ގިނަ ދިވެހި ލަވަތަކަކީ ހިންދީ ރާާގުތަކަށް ހަދާފައިވާ ލަވަތަކެއްކަން މިއީ ހުރިހައި ދިވެހިންވެސް ދަންނަ ކަމެކެވެ. މިއުޒިކް ހަދާާފައިވަނީވެސް ހަމަ އެއް ތައްގަނޑަކަށެވެ. ވީހައިވެސް ބޮޑަށް ހިންދީ މިއުޒިކް ޓްރެކާާއި ވައްތަރުކޮށްގެންނެވެ. ހިންދީ ރާގުތައް ނަކަލުކޮށްގެން ދިވެހި ލަވަ ހަދާތީ އަހަރުމެން ދިވެހީން އެކަމާ ފާޑު ކިޔަމުއެވެ. ބަޔަކު ކޮށްފައިވާ ބުރަ މަސައްކަތެއްގެ ނާޖާއިޒް ފާއިދާއެއް ނަގާކަމަށް ބުނަމުއެވެ.
ތެދެކެވެ. ބޮލީވުޑްގެ ފިލްމުތަކާއި އަލްބަމް ތަކުން މި އިވޭ ސަޅި ރާގުތަކަކީ ބައެއްގެ ވިސްނުމާއި ބުރަ މަސައްކަތުން އުފައްދާފައިވާ އެއްޗެއްސެވެ. ނަމަވެސް އަހަރުމެން ގިނަ ދިވެހީންނަށް ނޭނގޭ ކަމެއް އެއބަ އޮތެވެ.
މިއުޒިކް ކޮމްޕޯސް ކުރުމަކީ ހިންދީ ފިލްމު އިންޓަސްޓްރީގައި އެއްމެ އުނދަގޫ އުފެއްދުންތެރި އެއް މަސައްކަތެވެ. ނަމަވެސް ބޮލީވުޑްގައި މިއުޒިކު އުފައްދާ ބައެއް މިއުޒީޝަނުންނަށް މިކަން މިއީ އެހައި އުނދަގޫ ކަމަކަށް ނުވެއެވެ. މިފަދަ ބައެއް މިއުޒީޝަނުން އެއްމެ ދެ ފިޔަވަޅުން ރާގަކަށް މިއުޒިކް ޓްރެކެއް އުފައްދާލަ އެވެ. އެއީ މި އާރޓިކަލް ކޮޕީކޮށް، މައިކްރޯސޮފްޓް ވޯރޑްގެ ޓެމްޕްލޭޓަކަށް ކޮޕީކޮށްލުމަށްވެސް ބޭނުންކުރާނެ ދެ ފިޔަވަޅެވެ. ކޮންޓްރޯލް + ސީ (Ctrl + C ) އާއި ކޮންޓްރޯލް + ވީ (Ctrl + V )ބޭނުންކޮށްލުމެވެ. ނުވަތަ ކޮޕީކޮށްފައި ޕޭސްޓްކޮށްލުމެވެ. (ނަކަލުކޮށްފައި ތަތްކޮށްލުމެވެ.)
މިބުނި އެއްޗެއް ވިސްނައިގަތުމަށް ތިރީގައި މި ހިމަނާލާާ ބޮލީވުޑްގެ އެހާރާއި މިހާރުން މަޝްހޫރު ވެފައިވާ އެއްމެން ދަންނަ 16 ލަވައަށް ބަލައިލަމާ ހެއްޔެވެ. ޤަބޫލުކުރަން ދަތި ނަމަވެސް ‘އާޖާ ސަނަމް މަަދްރް ޗާންދުނީމެ ހަމް’ އާއި ‘ޖަބް ކޮއި ބާތު ބިގަޅް ޖާއޭ’ ފަދަ ނަން ހިނގާ އަބަދުވެސް މަޝްހޫރު އެތައް ހިންދީ ލަވަތަކަކީ ބައެއް އިނގިރޭސި ލަވަތަކާއި ހުޅަނގުގެ ބައެއް ޤައުމު ތަކުގައި ބޭނުންކުރާ ބައެއް ބަސްބަހުން ކިޔާފައިވާ ލަވަ ތަކުގެ ކޮޕީ ނުވަތަ ނަކަލެކެވެ.
ބޮލީވުޑްގައި ރާގު ކޮޕީކުރުމުގައި ފާހަގަ ކޮށްލެވޭ ބައެއް ކޮމްޕޯސަރުންނާއި މިއުޒީޝަނުން އުޅެއެވެ. ލިސްޓެއް ލިޔެލާނަމަ ޕްރީތަމް، އާރް.ޑީ ބަރްމަން ހިމެނެއެވެ. މި ލިސްޓްގެ ވަރަށް ކުރީ ސަފުން ޖާގަ ހޯލަނީ އަނޫ މަލިކެވެ. އެގޮތުން މި ސިލްސިލާގެ ކޮންމެވެސް ހިސާބެއްގައި އަނޫމަލިކު ގެ ލަވަތައް ވަކިން ހިމަނާލާނަމެވެ.
މި ފަހަރު މި ހިމަނާލަނީ މަޝްހޫރުކަމުންނާއި އޭގެ ތެރެއިން ބައެއް ލަވަ ތަކަކީ ކަޅާއި ހުދުގެ ޒަމާނުން ފެށިގެންވެސް އެއީ އޮރިޖިނަލް ހިންދީ ލަވަތަކެއް ކަމަށް އެއްމެންވެސް ޤަބޫލު ކުރަމުން އަންނަ ލަވަ ތަކެކެވެ. ވީޑިއޯ އާއި އެކު މި ގެނެސްދޭ 16 ލަވަ އަކީ ކޮޕީކޮށްފައިވާ ލަވަތަކެއްކަން ޤަބޫލުކުރަން ދަތިވެސް ވާނެ އެވެ.
1- މެހެބޫބާ މެހެބޫބާ (ޝޯލޭ) – ސޭ ޔު ލަވް މީ (ޑެމިސް ރޫސޯސް)
2- ކޮއީ ޔަހާނ ނަޗެ ނަޗެ (ޑިސްކޯ ޑާންސަރ) – ކިލްޑް ދަ ރޭޑިއޯ ސްޓަރ (ސޯންގް ވީޑިއޯ)
3- ލައިލާ މެ ލައިލާ (ޤުރުބާނީ) – ބްލެކް ބްލަޑްސް ޗިކާނޯ
4- ޖަބް ކޮއި ބާތު ބިގަޅް ޖާއޭ (ޖުރުމް) – ފައިވް ހަންޑްރެޑް މައިލްސް (ޕީޓަރ، ޕޯލް އަދި މޭރީ)
5- ނަ ބޯލޭ ތުމް ނަ މޭނޭ ކުޗް ކަހާ (ބާތޯ ބާތޯ މެއިނ) – ޖޯނީ ކަމްސް މާރޗިންގ ހޯމް (ޕެޓްރިކް ސާސްފީލް ގިލްމޯ)
6- ޑިލް ތަޅަޕް ކެ ކެހެ ރަހާ އާޖް ކިޔަ (މަދުމަތީ) – ސްލާ ޖިވެޗްކާ ޑު ޖާޖެސްކާ (ޕޮލެންޑްގެ ލަވައެއް)
7- ޖީވަން ކެ ސަފަރް މެއިނ (މުނީމްޖީ) – މެކްސިކޯ ގެ ތޮފި ޑާންސެއް
8- ބާބޫޖީ ދީރޭ ޗަލްނާ (އާރް ޕާރް) – ޕަރހެޕްސް ޕަރހެޕްސް ޕަރހެޕްސް (ޑޮރިސް ޑޭ)
9- އާޖާ ސަނަމް މަދުރް ޗާންދުނީ މެއިނ ހަމް (ޗޯރީ ޗޯރީ) – ޓަރަންޓެއްލާ ނަޕޮލިތާނާ (އިޓަލީގެ ފޯކް ލަވައެއް)
10- ޔުހި ކަޓް ޖާއެގާ ސަފަރް ސާޓު ޗަލްނޭ މޭ (ހަމް ހެއިނ ރާހީ ޕިޔާރް ކޭ) – ލަވްލީ ލޭޑީ އޮފް އަރކޭޑިއާ
11- ކޮއި މިލް ގަޔާ (ކުޗް ކުޗް ހޯތާ ހޭ) – ޓޭކް ދެޓް ލުކް އޯފް ޔޯރ ފޭސް
12- ހަރޭ ކްރިޝްނާ ހަރޭ ރާމް (ބޫލް ބުލައްޔާ) – މައި ލެކޮން (ޖޭޓީއެލް)
13- ތުމްސެ މިލްކޭ އޭސާ ލަގާ (ޕަރިންދާ) – ވެން އައި ނީޑް ޔޫ (ލިޔޯ ސޭޔަރ)
14- އޯމް ޝާންތީ އޯމް (ކަރްޒް) – އޯމް ޝާންތީ އޯމް (ލޯރޑް ޝޯޓްލީ)
15- އެކް ހަސީނާ ތީ (ކަރްޒް) – ވީ އޭސް ލަވް (ޖޯޖް ބެންސަން)
16- ތެރަ މުޖްސޭ ހެ ޕެހެލޭ ކަ ނާޓާ ކޮއީ (އާ ގަލޭ ލަގް ޖާ) – ޔެލޯ ރޯސް އޮފް ޓެކްސަސް (އެލްވިސް ޕްރިސްލީ)
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!