ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި ހަރަކާތްތެރިވާނެ ގޮތް ވަޒަން ކުރުމަށް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ބާއްވައިފިއެވެ.

މި އެކްސަސައިޒް ބާއްވާފައިވަނީ 01 މާރޗް 2020 ވީ އާދީއްތަ ދުވަހުއެވެ. ހަނިމާދޫ އެއަރޕޯޓުގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި ކަމާބެހޭ ފަރާތްތައް ހަރަކާތްތެރިވާން ޖެހޭ ގޮތް ބަޔާންކޮށްފައިވާ ”އެއާޕޯޓް އިމަޖެންސީ ޕްލޭން“ ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދިއުމަށްޓަކައި އެފަދަ ހާދިސާއެއްގައި ހަރަކާތްތެރިވާ ގޮތް ވަޒަންކުރުމުގެ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް ބާއްވާފައިވަނީ މި ހަރަކާތާއި ގުޅުންހުރި މުއަސްސަސާތައް ގުޅިގެންނެވެ. އެގޮތުން އެމްއެންޑީއެފް، ޕޮލިސް، ހަނިމާދޫ ސިއްހީ މަރުކަޒު، ކަސްޓަމްސް، އިމިގްރޭޝަން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު، ހަނިމާދޫ ކައުންސިލްގެ އިދާރާ، މޯލްޑިވިއަން، ހަނިމާދޫ ސްކޫލުގެ އިތުރުން ހަނިމާދޫ އެއާރޕޯޓުގެ މުވައްޒަފުން ބައިވެރިވެފައި ވެއެވެ. މީގެ އިތުރުން މި އެކްސަސައިޒްގައި ހަނިމާދޫ ސްކޫލުގެ ކެޑޭޓް ދަރިވަރުން ބައިވެރި ވެފައިވެއެވެ.

ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒްގެ ތެރެއިން – ފޮޓޯ: ތޮއްލެ ފޮޓޯގުރަފީ

ހަނިމާދޫ އެއާރޕޯޓު އިމަޖެންސީ އެކްސަސައިޒްގެ ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތްތައް ފެށިފައިވަނީ މިމަހު 01ވަނަ ދުވަހުގެ ހަވީރު 16:30 ގައެވެ. މި ތަމްރީނު ނިންމާލެވިފައި ވަނީ އެރޭ 19:00ގައެވެ.

ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒްގެ ތެރެއިން – ފޮޓޯ: ތޮއްލެ ފޮޓޯގުރަފީ

މި އިމަޖެންސީ އެކްސައިސައިޒް ކުރިއަށް ގެންދިއުމަށް ކަމާބެހޭ ތަޖުރިބާހުރި ބައެއް ފަރާތްތަކުން ބައިވެރިވެފައި ވެއެވެ. މީގެ އިތުރުން މި ހަރަކާތް އޮބްޒާވްކުރުމަށް ސިވިލް އޭވިއޭޝަނުން ވެސް ބޭފުޅުން ވަނީ ވަޑައިގެންފައެވެ.

ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒްގެ ތެރެއިން – ފޮޓޯ: ތޮއްލެ ފޮޓޯގުރަފީ

މި އެކްސަސައިޒް ހިންގުމުގެ ކުރިން މިކަމާއި ގުޅުންހުރި ފުރިހަމަ މަޢުލޫމާތާއި އަދި ތަމްރީނު ދިނުމުގެ ޕްރޮގުރާމުތައް އެކި ދުވަސްތަކުގެ މަތިން މިކަމާއި ގުޅުންހުރި އެންމެހާ ފަރާތްތަކަށް އަމާޒުކޮށް ހިންގާފައިވެއެވެ.

H

ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒްގެ ތެރެއިން – ފޮޓޯ: ތޮއްލެ ފޮޓޯގުރަފީ

ހަނިމާދޫ އެއާރޕޯޓުގައި މިފަދަ އިމަޖެންސީ އެކްސަސައިޒެއް ބޭއްވިފައި މިވަނީ ބާރަ އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. އެންމެ ފަހުން ހަނިމާދޫ އެއާރޕޯޓްގައި އިމަޖެންސީ އެކްސަސައިޒެއް ބާއްވާފައިވަނީ 2008 ވަނަ އަހަރުއެވެ.

ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒްގެ ތެރެއިން – ފޮޓޯ: ތޮއްލެ ފޮޓޯގުރަފީ

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.