ސްޓާ ޕްލަސް އިން ދައްކަމުން އަންނަ އެކްތާ ކަޕޫރުގެ “ކަސައުޓީ ޒިންދަގީ ކޭ 2” އަށް އަނެއްކާވެސް ބަޖާޖް އައިސްފައިވާއިރު، އެ ސީރީޒަށް 08 އަހަރުގެ ލީޕެއް ގެނެސްފިއެވެ. ލީޕެއް ގެނައި އިރު، ހައިރާން ކުރުވަނިވި ކަންތައްތަކެއް ވެސް އިއްޔެގެ އެޕިސޯޑުން ފެނިފައިވެއެވެ.

އިއްޔެ ދެއްކި “ކަސައުޓީ ޒިންދަގީ ކޭ 2” ގެ 386ވަނަ އެޕިސޯޑް ފެށެނީ ޕްރޭނާގެ ދަރިފުޅު ސްނޭހާ ލާފައިވާ ޔަތީމުޚާނާގައި އަލިފާން ރޯވެގެން އުޅޭ ހިސާބުންނެވެ. އެތަނުން ސްނޭހާ ވެސް މަރުވާކަމަށް އެތާ ހުންނަ މީހަކު ބުނެއެވެ. ޕްރޭނާ ރޮއެރޮއެ ހަލާކުވާވަރުވެއެވެ. ދުނިޔޭގައި ހުންނަން ބޭނުން ނޫންކަން ބުނެ މާޔޫސްކަމުގެ އިންތިހާއަށް ދެއެވެ. ޕްރޭނާ މަސަލަސްކުރަނީ މިސްޓަރ ބަޖާޖް އެވެ. ބަޖާޖްގެ ދަރިފުޅު ކުކީ އަށްޓަކައިވެސް ދިރިހުންނަން ޖެހޭކަމަށް ބުނެ އޭނާއާއެކު ލަންޑަނަށް ދިއުމަށް އެދެއެވެ.

08 އަހަރުގެ ލީޕަށް ފަހު

ޕްރޭނާ އާއި އަނޫރާގް އެވޯޑް ފަންކްޝަނަކަށް ދިއުމަށް ތައްޔާރުވަމުން އަންނަ މަންޒަރު ފެނެއެވެ. އަނޫރާގު ހުންނަނީ ކަލްކަތާގައެވެ. ޕްރޭނާ ހުންނަނީ ލަންޑަނުގައެވެ. ދެމީހުންވެސް ރަސްމިއްޔާތަށް ދެއެވެ. ޕްރޭނާ އާއި އަނޫރާގަށް ވެސް އެވޯޑް ލިބެއެވެ. ޕްރޭނާ ޝުކުރު އަދާކުރަނީ އޭނާގެ ފިރިމީހާ މިސްޓަރ ބަޖާޖަށެވެ. އެ އެވޯޑް ޚާއްޞަކޮށްލަނީ ވެސް ބަޖާޖަށެވެ. އަނެއްކޮޅުން އަނޫރާގު ވެސް އޭނާގެ އެވޯޑް ޚާއްޞަކޮށްލަނީ އަނބިމީހާއަށެވެ. ކޮމޯލިކާ އަނޫރާގް ބާސޫ އަށެވެ. މިއީ ހައިރާންކަން ލިބިގެންދިޔަ ކަމެކެވެ. ސޮނާލިކާއަކީ ކޮމޯލިކާކަން އެނގުމުންވެސް ބާސޫ އާއިލާއަށް އެކަން އޯކޭވެފައިވަނީ ކީއްވެގެންބާއޭ ސުވާލު އުފެދެއެވެ.

ޕްރޭނާއަށް ބަޖާޖް ‘ހަގް’ އެއް ދެއެވެ. ޕްރޭނާ ގެއަށް ދިއުމަށް ބަޖާޖް ބުނެއެވެ. އެތަނުން ޕްރޭނާ ހިތަށް އަރަނީ އޭނާއަށް މިއަދު އެހާ ވަރުގަދަ އެވޯޑެއް ލިބުމަށް ހިތްވަރުކުރުމަށް މަގުފަހިވީ އަނޫރާގްގެ ސަބަބުން ކަމަށެވެ.

އަނެއްކޮޅުން، އަނޫރާގަށް ލިބުނު ކާމިޔާބީގެ ކްރެޑިޓް ކޮމޮލިކާއަށް ދިނުމުން އެކަމަށްޓަކައި ކޮމޮލިކާ އަނޫރާގަށް ޝުކުރުއަދާކުރެއެވެ. އެވަގުތު އަނޫރާގު ބުނަނީ އެއްވެސް ބަޔަކު ބަލަން ނެތްކަމަށާއި އެހެންކަމުން ‘ޑްރާމާ’ ކުޅުން ހުއްޓާލުމަށެވެ. އެންމެންނަށް ޙަޤީޤަތް ހާމަކޮށްފާނެ ކަމަށް އަނޫރާގް ބުނެ ކޮމޯލިކާއަށް ބިރުދައްކައެވެ. އަނޫރާގް އެކަން ނުކުރުމަށް ކޮމޮލިކާ އެދެއެވެ.

މިހިސާބުން އަނެއްކާވެސް ލިބިގެންދަނީ ބޮޑު ހައިރާން ކަމެކެވެ. ކޮމޮލިކާއާ އެކު އަނޫރާގް 08 އަހަރު ހޭދަކޮށްލީ އެއްވެސް އަނބިފިރިކަމުގެ ގުޅުމެއް ނެތި ދެއްކުންތެރިކަމުގައި ކަން އެނގިގެންދެއެވެ. ކޮމޮލިކާދެކެ ލޯބި ނުވާކަން އެނގެއެވެ. އެހެންކަމުން އަނޫރާގް، ޕްރޭނާ މަރައިލަން އުޅުނު ހިސާބުން ފެށިގެން 08 އަހަރުގެ ލީޕްގައި އިއްޔެ ދެއްކި ހިސާބަށް މިއީ ބޮޑު ސުވާލެއް އުފެދިފައިވާ ކަމެކެވެ.

ޕްރޭނާ އެނބުރި ކަލްކަތާއަށް ދާން ބޭނުންވާކަމަށް ބަޖާޖް ކައިރީގައި އެދެއެވެ. އިއްޔެގެ އެޕިސޯޑް ނިމެނީ ޕްރޭނާ އާއި ބަޖާޖް، އަނޫރާގާއި ކޮމޮލިކާ ލަވައަކަށް ނަށަން ފަށާ ހިސާބުންނެވެ.

“ކަސައުޓީ ޒިންދަގީ ކޭ 2″ގެ ޓީއާރްޕީ ދަށްވެ، ސީރީޒްމަތިން މީހުން ފޫހިވާން ފަށާފައިވަނިކޮށް، މި ސީރީޒަށް ގެނައި މި ބޮޑު ބަދަލާއެކު ސީރީޒްގެ ޓީއާރްޕީ މައްޗަށް ޖެހިލަފާނެ ކަމަށް ބެލެވެއެވެ.

އެވެ.


ޝާއިޢުކުރީ: އަޙްމަދު ރަޝީދު  | ރިވިއު ކުރީ: އަޙްމަދު ރަޝީދު


 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.