ޤައުމީ ކުތުބުޚާނާއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރެއިން “ޤައުމީ ކުތުބުޚާނާއަށް ތަކެތި ހަދިޔާކުރުމުގެ” ޕްރޮގްރާމެއް މިއަދު އިފްތިތާހްކޮށްފިއެވެ.
މިއަދު ފެއްޓި މިޕްރޮގްރާމަކީ ކުތުބުޚާނާއަށް ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ޕްރޮގަރާމެއް ކަމަށް ޤައުމީ ކުތުބުޚާނާއިން ފާހަގަކުރައްވައެވެ.
ފެބްރުއަރީ 15 އިން 26އަށް ހަދިޔާކުރުމަށް ހުރި ފޮތް، ބޯޑް ގޭމްސް އަދި ކުޅޭ ސާމަނު ފަދަ ތަކެތި އެއްކުރައްވައި ކުތުބުޚާނާގެ ނަންބަރު 3007200 އަށް ގުޅުއްވުމުން ބަލާ ގޮސްދޭ ގޮތަށް ދެ ހަފުތާގެ މުއްދަތަށް ހިންގޭ މިޕްރޮގްރާމްގެ މަޤްސަދަކީ ކުތުބުޚާނާގެ ކަލެކްޝަންތައް ތަރައްޤީކުރުން ކަމަށް ކުތުބުޚާނާއިން ހާމަކުރައްވައެވެ.
ތަކެތި ބަލާ ދިޔުމަށް ހަމަޖެހިފައިވާ ވަނީ ހެނދުނު 9:00 ން ހަވީރު 4:00 އަށެވެ. ތަކެތި ނެގުމަށް ހަމަޖެހިފައިވާ މުއްދަތުގައި ޤައުމީ ކުތުބުޚާނާއާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގައި މިފަދަ ތަކެތި ޖަމާކުރުމަށް ފޮއްޓެއް ބެހެއްޓިފައިވާނެކަމަށް ޤައުމީ ކުތުބުޚާނާ އިން ހާމަކުރައްވައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!