ޑާކްރެއިން އެންޓަރޓެއިންމެންޓުގެ އަސަރުގަދަ ލޯބީގެ ފިލްމު ”ނޮވެމްބަރ“ މި އަހަރު ޖުލައި 06ގައި ރިލީޒްކުރަން ނިންމައިފިއެވެ.

ޕްރޮޑިއުސަރ މުޙައްމަދު ޢަލީ މިރޭ އެކަން އިއުލާނުކޮށްފައިވަނީ މީސްމީޑިއާގައެވެ.

ފިލްމު ”ނޮވެމްބަރ“ގައި ބޮޑު ކާސްޓެއް ފެނިގެންދާނެއެވެ. އެގޮތުން އާއިޝަތު ޔާދާ، އައިޝަތު ޢަލީ، ކުރީގެ އެކްޓަރު އިސްމާއީލް ވަޖީހާއި އޭނާގެ ދަރިއެއް ކަމަށްވާ ތަރީޝް އިސްމާއިލް، ލަވަކިޔުންތެެރިޔާ ޝަލަބީ އާއި މޭނާ ހައްސާނު، މަޝްހޫރު ޕްރެސެންޓަރ މޫސާ ވަސީމް އާއި ދިވެހިބަހުގެ އުސްތާޒު ސޯދުބޭވެސް ފެނިގެންދާނެއެވެ. މީގެ އިތުރުންވެސް ޑާކްރެއިންގެ ފިލްމުތަކުން ފެންނަ ބައެއް އެހެން މޫނުތައްވެސް ފެނިގެންދާނެއެވެ.

ފިލްމު ”ނޮވެމްބަރ“ ގެ ސްކްރީންޕްލޭ ލިޔުނީ ޢާއިޝަތު ފުއާދު އާއި ޢަހްމަދު ޠަލާލް އެވެ. ޑައިރެކްޓްކޮށް ކެމެރާކުރީ ޝިފާއު (ޗިއްޕެ) އެވެ. ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތެރިވެފައިވަނީ އާއިޝަތު ފުއާދެވެ. ޗިއްޕެއާއެކު ކެމެރާކުރުމުގައި އަޙްމަދު ޝިނާން ވެސް ހަރަކާތެރިވިއެވެ.

ފިލްމު ”ނޮވެމްބަރ”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.