ވެބް ސީރީޒް ”ހަނާ”ގެ މޭކިން ވީޑިއޯ ބަލައިލުމުން ”ހަނާ” ބަލައިލާހިތް މާބޮޑަށްވެސް އިތުރުވާނެކަން ޔަގީނެވެ. ސީރީޒްގެ މޭކިން ވީޑިއޯ ބައިސްކޯފުން މިހާރު ބަލައިލެވޭނެއެވެ.

ކިޑް ޕްރޮޑަކްޝަން އިން އުފައްދައި، މިމަހު 27ގައި ރިލީޒްކުރަން ތައްޔާރުވެފައިވާ ”ހަނާ”13 އެޕިސޯޑްގެ ސީރީޒްއެކެވެ.

އާއިމިނަތު ރިނާޒާގެ ވާހަކަ އަދި ސްކްރީންޕްލޭ އަކަށް މި ސީރީޒް ޑައިރެކްޓްކުރީ މަޝްހޫރު ޑައިރެކްޓަރަ އަމްޖަދު އިބްރާހިމް (އަމްޖޭ) އެވެ. ޕްރޮޑިއުސްކޮށް ކެމެރާކުރީ ހުސައިން މުނައްވަރު (ކުޑަފޫޅު) އެވެ.

ބެކް މިއުޒިކްގެ ތައްޔާރުކުރީ މަޝްހޫރު މިއުޒީޝަން އައްޔުމަން ޝަރީފް އެވެ. ސީރީޒްގެ ޕޯސްޓްޕްރޮޑަކްޝަން މަސައްކަތްކުރީ ޢަލީ ރަޝީދު (ގޮޅާ) އެވެ.

ހުސެން މުނައްވަރު، އަލީ ރަޝީދު އަދި ރިނާޒާ

ހަނާ”ގެ ލީޑް ކުޅެނީ ނުވަ ވަނަ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރުގެ ރޯލާއި ސްޕެޝަލް ޖޫރީ ޕްރައިޒް، އައުޓްސްޓޭންޑިންގ އޯލްރައުންޑް ޕާރފޯމަރގެ އެވޯޑް ހޯދާފައިވާ އަލީ އާޒިމް (ދޮން އައްޔަ)ގެ އިތުރުން ’ޖާދޫގައި ޖެހިއްޖޭ‘ ލަވައިން މަޝްހޫރުވި ނޫރާ އެވެ. މީގެ އިތުރުން އިބްރާހިމް ޖިހާދު (ޖިމީ)، ޝަމީލް، ޤަމަރިއްޔާ ޤާސިމް، ފާތުމަތު ލަޠީފް، ގުލިސްތާނު އަދި ނިޝާ (ނިޝްކޮ) އެވެ.

ވެބް ސީރީޒް ”ހަނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.