ޝަމްވީލް މުހައްމަދު (ބަރޯ) ގެ ކަވަރ ލަވަތައް ހިމެނޭ މެޝަޕް2 އަޑުއަހައިފިން ހެއްޔެވެ؟ ހިތްގައިމު ލަވަތަކެއް އަޑުއަހަން ބޭނުންނަމަ މިއީ ކޮންމެހެންވެސް އަހާލަން ޖެހޭ ލަވަތަކެކެވެ.

މޯލްޑިވިއަން އައިޑަލް ނިމުމަށްފަހު ވެސް ދާއިރާއިން ނުގެއްލެން އަޒުމުގައި ހުރި ޝަމްވީލް މިދިޔަ އަހަރު ކުރީކޮޅު ފެށި އަމިއްލަ އަލްބަމް “ސޮރު” ގެ ދެވަނަ ލަވަ “ފަރި ހަންޑި” އަށް ފަހު “ލަވް މެޝަޕް2” ގެ ނަމުގައި އަނެއްކާވެސް މިވަނީ ހިތްގައިމު ލަވަތަކެއް ލަވަފޮށްޓަށް ވައްޓާލަފައެވެ.

މުނިއަވަސް އަށް ޝަމްވީލް ބުނީ އަބަދުވެސް އަމިއްލަ އެއްޗެއް ނެރުމަށްފަހު އެހުންތެރިންނަށް މިފަދަ ކަވަރ ސޯންގެއް ނެރެމުން އަންނަ ކަމަށެވެ.

“އަނެއްކާވެސް އަޅުގަނޑުގެ އަމިއްލަ ލަވައެއްގެ މަސައްކަތް ފަށައިގެން މި އުޅެނީ.” ޝަމްވީލްގެ ކަވަރ ލަވަތަކުގެ ލިރިކްސް ހެދީ އޭނާގެ ގާތް ރައްޓެހިންކަން ފާހަގަކުރަމުން ބުންޏެވެ.

މެޝަޕް2 ގެ ލަވަތަކަށް ބަލައިލާ އިރު:-

– ވޭ އިންތިހާ ލޯބިވޭ ( ބާޒީގަރް އޯ ބާޒީގަރް) – ޒިޕޯ

– އާނ ތީ އޭ (ހާނ ތޫ ހޭ)/ ރޭގަ ތިބާ ފެނުނީމާ (ޗާންދު ޗުޕާ ބާދަލް މެއިނ) / ކަތި ނަޒަރުން (މެރެ ރަންގް މެއިނ) – މޫސާ ނަދީމް

މި ލަވަތަކުގެ މިއުޒިކް ޕްރޮޑިއުސަރަކީ މުނާޒް އުބައިރު އެވެ. ހާރމޮނީ އަޅާފައިވަނީ ރާއިފް އެވެ. އާޓް ވޯކް ހެދީ އީމާން އާދަމް އެވެ. 

މި މެޝަޕްގެ މަސައްކަތް ގެނެސްދިނުމުގައި  މާސްކޭގެ ފަރާތުން ލިބިފައިވާ އެހީތެރިކަން ފާހަގަކޮށް މާސްކޭއަށް ޝަމްވީލް ޝުކުރުއަދާކުރިއެވެ.

“ލަވް މެޝަޕް2” އަޑުއަހައިލެވޭނީ ހަމައެކަނި ލަވަފޮށިންނެވެ. ލަވައިގެ ވީޑިއޯ މަސައްކަތްވެސް ވަރަށް އަވަހަށް ފެށުމަށް ވަނީ ނިންމާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.