ޑާކް ރެއިން އެންޓަޓެއިންމެންޓުން މިއަހަރު ގެނެސްދޭ ފިލްމު “ނޮވެމްބަރ“ގެ “ލަފްޒު” ލަވަ ރިލީޒްކޮށްފިއެވެ. ސަޅި، ހިތްގައިމު ލަފުޒުތަކެއް ސަޅި ރާގަކަށް އަމުނާލާފައިވާ ސަޅި ލަވައެއް އަހައިލަން ބޭނުންނަމަ “ލަފްޒު” އަޑުއަހައިލާށެވެ.

ސައުންޑްކްލައުޑަށް މިހާރު ލާފައިވާ “ލަފްޒު” ލަވަ ލިޔެ ރާގު ހަދައި ލަވަ ކިޔާފައިވަނީ މުޙައްމަދު ޝަންމޫން އެވެ. މިއުޒިކް ހެދީ ހުސައިން ތައުފީގް އެވެ.

އަސަރުގަދަ ލޯބީގެ ފިލްމު “ނޮވެމްބަރ” ރިލީޒްކުރަނީ މި އަހަރު ޖުލައި 06 ގައެވެ. މި ފިލްމުގެ ލީޑް ކުޅެފައިވަނީ ޖުމައްޔިލް ނިމާލް އާއި ނުޒްހަތު ޝުޢައިބެވެ.

ފިލްމު ”ނޮވެމްބަރ“ ގެ ސްކްރީންޕްލޭ ލިޔުނީ ޢާއިޝަތު ފުއާދު އާއި ޢަހްމަދު ޠަލާލް އެވެ. ޑައިރެކްޓްކޮށް ކެމެރާކުރީ ޝިފާއު (ޗިއްޕެ) އެވެ. ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތެރިވެފައިވަނީ އާއިޝަތު ފުއާދެވެ. ޗިއްޕެއާއެކު ކެމެރާކުރުމުގައި އަޙްމަދު ޝިނާން ވެސް ހަރަކާތެރިވިއެވެ.

ފިލްމު ”ނޮވެމްބަރ”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.


ޝާއިޢުކުރީ: އަޙްމަދު ރަޝީދު  | ރިވިއު ކުރީ: އަޙްމަދު ރަޝީދު


 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.