ “މާމުއިި” ވެސް ދައްކާނެއެވެ.

މި ދެ ފިލްމު އަލުން ސިނަމާއަށް ގެންނަ އިރު، “ގޮށްރާޅު“ގެ ދެ ޝޯ ދައްކާނީ މިމަހު ފަސްވަނަ ދުވަހާއި، ހަތްވަނަ ދުވަހެވެ. “މާމުއި” ގެ ދެ ޝޯ އޮންނާނީ މިމަހު ހައެއް އަދި އަށެއް ގައެވެ.

ގޮށްރާޅު” ފިލްމަކީ ކްރައިމް ތްރިލާއެކެވެ. މި ފިލްމު ޑައިރެކްޓުކުރީ އަހްމަދު ޝިނާން އެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދު އެވެ. މި ފިލްމުގެ ވާހަކައާއި ސްކްރީންޕްލޭ ލިޔުނީ މޫމިން ފުއާދު އެވެ.

ގޮށްރާޅު“ގެ ލީޑު ކާސްޓުންގެ ގޮތުގައި ޖުމައްޔިލް ނިމާލް (ޖުމަލް)، ހަސަން އިރުފާން (ޒަކިއްޓެ)، ތަސްނީމާ، ރަޝްފާ، އަޒާން، ނާޝިތު އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ހަރަކާތްތެރިވެއެވެ.

1 ޖުލައި 2019 ގައި ރިލީޒްކޮށް، ސަތޭކަ އިންސައްތަ ހައުސްފުލް 15 ޝޯވ އޮލިމްޕަހުގައި ދެއްކުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދައްކާފައިވާ ފިލްމު ”މާމުއިި“ގެ ވާހަކަ ލިޔުނީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުއެވެ. އެ ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ)އެވެ. ފިލްމުގެ ޑައިރެކްޓްކުރީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ފުންނާބު އުސް ޑައިރެކްޓަރުންގެ ލިސްޓުގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ އަލީ ޝިފާއު (ޗިއްޕެ)އެވެ.

މާމުއިި“ގެ ތަރިންގެ ތެރޭގައި ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް އައްޒަ، އަޙްމަދު ސަޢީދު، މުހައްމަދު ފައިސަލް، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބް، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހީމް ޝާފިއު (ފުބޫ)، އިސްމާއިލް ޖުމައިހް (ޖުމާ)، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް ރިޒްވީ (ރެކްސް)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އަދި އިބްރާހީމް އަމާން ފަދަ ތަރިން ހިމެނެ އެވެ. މީގެ އިތުރުން ”މާމުއިި“ގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި އިސްމާޢީލް ވަޖީހްގެ ފެންނައިރު، ޗިއްޕެގެ އަންހެނުން އައިޝަތު ޔާދާ ވެސް މި ފިލްމުން ފެނިގެންދިޔައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.