ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފިއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް އެތަކެއް ފަސޭހަތަކެއް ލިބެން ހުރިއިރު، ޓިކެޓް ބުކިން ހަދައިލަން މިހާރު މިނެޓެއްވެސް ނުނަގައެވެ.

“މޯލްޑިވިއަންގެ މޮބައިލް އެޕް” ތަޢާރަފްކުރުމަށް މިމަހު 11 ވަނަ ދުވަހު މޯލްޑިވިއަންގެ ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައި އެ އެޕްލިކޭޝަން ތައާރަފުކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.

މޯލްޑިވިއަންގެ އެޕްލިކޭޝަނުން ބުކިން ހެދުމުގެ އިތުރުން މޯލްޑިވިއަންގެ ފްލައިޓް ޝެޑިއުލްއާއި ބެގެޖް އެލަވަންސް ވެސް ބަލައިލުމުގެ އިތުރުން މޯލްޑިވިއަންގެ އިންފްލައިޓް މެގަޒިން ބަލައިލުމާއި އިތުރު ފީޗާތައް ހިމަނާފައިވެއެވެ. މީގެ އިތުރުން ބުކިން ހެދުމަށް ފަހު ތާރީޚާއި ދާން ބޭނުންވާ މަންޒިލް ބަދަލު ކޮށްލުމުގެ ޚިދުމަތާއި މި އެޕް މެދުވެރިކޮށް އެއް ފަހަރު ބުކިން ހެއްދުމަށްފަހު، ކަސްޓަމަރުންގެ މަޢުލޫމާތުތައް އެޕްގައި ރައްކާކޮށް ބެހެއްޓޭނެއެވެ.

ދިވެހި ކުންފުންޏަކުން ފަރުމާކޮށްދީފައިވާ މޯލްޑިވިއަންގެ މި މޮބައިލް އެޕްލިކޭޝަން ގޫގްލް ޕްލޭ އަދި އެޕަލް އެޕް ސްޓޯރުން ވެސް މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.