އެއްމެ ފުރަތަމަ ޢަބްދުލް ފައްތާހް ނުވަތަ އާއްމުކޮށް ކިޔާގޮތުން ނަމަ ފައްތާހް ފެނުނީ ފައްތާހް ފުރާވަރު އުމުރުގައި ކުޅެފައިވާ ނާދިރު ނަމަކަށް ކިޔާ ޑްރާމާ އަކުންނެވެ. ވަރަށް ރީތި ޑްރާމާ އެކެވެ. ފައްތާހް ގެ އެކްޓިންގ ގައި އެހުންނަ ސްޓައިލް ވަރަށް ކަމުދިޔަ އެވެ. އެދުވަސްވަރުގެ ގޮތުން ބަލާނެ މާގިނަ ފިލްމެއް ނުހުރެއެވެ. ގޭގަައި ޓީވީ އެއްވެސް ނުހުރެ އެވެ. ރަށުގެ ކޮންމެވެސް ގެއެއްގައި ޓީވީ ދައްކާ ކަމަށް ވަންޏާ އެތަނަކަށް ގޮސް ޓީވީ ބަލަން އިންނަމެވެ. ފައްތާހް ގެ ޑްރާމާ ދައްކަންޏާ އެއްމެންވެސް ނިކަން ފޯރި ހުރެއެވެ.
އޭގެ ދުވަސްތަކެއް ފަހުން ފައްތާހް ފެންނަން ފެށީ ފިލްމު އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފެށި ތަނެވެ. ފައްތާހް އުފައްދާ ހަމަ ކޮންމެ ފިލްމެއްވެސް ވަރަށް ކަމުދެއެވެ. ފައްތާހް ގެންގުޅޭ ‘ޔުނީކް ސްޓައިލް’ ހަމަ ސަޅީ އެވެ. ފައްތާހް ގެ ވާހަކަ ދެއްކުމުގައި ‘ފޮނި ގޮތެއް’ ހުންނާތީ ބަޔަކު ރުޅި އަޔަސް، ފޫހިވިޔަސް އަހަރެން ބަލަނީކީ ފައްތާހް ގެ ވާހަކަ ދެއްކުމަކަށް ނޫނެވެ. ފިލްމު އުފެއްދުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައި ނެތަސް އެއީ ނިކަން ކުރާހިތްވާ މަސައްކަތަކަށް ވާތީ ކަމަށްވެސް ވެދާނެ އެވެ. އަހަރެން ބަލަން ބޭނުންވާ ތަފާތު ސްޓައިލް ތަކުގައި ފައްތާހް ގެ އުފެއްދުންތައް ހުންނާތީ ކަމަށްވެސް ވެދާނެ އެވެ. ހަމަ ގައިމުވެސް މަށަކުވާ މީހުން އެބުނާ ‘ފައްތާހް ގެ ފޮނި އަނގަތެޅުމަކަށް’ ކުޑަވެސް ފަރުވާލެއް ނުބަހައްޓަމެވެ.
ދެން ފެނިގެން ދާން ފެށީ ވަރަށް ތަފާާތު ސްޓައިލެއްގައި ފައްތާހް ޑޮކިއުމެންޓަރީ ފިލްމު އުފައްދަން ފެށިތަނެވެ. ފައްތާހް ގެ މަސައްކަތަށް އަހަރެން އިންސަޕަޔަރ ވަމުންދިޔަ މިންވަރު އެއްމެ ބޮޑަށް އިތުރުވާން ފެށީ މިހިސާބުންނެވެ. ‘ވައްޓަފާޅި’ ޑޮކިއުމެންޓަރީ ސީރީޒް ބަލަމުން ދިޔައީ އެ ‘ޔުނީކް ސްޓައިލްތައް’ ދަސްކުރަމުންނެވެ.
އަހަރެންވެސް ވީޑިއޯ އުފެއްދުމުގެ މަސައްކަތަށް ހުންނަ ޝައުޤާއި އެކު ފުރުޞަތަކަށް އެދިއެދި ހުއްޓާ ‘ފޮނަދުއަށް ލެއްގި’ ފިލްމު ޕްރޮޑަކްޝަން ކޯހެއްގައި ބައިވެރިވެ އެއްޗެހިތަކެއް ދަސްކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. ކޯހުގެ މުދައްރިބުންނަށް ތިއްބެވީ ނަން މަޝްހޫރުކޮށް ކިޔާ ޤާނޫނީ ވަކީލުންގެ ފުންނާބާ އެއްވަރަށް ފުންނާބު އުސް ނުވިޔަސް ނިކަން ފުންނާބު އުސް ބޭފުޅުން ކޮޅެކެވެ. ކޯހުގެ ކޯޑިނޭޓަރަކަށް ހުންނެވީ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު) އެވެ. އެކްޓިންގ އާއި ޑައިރެކްޝަން ދަސްކޮށްދެއްވީ މިއަދު އަހަރެންގެ ގާތް އެކުވެރިއަކަށް ވެފައިވާ ދަރާ ރަޝީދު އެވެ. ކެމެރާ ކުރަން ދަސްކޮށްދެއްވީ ޓީވީއެމްގެ ސީނިއަރ ކެމެރާމަން މުޙައްމަދު ޝިޔާޒް އެވެ. އެވިޑް ސޮފްޓްވެއަރ ގައި އެޑިޓްކުރަން ދަސްކޮށްދިނީ މިއަދުވެސް ޓީވީއެމްގައި ސީނިއަރ އެޑިޓަރެއްގެ މަޤާމު ފުރުއްވަމުން ގެންދަވާ އަސްވަދު ނަޖީބް އެވެ. ބުނަން އުޅޭ އަސްލު ޕޮއިންޓާއި ހަމައަށް ނުދެވި އަހަންނަށްވެސް މި ކަނޑައިލެވުނީ ފޮނިތަކެއް ކަމަށްވެސް ހީވެދާނެއެވެ.
ކޮންމެއަކަސް ބުނަން މިއުޅޭ ވާހަކަވެސް ގުޅެނީ ފައްތާހްް އާއި އެވެ. ވީޑިއޯ ޑޮކިއުމެންޓަރީ އެއް އުފެއްދުމަށްޓަކައި ޚިޔާލެއް ހޯދައިލުމަށް އެއްދުވަހަކު ފައްތާހް އަށް ގުޅާލިމެވެ. ފޯނަށް ޖަވާބު ދިނުމުން އަހަރެން ބޭނުންވާ ކަންތައް ބުނީމެވެ. ވަގުތުން ފައްތާހް ގެ އެ އަގުބޮޑު ސިކުނޑީގައި ހުރި ފިލާާވަޅުތައް ހިއްސާކުރަން ފެށިއެވެ. މީހަކާއި ބެހޭގޮތުން އުފައްދާ ޑޮކިއުމެންޓަރީއެއްގައި ހުންނަން ޖެހޭނެ ބައިތަކާއި، ބެލުންތެރިން ފޫހި ނުވާނޭ ގޮތަށް އެ އުފައްދާނެ ގޮތް ވަަރަށް ސަޅިކޮށް ކިޔައިދިނެވެ. އެހެންވީމާ ވަރަށް ސަޅިތާ އެވެ. އަނެއްކާވެސް އަހަރެންގެ ހިތުގައި ފައްތާހަށް ދެވިފައިވާ ޤަދަރާއި އިހްތިރާމް އެތައް ދަރަޖައަކަށް އުފުލިގެން ދިޔައެވެ.
ނަމަވެސް މިއަދު! ….. އުފް!
ނަމަވެސް މިއަދު ހެނދުު ދިމާވި ކަމަކުން ހިނދުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވެގެން އެ ދިޔައީ އަހަރެންގެ ހިތުގައި ‘ރޯލް މޮޑެލް’ އެއްގެ ގޮތަށް ފްރޭމުކުރެވިފައިވާ މޮޅު ފިލްމު އުފެއްދުންތެރިއެއްގެ ތަސްވީރެކެވެ. ދެވަނަ އެހެން ސަޚްސެއް ނޫނެވެ. މަޝްހޫރު ޑައިރެކްޓަރ ޢަބްދުލް ފައްތާހް އެވެ.
ވީގޮތަކީ ކޮބައިކަން ތިލަކޮށްލާނަމެވެ. މުނިފޫހިފިލުވުމުގެ ޚަބަރާއި މަޢުލާތާއި ވާހަކަ ލިޔުމަށް ޝައުގު ހުންނާތީ އަޅުގަނޑާއި ދެތިން އެކުވެރިއެއް ހިންގަން ފަށައި، ނަގައި ކޮޅަށް ޖެހުމަށް މަސައްކަތް ކުރަމުން މި ގެންދާ ‘މުނިއަވަސް’ ގައި އަހަރެން ލިޔުނު އާޓިކަލް އެއްގައި ‘ހައްދު’ ފަހަނައަޅާ ވަރަށް ދޮގު ވާހަކަ ލިޔެވިފައި ވާކަމަށް ބުނެ ފައްތާހް ކޮމެންޓެއް ކޮށްލި އެވެ.
“ދޮގުހެދުން ހައްދު ފަހަނައަޅައިފި ….. އާޓިކަލް ލިޔުނު ފަރާތަށް މަގޭ ސަލާން.” ފައްތާހް މިހެން ބުނެލީ ‘ހައްދު’ ގެ އަކުރުތައް އިނގިރޭސި ކެޕިޓަލް އަކުރުންނެވެ.
އަހަރެން ގެ ލިޔުމުގައި ލިޔެފައިވާ މި އިބާާރާތްކޮޅަކީ “ނަހުލާ ގެ އެއްމެ ބޮޑު ވާދަވެރިޔާ ޢަބްދުލް ފައްތާޙް ގެ ފަރާތުން ހުށައަޅަނީ ކޮން ފިލްމުތަކެއްތޯ އޮޅުންފިލުވުވާލުމަށް ސުވާލުކޮށްލުމުން ފައްތާހް ގެ ފަރާތުން އަދި ވަނީ ޖަވާބެއް ނުލިބިފަ އެވެ.” މިއީ އެވެ.
މި އިބާރާތްކޮޅަށް ބާރު ދިނުމުގެ ގޮތުންނާއި ފައްތާހް އެޅުވި އިލްޒާމުގެ ދިފާޢުގައި ފައްތާހް އާއި އެކުގައި މެސެންޖަރ އިން ކުރެވު ޗެޓްގެ އެތިކޮޅެއް ޕޯސްޓްކޮށްލީމެވެ. އެ ޕޯސްޓްގައި ‘މިކޮޅުންވެސް ވެދުން’ މިހެން ލިޔެލީމެވެ.
އެއަށްފަހު އާޓިކަލް ގައި އަހަރެން ލިޔުނު އިބާރަތްކޮޅުގެ ސްކްރީން ޝޮޓެއް ފޮނުވީމެވެ. އޭގައި އަހަރެން ލިޔެލީ ‘މީގައި ކޮބައިތޯ ދޮގެއް.” މިހެންނެވެ.
“ނުގުޅާތީވެ.” އަނެއްކާވެސް ފައްތާހް ގެ ކުރު ޖަވާބެކެވެ.
އެއަށް އަހަރެން ޖަވާބު ދިނީ ކުޑަވަރެއްގެ ދެ ޕެރަގްރާފުންނެވެ.
“މި ޒަމާނުގަ ކޮންމެހެން ފޯނަށް ނުގުޅިޔަސް، ސިޓީ އަކުން ނުދެންނެވިޔަސް، އިންފޯ ދިނުން އެހާ އުނދަގޫ ކަމެއް ނޫނެއް ނޫންތޯ؟ ސަލާމް ގޮވާލީމަ ޖަވާބު ދެއްވި ފަދައިން އަޅުގަނޑު ކޮށްލި ސުވާލަށް ކޮންމެވެސް ޖަވާބެއް ދެއްވި ނަމައޭ ހިތަށް އެރި.”
“އާޓިކަލް ގަ އަބްދުލް ފައްތާާހް ނުވަތަ ފައްތާހު ގެ ޕްރޮޑަކްޝަން އަކަށް ގެއްލުމެއް ދޭކަށް އެއްވެސް ވާހަކައެއް ލިޔެވިފައެއް ނޯންނާނެ. ‘ފައްތާާހުގެ ފަރާތުން އަދި ވަނީ ޖަވާބެއް ނުލިފަ އެވެ.’ މިހެން ލިޔެފަ އެއޮތީ އެއީ ފެކްޓް ކަމަށް ވާތީ. މުނިއަވަސް ވާހަކަ މައިޒާން ހިންގަނީ ‘އިންފޮޓެއިންމެންޓް’ އަށް އަޅުގަނޑުވެސް ހުންނަ ޝައުޤާއި އެކު، ފިލްމީ ދާއިރާ ގެ ޚަބަރު ގެނެސްދީ، ފިލްމު ތައްވެސް ޕްރޮމޯޓް ކުރަންް.”
“ސުވާލު ކޮށްލުމުން …… ހެހެހެ” އަހަރެންގެ ޖަވާބަށް ފައްތާހް ކޮށްލީ މަލާމާތެއް ކަމަށްވެސް ވެދާނެ އެވެ.
އިރުކޮޅެއް ފަހުން އަނެއްކާވެސް އަހަރެން އެއްޗެކޭ ބުނެލީމެވެ.
“ދެން ދެއްވަންވީ ނޫންތޯ އިންފޯ ކޮޅެއް. ތިކޮޅަށް އީޒީ ޓައިމް އެއްގަ ގުޅާނަން މިކޮޅުން.”
“ސޮރީ އޭ ބުނަންވެސް ބޭނުމެއް ނޫން ދޯ… ދޮގު ހަބަރު ޖަހާފަ…” އަނެއްކާވެސް އިލްޒާމަކާއި އެކު ފައްތާހް ގެ ޖަވާބެކެވެ.
“ސޮރީ ވަރަށް ބޮޑަށް. އެކަމަކު ދޮގެއް ހެދިފައެއް ނެތް.” އަހަރެން ބުނީމެވެ.
“އެއީ … ގުޅިކަމަށް ބުނެ ސުވާލު ކުރި ކަމަށް ބުނެ … މަ ޖަވާބެއް ނުދިނޭ ލިޔެފަ އޮތީމަ ކޯއްޗަކަށް މިވީ…” ފައްތާހް ގެ ގޮތުގައި ހިފެހެއްޓި އެވެ.
“ގުޅި ކަމަށް ނުބުނަމެއްނޫންތޯ ސަރ.” އަހަރެން ސުވާލު ކުރީމެވެ.
‘އާޓިކަލް ކިޔާބަލަ.” ފައްތާހް ބުންޏެވެ.
އަހަރެން އެ އާޓިކަލް ކޮޅުން ކޮޅަށް ކިޔައިގެންވެސް އެބުނާ ތަންކޮޅެއް ނުފެނުނެވެ. އެހެންކަމުން ފައްތާާހް ގެ ނަން ގަނެވިފައިވާ ތަންކޮޅުގެ ސްކްރީން ޝޮޓް އަނެއްކާވެސް ޕޯސްޓްކޮށްލީމެވެ.
“ކިހިނެތް ސުވާލު ކުރީ؟” އަނެއްކާވެސް ފައްތާހް އެހިއެވެ. “މަށާ ދިމާވެގެންތަ …..ސުވާލުކުރީ.” ރުންކުރު ސުވާލެކެވެ.
އަހަރެން ޖަވާބު ދިނީ ފައްތާާހް އާއި އެކުގައި ކުރެވުނު ޗެޓް ލޮގް ގެ ސްކްރީންޝޮޓަކުންނެވެ.
ފައްތާހުގެ އިތުރު ރައްދެއް ނައިސް އިރުކޮޅެއް ފާއިތުވެ ދިޔަފަހުން އަހަރެންގެ އުފަން ރަށަށް ނިސްބަތްވާ މީހަކު މި ކޮންވަޒޭޝަނަށް ވަނެވެ.
“ހަހާ އޭގަ ސުވާލު މާކް (؟) ނެތީމަ އެ ބޭފުޅާ އަށް ސުވާލަކަށް ނުވީ. އަޅާނުލާ ތި އާޓިކަލް ގަ ދޮގެއް ނެތް އަދި ކުށެއްވެސް ނެތް.”
އަނެއްކާވެސް އެހެން މީހަކު ރައްދެއް ދިނެވެ.
“އާޓިކަލް ލިޔުނީ ހައްދުންމަތީ ބޭފުޅެއް… އެހެން ވީމާ އަދި ތިހެން މީހަކު ހައްދު ފަހަނަ އަޅާފައޭ ބުންޏަސް ކަހެރަ ވަކެކޭ ވެސް ހިތަކަށް ނާރާނެ ދޯ … ލޮލް 😂😂😂😂
މިފަހަރު ފައްތާހްް ގެ ހިލަމެއް ވީ “ކޫލް’ މިހެން ލިޔެލަމުންނެވެ.
ފައްތާހް ގެ ޖަވާބެއް ނަޔަސް އަހަރެން އިތުރު ޕޯސްޓެއް ކޮށްލީމެވެ. އަހަރެން ލިޔުނު އާޓިކަލް އަށް ފާތިމަތު ނަހުލާގެ ފަރާތުން މަޢުލޫމާތު ހޯދި ގޮތް ދައްކައިދޭ ޗެޓްލޮގް ސްކްރީންޝޮޓަކުންނެވެ. އެ ޕޯސްޓް ކޮށްލީ ‘ސިމްޕަލް، ފްރެންޑްލީ އެންޑް ޕްރޮފެޝަނަލް. އައި ހެވްންޓް ޔޫސްޑް ކުއެސްޗަން މާކް ޓޫ.”
ފައްތާހް އެވެ. ތިޔަހެން ނުހައްދަވާށެ އިނގޭތޯ ވެރީ ސޮރީ! އޭ ބުނެލާނީ ހައިސިއްޔަތެއް ނެތް މީހަކަސް ނަސޭހަތަކުންނެވެ. ‘ފައްތާާހު ގެ ބަސްމަގު ތި ހުންނަ ގޮތުން ފައްތާހް އަށް ސަޕޯޓް ކުރާ އެތައް ބައެއްގެ ކުރިމަތީގައި ވެއްޓިގެން ދިޔަ ދަނީ ފައްތާހް ގެ އަގެވެ. ތިޔަ ނާތަހުޒީބު ގޮތްގަނޑު ދޫކޮށްގެން ނޫނީ މިހާރު ލިބިފައިވާ ސަޕޯޓް ތިޔަ ގޮތުގައި ހިފެހެއްޓުމަކީ ނާދިރު ކަމަކަށްވެސް ވެދާނެ އެވެ. މިއަދު މި ހިނގި ކަންތަކަށް އެކަނި ވިސްނާލިޔަސް މިބުނީ ތެދެއްކަން އެނގޭނެއެވެ. އަހަރެން ލިޔުނު އާޓިކަލް ގައި ބޭނުންކޮށްފައިވާ އިބާތްކޮޅުގައި ލިޔެފައިވާ ‘ނަހުލާ’ ގެ ނަމުގައި އިނގިލި އަޅައިގެން ނަމަވެސް ނިކަން އެއްފަހަރު އަދި ވިސްނާލަބަލާށެވެ.
“ނަހުލާ ގެ އެއްމެ ބޮޑު ވާދަވެރިޔާ ޢަބްދުލް ފައްތާޙް ގެ ފަރާތުން ހުށައަޅަނީ ކޮން ފިލްމުތަކެއްތޯ އޮޅުންފިލުވުވާލުމަށް ސުވާލުކޮށްލުމުން ފައްތާހް ގެ ފަރާތުން އަދި ވަނީ ޖަވާބެއް ނުލިބިފަ އެވެ.” މި އިބާރާތް ކޮޅުގައި ދޮގެއް އެބަ އޮތްހެއްޔެވެ. ފައްތާހް ގެ އަގުވެއްޓޭ ޒާތުގެ ވާހަކައެއް އެބަ އޮތް ހެއްޔެވެ. “……….ސުވާލުކޮށްލުމުން ފައްތާހް ގެ ފަރާތުން އަދި ވަނީ ޖަވާބެއް ނުލިބިފަ އެވެ.” މިހެން އޮތުމުން އޭގައި އުފެދޭ މައްސަލައަކީ ކޮބައިހެއްޔެވެ؟ އަހަރެން ސުވާލެއް ނުކުރަން ހެއްޔެވެ؟ ސޮރީ އެވެ. ވަރަށް ބޮޑަށްވެސް ސޮރީ އެވެ. ފައްތާހް އެވެ. ތިޔަހެން ނުހައްދަވާށެ އިނގޭތޯ ވެރީ ސޮރީ! އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
mashah gohy kaley men fahthaah eh noon 😀 fahthah vahaka dhakkafa hurives thedhah . kiyaalima ves ekan eba feney eynage supportarun adhives mithibi fahthah aai ekkolhah. furathama kaleymen konme ves kahala proffisional gotheh bahattabala.