• ފިލްމު “ބަޅިނދު“ގައި ޒުވާން ގިނަ ތަރިންތަކެއް ހިމެނޭ
  • ފިލްމުގެ ޑައިރެކްޓަރަކީ އަޙްމަދު ޝިނާން. އޭނާ އެންމެ ފަހުން ޑައިރެކްޓުކޮށްފައިވަނީ “ގޮށްރާޅު
  • ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ހޫދު އިބްރާހީމް

ދިވެހި ފިލްމީ ސިނާޢަތުގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކް ރެއިން އެންޓަޓެއިންމެންޓުން މިއަހަރު ރިލީޒްކުރުމަށް އާމާޒު ހިފައިފައިވާ ފިލްމު “ބަޅިނދު“ގެ ފުރަތަމަ ޓީޒާ ނެރެފިއެވެ.

މިއަދު ހެނދުނު 10:00 ގައި ޑާކް ރެއިން އެންޓަޓެއިންމެންޓުން މީސްމީޑިއާއަށް ދޫކޮށްލި “ބަޅިނދު“ގެ ޓީޒާއިން ފެނިގެންދަނީ ސިހުރު ފަންޑިތަވެރިކަމުގައި ތަށިދުއްވުމަށް ބޭނުންކުރާ ޒާތުގެ އަކަ ޖެހި ދޮލަނގެކެވެ.

ޖުމައްޔިލް ނިމާލް (ޖުމަލް)، އިސްމާޢީލް ޖުމައިހް (ޖުމާ)، “ގޮށްރާޅު” ފިލްމުން ތަޢާރަފްވި އައިމިނަތު ރަޝްފާ (އާޝާ)، ސަރާގެ އިތުރުން މުޙައްމަދު ޔުނާން އާއި ހުނޭޝާ އާދަމް ނަސީރު، މުހިންމު ރޯލުތަކުން ފެނިގެންދާނެ ފިލްމު “ބަޅިނދު” މިއީ ބިރުވެރި ފިލްމެކެވެ.

މުޙައްމަދު ޢަލީ (މޮގާ) އާއި އޭނާގެ އަންހެނުން އާއިޝަތު ފުޢާދު ތައުފީޤް ޕްރޮޑިއުސްކޮށްފައިވާ “ބަޅިނދު“ގެ ސްކްރީންޕްލޭ ލިޔުނީ ހޫދު އިބްރާހީމް އެވެ. ފިލްމު ކެމެރާކޮށް ޑައިރެކްޓްކުރީ އަޙްމަދު ޝިނާން އެވެ.

ރިލީޒްކުރާނެ ތާރީޚެއް އަދި ފައިނަލްކޮށްފައި ނުވާ “ބަޅިނދު” މިފިލްމަކީ ޑާކްރެއިންގެ 14 ވަނަ ފިލްމެވެ.

ބަޅިނދު” އުދުއްސައިލުމުގެ ކުރިން، މި އަހަރު ޖުލައިމަހު 06 ގައި ޑާކް ރެއިން އެންޓަޓެއިންމެންޓުން ދިވެހި ފިލްމީ އޯޑިއަންސަށް “ނޮވެމްބަރ” ގެނެސްދޭނެއެވެ. އެހެންކަމުން މިއަހަރު ވެގެންދާނީ ދިވެހިންނާއި ދެ “ނޮވެމްބަރ” ބައްދަލުކުރާނެ އަހަރަކަށެވެ.

ފިލްމު “ނޮވެމްބަރ” އަކީ ޑާކް ރެއިންގެ އުފެއްދުންތަކުން، މުނިއަވަސް އިން އޮންލައިން މީޑިއާކަން އަދާކުރާ ފުރަތަމަ ފިލްމުކަން ފާހަގަކޮށްލަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.