ދިރާގު ޓީވީގެ ޚިދުމަތް އދ. ހަންޏާމީދޫ އަށް އިއްޔެ ތަޢާރަފު ކޮށްފިއެވެ.
ދިރާގު ޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާއިން ޖޯއިބޮކްސް މެދުވެރިކޮށް ދިރާގުން ދެމުން އަންނަ ޚިދުމަތެކެވެ. ނަމަވެސް، ދިރާގު ޓީވީގެ ސަބަބުން ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ޚިދުމަތް ބޭނުން ކުރުމަށް އިތުރު ހަރަދެއް ނުހިނގާނެއެވެ. އައިޕީ ޓީވީ މެދުވެރިކޮށް ދިރާގުން މި ޚިދުމަތް ފޯރުކޮށްދެމުން އަންނައިރު، މިއީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ މިފަދަ ޚިދުމަތް ކަން ފާހަގަކޮށްލެވެއެވެ.
ދިރާގު ޓީވީގެ ޚިދުމަތް މާލެ އާއި ރަށްރަށުގައި ވެސް އެއް އަގެއްގައި ފޯރުކޮށްދޭއިރު، ދިވެހި ހުރިހާ ޗެނަލްތަކާއި، ބޭރުގެ އެކި ގައުމުތަކުގެ މަޝްހޫރު ގިނަ ޗެނަލްތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަ ވެސް ދިރާގު ޓީވީ އަށް ނުވަދެވިގެން ހާސްވާކަށް ނުޖެހޭނެއެވެ. ދިރާގު ޓީވީގެ އެކައުންޓް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން ބޭނުންކޮށްގެން ވެސް ދިރާގު ޓީވީ ބެލޭނެ ގޮތް އެކުންފުނިން ވަނީ ފަހިކޮށްދީފައެވެ.
ދިރާގު ޓީވީ ތަޢާރަފު ކުރިތާ މިހާރު ދެ އަހަރު ވެފައިވާއިރު އެކުންފުނިން ގިނަ ކުރިއެރުންތައް ހޯދާފައިވާ ކަން ފާހަގަކޮށްލެވެއެވެ. ދިރާގު ޓީވީ އަށް ޚާއްޞަ މޯބައިލް އެޕްލިކޭޝަނަކާއި، ވީޑިއޯ އޮން ޑިމާންޑް ފީޗާ އެކުންފުނިން ތަޢާރަފު ކޮށްފައިވާއިރު، ރާއްޖޭގެ ގޭބިސީތަކުގެ ގާތްގަނޑަކަށް 75 ޕަސެންޓަށް އެކުންފުނިން އަންނަނީ ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި