ސްޓަރ ޕްލަސްއިން ދައްކަމުން އަންނަ ސީރީޒްތަކުގެ ތެރެއިން ދިވެހިންގެ މެދުގައި މަޤްބޫލުކަމެއް ހޯދާފައިވާ ސިލްސިލާ ‘ޔޭ ހޭ މޮހައްބަތޭން’ ގެ ކުރިއަށް އޮތް އެޕިސޯޑުން ބެލުންތެރިންގެ ތަލިން ކުޅުހިކޭވަރުގެ ހައިރާންކަމެއް ފެނިގެންދާނެކަން ބޮލީވުޑްގެ ބައެއް މީޑިއާތަކުން ހާމަކޮށްފިއެވެ. ކުރިއަށް އޮތް އެޕިސޯޑުން ފެނިގެންދާނެ ހައިރާންކުރުވަނި ކަމެއްކަމަށް ބައެއް މީޑިއާތައް ބުނަނީ ރަމަން އާއި ނިދީ ކައިވެނިކުރަން އުޅުމުގެ ފަހަތުގައިވާ ސިއްރު ހާމަވެގެން ދާނެކަމަށެވެ.

މިހާތަނަށް ނިއުޅެމުން ގޮސްފައިވާ އެޕިސޯޑުތަކުން ރަމަންގެ އަންހެނުން އިޝިތާ (ދިވިޔަންކާާ ޓްރިޕަތީ) ގެ މަރާއި ރަމަންގެ ކައިވެނީގެ ޙަފްލާާއިން. ބެލުންތެރިން ނޭވާ ހިފަހައްޓާލަން ޖެހޭފަދަ ރަނގަޅު ސަސްޕެންސެއް ފެނިގެންދާނެއެވެ. އެގޮތުން ރަމަން (ކަރަން ޕަޓޭލް) އާއި ލޯޔަރު ނިދީ ކައިވެނި ކުރުމަށް ކެތްމަދުވެފައިވަނީ ކީއްވެގެންކަން އެނގިގެން ދާނެއެވެ. މި ބައިތައް ދައްކަމުންދާއިރު ފްލޭޝްބެކް ގެ ގޮތުގައި އިޝިތާގެ އެކްޝަން ސީންތަކެއްވެސް ފެނިގެންދާނެއެވެ.

ފަރުބަދައެއްމަތިން އިޝިތާ ކޮއްޕާލައި ވައްޓާލަނީ ރަމަން އެވެ. ހަމަ އެއާައެކު އިޝިތާ ސަލާމަތްކުރުމަށް ރަމަން ވެސް ފުންމާލައެވެ. އިޝިތާ ވެއްޓެނީ ކޯރެއްގެ ތެރެއަށެވެ. އެ ކޯރުން އިޝިތާ ނަގަނީވެސް ރަމަން އެވެ. އިޝިތާއަށް ސިޓީއުރައެއް ފެނެއެވެ. އޭގައި އޮންނަނީ އިޝިތާ މަޑުކުރަން ހަމަޖެހިފައިވާ ބޯނުގެ (ވެއަރހައުސްގެ) އެޑްރެހެވެ. ފްލޭޝްބެކް ތަކުން ފެނިގެންދާާނީ ރަމަން އާއި އިޝިތާ އަލުން ބައްދަލުވާ މަންޒަރެވެ.
އާނއެކެވެ. ތިޔަ އަޑުވިއުނީ ހަމަ ރަނގަޅަށެވެ. ރަމަން އާއި އިޝިތާ އެތައް ޒަމާނެއް ފަހުން އަލުން ބައްދަލުވެއެވެ.

ރަމަން ބޭނުންވެގެން އުޅެނީ ލޯޔަރު ނިދީ ގެ އަތުގައިވާ ޗިޕެއް ޙާޞިލްކުރުމަށެވެ. އޭގައި އޮންނަނީ އިޝިތާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މަރުގެ މައްސަލައިގައި އިޝިތާާގެ ކުށެއް ނޯންނަކަމެވެ. މިހިސާބުން ނިދީ އާާއި ރަމަންއާއި ދެމެދުގައި އޮތް މާާޒީގެ ޞަފްޙާތައް އިޝިތާ ކައިރީގައި ރަމަން ކިޔައިދެއެވެ. އެގޮތުން 12 އަހަރުކުރިން ރަމަންގެ މަންމަ މިސިޒް ބައްލާ ރަމަންއާއި ކައިވެނިކުރުމަށް ނިދީ ހަމަޖެއްސި ކަމާއި ނަމަވެސް އޭރު އޭޭނާާ އުޅުނީ ޝަގުން އާއި ލޯބީގެ ގޮތުން ގުޅިގެން ކަމުން، މިސިޒް ބައްލާާގެ ހުށައެޅުމަށް ރަމަން އިންކާރު ކުރެއެވެ. އޭރު ނިދީ އަކީ ވަރަށް އާދައިގެ ސާދާ އަންހެންކުއްޖެކެވެ. ޒަމާނީ ގޮތްގަނޑެއް ނުހުންނަ މެދުފަންތީގެ ކުއްޖެކެވެ. ނަމަވެސް ރަމަން އޭނާއާއި ކައިވެނިކުރުމަށް ދެކޮޅުހެދުމުން ކަންތައްތައް ބަދަލުވެގެން ދިޔައެވެ. ލިބުނު ހިތާމައާއި ލަދުވެތިކަމުގައި ނިދީގެ ބައްޕަ އަމިއްލައަށް މަރުވިއެވެ. އޭނާާގެ ބައްޕަގެ މަރުގެ ޙާދިޘާއަށްފަހުން ނިދީ ފާރަލަމުން ދިޔައީ ރަމަންގެ ކިބައިން ބަދަލުހިފުމަށް ރަނގަޅު ލޮޓިއެއް ދިނުމަށެވެ.

މިހިސާބުން އިޝިތާ ގެއްލިފައިވަނީ ކީއްވެގެންކަންވެސް ހާމަވެގެން ދާނެއެވެ. ކުރިއަށް ހުރި އެޕިސޯޑްތަކަށް އިންތިޒާރުކޮށްލަމާ ބަހީ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.