ޝާނީޒް ޢަލީ އާއި ސީޒަންގެ އަންހެނުން ޝަނާޒް ޕްރޮޑިއުސްކޮށް ސީޒަންގެ ’އެސް ޕްރޮޑަކްޝަންސް‘ އިން  އުފައްދާ ”ލޯބިވެވިއްޖެ“ގެ ލަންކާ ޝޫޓިން އިއްޔެ ފަށައިފިއެވެ.

ފިލްމު ”ލޯބިވެވިއްޖެ“ގެ މަންޒަރުތަކުން އެ ގދ. ތިނަދޫގައި ނަގަން ޖެހޭ ހުރިހައި މަންޒަރުތައް ނަގާ ނިމިފައިވާއިރު، ބާކީ އޮތީ ލަންކާގައި ނަގަންޖެހޭ މަންޒަރުތައް އެކަނިކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މީގެކުރިން ވަނީ ބުނެފައެވެ.

ފިލްމު ”ލޯބިވެވިއްޖެ“ގެ އެއް ޕްރޮޑިއުސަރ ޝާނީޒް ޢަލީ މުނިއަވަސް އަށް ބުނީ އިއްޔެ ސްރީލަންކާގައި ޝޫޓިން ފަށާފައިވާކަމަށެވެ.

ލޯބިވެވިއްޖެ“ގެ ލީޑްގައި ޢަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ ހަރަކާތްތެރިވެއެވެ. މީގެ އިތުރުން އިރުފާނާ އިބްރާހިމް (އެރޫ)، އަހްމަދު އީސާ (އާނަންދު)، ޢަލީ ޝަމީލް ގެ އިތުރުން ނިޝާ (ނިޝްކޮ) ހިމެނެއެވެ.

މީގެ އިތުރުން ތިނަދޫގެ ’ފޮޑަހާޑާ ޕްރޮޑަކްޝަން‘ ގެ މެންބަރުން މި ފިލްމުގެ މަސައްކަތުގައި ކެމެރާގެ ކުރިމައްޗާއި ފުރަގަހުގައިވެސް ހަރަކާތްތެރިވެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ ޒަރީރު އެވެ. ފިލްމު ކެމެރާކުރަނީ އިބްރާހީމް މޫސާ (ދަބަ) އެވެ. ޑައިރެކްޓްކުރަނީ ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރ އަލީ ސީޒަން އެވެ.

މި ފިލްމު ރިލީޒްކުރުމަށް އަމާޒުހިފާފައި ވަނީ މި އަހަރުގެ ރަމަޟާން މަހުގެ ފަހުން ކަމަށް ސީޒަން ބުނެއެވެ.

ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.