ދިވެހި ފިލްމު އޯޑިއަންސް، އެ ފިލްމަކަށް މިއަހަރު އެންމެ އިންތިޒާރުކުރާނެ ފިލްމު “ކަޅަކިި”ގެ ފުރަތަމަ ޓީޒާ މުނިއަވަސް މެދުވެރިކޮށް ދައްކާލައިފިއެވެ.
ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ޕްރޮޑަކްޝަން ހައުސް ’ނިއުޒޯ ފިލްމްސް‘ އިން އުފައްދަމުން އަންނަ ފިލްމު “ކަޅަކިި”ގެ ފުރަތަމަ ޓީޒާއިން ހިތްގައިމު، ބިރުވެރި، މޮޅު އަދި ‘ޝޮކިންގ’ މަންޒަރުތަކެއް ފެނިގެންދެއެވެ.
ފިލްމުގެ ޓީޒާއިން މީގެ ކުރިން ދިވެހި ބިރުވެރި ފިލްމަކުން ފެނިފައި ނުވާފަ މޮޅު މަންޒަރުތަކެއް ފެންނައިރު، ދެތިން ހަތަރު ފަހަރު ޓީޒާ ބަލައިލުމުންވެސް ސިއްސަސިއްސައިގެން ދާވަރުވެއެވެ.
ފިލްމު “ކަޅަކިި”ގެ ފުރަތަމަ ޓީޒާ މުނިއަވަސް މެދުވެރިކޮށް ބެލުންތެރިންނަށް ދޫކޮށްލަމުން ނިޢުމާ މުޙައްމަދު ބުނީ ޕްރޮޑިއުސަރެއްގެ ހައިސިންޔަތުން “ކަޅަކިި” ފިލްމުގެ މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
“ޔޫއްޕެގެ ވަރަށް ހިތްގައިމު ސްކްރީންޕްލޭ އަކަށް މި ފިލްމު ހެދިފަ މިއޮތީ. ދެން ޔޫއްޕެގެ މަސައްކަތާ ދޭތެރޭގަ އެއްވެސް ވަރަކަށް ‘ޑައުޓެއް’ ވެސް ނުކުރަން. ޔޫއްޕެ އަކީ ހަމަ ފަސްމީރު ކުރިރުކެކޭ ބުނެވޭނީ.” ފިލްމުގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓްކޮށް އަދި އެކްޓްވެސް ކޮށްފައިވާ ރާއްޖޭގެ އެންމެ ހުނަރުވެރި އެކްޓަރ ޔޫސުފް ޝަފީޢުގެ މަސައްކަތާމެދު ހިތްހަމަޖެހުން ފާޅުކުރަމުން ނިޢުމާ ބުންޏެވެ.
ފިލްމު “ކަޅަކިި” އެއްކޮށް ޝޫޓްކޮށްފައިވަނީ ސްރީ ލަންކާގެ ކޮލޮމްބޯއިން ބޭރު، އެކަހެރި، ހިތްގައިމު ސަރަޙައްދެއްގައިކަން ފާހަގަކުރަމުން ނިޢުމާ ބުނީ ފިލްމުގެ ކާސްޓާއި ކްރޫއިން ތިބީވެސް އިތުރު އެއްވެސް ގެއެއް ނެތް އެކަހެރި ސަރަހައްދެއްގައި ކަމަށެވެ.
“ލަންކާގެ ކޮލޮމްބޯ ސިޓީން ބޭރުގަ ތަންކޮޅު ދުރު ހިސާބެއްގަ ޝޫޓްކޮށްފަ މިއޮތީ. އަނެއްހެން ބުނާނަމަ ކާސްޓުން ގޮސް ތިބި ގެ ހިސާބުގަނޑުގަވެސް ނުހުންނާނެ އެއްވެސް ގެއެއް. އަނެއްހެން ބުނަންޏާ ހަމަ ‘ބިގް ބޮސް’ ކަހަލަ ތަނަކަށް ގެންގޮސް ބޭތިއްބީ. ދެން އެ ހުރިހާ ކަމެއްވެސް ޓޮލެރޭޓްކޮށްގެން ކެތްތެރިކަމާއެކީގަ ހުރިހާ ސްޓާރުންވެސް ހަމަ ވަރަށް އެއްބާރުލުން ދީގެން މަސައްކަތް ނިންމާލެވުނީ. އެހެންވީމަ ވަރަށް ބޮޑަށް އުފާވޭ މަސައްކަތާ ދޭތެރޭގަ.” ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަގޮތް ހިއްސާކުރަމުން ނިޢުމާ ފާހަގަކުރިއެވެ.
“ފިލްމުގެ ހުރިހާ ކާސްޓުންގެ ވެސް އެކްޓިން ހަމަ ވަރަށް މޮޅު. ދެން ހުރިހާ ކާސްޓުންނަށް ވެސް ހަމަ ވަރަށް ބޮޑަށް ތެންކިޔު.” ފިލްމުގެ ތަރިންގެ މަސައްކަތާމެދުވެސް ނިޢުމާ ހުރީ ހިތްހަމަޖެހިފައެވެ.
ފިލްމު “ކަޅަކިި”ގެ ކާސްޓުގައި ހިމެނެނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، މުޙައްމަދު މަނިކް، ރިޝްފާ، ލަހޫގެ އިތުރުން ޝިޔާ އެވެ.
ބިރުވެރި ފިލްމު “ކަޅަކިި” ކެމެރާކުރީ ތަޖުރިބާކާރު އަދި ގިނަ ފިލްމުތަކެއް ކެމެރާކޮށްފައިވާ އިބްރާހީމް މޫސާ (ދަބަ) އެވެ. ފިލްމުގެ މަންޒަރުތައް ސްރީލަންކާގެ ކޮލޮމްބޯ، ކެންޑީގެ އިތުރުން ނުވަރަލިޔާގެ ހިތްގައިމު ލޮކޭޝަން ތަކުގައި ޝޫޓްކޮށްފައިވެއެވެ.
ފިލްމު “ކަޅަކިި”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ޝާއިޢުކުރީ: އަޙްމަދު ރަޝީދު | ރިވިއު ކުރީ: އަޙްމަދު ރަޝީދު
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
V salhi