ޗާންދަނީ މަގު، މެދުޒިޔާރަތް މަގު ކަންމައްޗަށްވާގޮތަށް އޮންނަ ކުރީގެ ދިރާގުގެ ހެޑްއޮފީސް ހުރި ބިމުގައި ‘ކަޅުވަކަރު މިސްކިތް’ އަލުން ރޭވުމުގެ މަސައްކަތްކޮށް ނިންމާލައިފިއެވެ. މި މަސައްކަތް ފެށީ މިދިޔަ އަހަރު ސެޕްޓެމްބަރު 19ގައެވެ. އެ މަސައްކަތް އަމަލީގޮތުން ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެވެ.
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވަނީ އިއްޔެ އެމިސްކިތުގެ ވަޅު ބަހައްޓައި، ރާވައި ނިންމާފައިވާ ކަން ހާމަކޮށްފައެވެ. މިމަސައްކަތުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިސްކިތް ރޭވުމުގެ މަސައްކަތް ނިންމާލާފައިވީނަމަވެސް، މިސްކިތް ރަސްމީކޮށް ހުޅުވާނެ ތާރީޚެެއް ހާމަކޮށްފައެއްނުވެއެވެ. އެތަން ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ.
މިހާރު ކުރިއަށް ދަނީ މިސްކިތުގެ ވަށައިގެންވާ ސަރަހައްދުގައި ގަސް އިންދައި ޒީނަތްތެރިކުރުމުގެ މަސައްކަތެވެ. އަދި މިސްކިތުގެ އެތެރެ ސާފުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް ފަށަން އޮތީ ތައްޔާރުވެފައެވެ.
ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަނީ ހެރިޓޭޖް ސައިޓެއްގެ ގޮތުގައެވެ. އަދި މި މިސްކިތް އަލުން ބަހައްޓަނީ ބަންގިގޮވާ އަދި ޖަމާޢަތުގައި ނަމާދުކުރާ މިސްކިތެއްގެ ގޮތުގައި ނޫން ނަމަވެސް ބޭނުންވާ ފަރާތްތަކަށް މިސްކިތުގައި ނަމާދު ކުރެވޭނެކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.
ކުރީގެ ސަލްޓަން ޕާކުގައިހުރި 200 އަށްވުރެ ގިނަ އަހަރު ވެފައިވާ ކަޅުވަކަރު މިސްކިތް އެތަނުން ނަގާފައިވަނީ ރަސްރަނި ބަގީޗާ ހެދުމަށް އޭރުގެ ސަރުކާރުން 2016 ވަނަ އަހަރުއެވެ. އަދި މިސްކިތް ފަހުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބެހެއްޓުމަށް ނިންމައި ފަހުން އަނެއްކާ އެނިންމުން ބަދަލުކޮށް ގދ. ތިނަދޫގައި ބެހެއްޓުމަށްވެސް ސަރުކާރުން ނިންމިއެވެ. ނަމަވެސް މިސްކިތް ނެގިތާ ތިން އަހަރު ވީއިރުވެސް މިސްކިތް އަލުން ބެހެއްޓުމުގެ އެއްވެސް މަސައްކަތެއް ފަށާފައެއް ނުވެއެވެ. ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލީހް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާނެކަމެއްކަމަށް ވިދާޅުވެފައިވާ ކަމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!
- 4 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޕޯސްޓަރާއި ބައެއް ލަވަތައް ނެރުމަށް އާއްމުކޮށް ހުޅުވާލައިގެން ބޮޑު އިވެންޓެއް!