އިންޑިއަން ކަލްޗަރަލް ސެންޓަރާއި ނެޝަނަލް ސެންޓަރ ފޮރ ދި އާރޓްސް އާއި މިނިސްޓްރީ އޮފް އާރޓް ކަލްޗަރ އެންޑް ހެރިޓޭޖާއި، ޕީއެސްއެމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްއާއި ފިލްމް އެސޯސިއޭޝަން އޮފްދަ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ އެކްޓިން ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމެއް މޯލްޑިވްސް މިޑީއާ އިންސްޓިޓިއުޓުން ފަށައިފިއެވެ.

މިމަހުގެ 26 ގެ ނިޔަލަށް އެމްއެމްއައިގައި ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި އިންޑިއާގެ ނެޝަނަލް ސްކޫލް އޮފް ޑްރާމާގެ ތަޖުރިބާކާރު 3 ޕްރޮފެސަރުން ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީން ޕްރޮގްރާމްގައި އެކި ކަހަލަ ފިލްމްތަކާއި ޑްރާމާތަކާއި ލަވަތަކުގައި އެކްޓްކުރާނެ ގޮތްތައް ކިޔައިދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންފިޑެންސްއާއެކު އެކްޓްކުރާނެ ގޮތްތަކާއި ކެރެކްޓަރއަށް ވަންނާނެ ގޮތް ކިޔާދޭނެއެވެ. އަދި އެކްޓް ކުރުމުގައި ކުރަންޖެހޭ ހުރިހާ ކަންތައްތަކާއި ޕްރޮފެސަރުންގެ ތަޖުރިބާތައްވެސް ހިއްސާ ކުރުމަށްވަނީ ހަމަޖެހިފައެވެ.

އެކްޓިން ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމުގެ ތެރެއިން – ފޮޓޯ: ޝިފާނާ

ފަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ކިޔަވައިދޭން އައި ޕްރޮފެސަރުން ވަނީ ރާއްޖޭގައި ޒުވާން ފިލްމް އިންޑަސްޓްރީއެއް އޮތްކަން ފާހަގަކޮށްފައެވެ. އަދި މި ދާއިރާގެ މުސްތަޤްބަލެއް އޮތްކަންވެސް ޕްރޮފެސަރުން ފާހަގަކުރިއެވެ.

މި ތަމްރީން ޕްރޮގްރާމްގައި 40 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ. އޭގެ ތެރޭގައި މިހާރުވެސް ރާއްޖޭގެ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަންނާނުން ހިމެނެއެވެ.

އެކްޓިން ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމުގެ ތެރެއިން – ފޮޓޯ: ޝިފާނާ

ޚަބަރަށް މަޢުލޫމާތު ނެގީ: ޕީއެސްއެމް އިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.