ސްކްރީން ރައިޓަރ އަޙްމަދު ޒަރީރުގެ ‘އެއް ކާފު ޕްރޮޑަކްޝަންސް’ އިން އުފައްދާ ފީޗާ ފިލްމު “މަރްޔަމް”ގެ ޝޫޓިން މާލޭގައި ނިންމާލުމަށްފަހު، ފިލްމުގެ ޝޫޓިންއަށް މ. މުލަކަށް ޕްރޮޑަކްޝަން ޓީމާއި ތަރިން މިއަދު ފުރާނެ ކަމަށް ޒަރީރް ބުނެފިއެވެ. ފިލްމު “މަރްޔަމް” އަކީ މަރްޔަމް މަޖްދާ (މަޖޫ)، ޑާކް ރެއިންގެ ފިލްމެއް ނޫން އެހެން ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.
ފިލްމު “މަރްޔަމް” އަކީ ‘ބަދަލެއްގެ ފެށުން’ ޓެގްލައިންގައި ގެނެސްދޭ ވަރުގަދަ ސިޔާސީ ފިލްމެއްކަމަށް ޒަރީރް ބުނެއެވެ. މި ފިލްމުގައި ކިޔައިދޭނީ ސިޔާސީ ދެކޮޅުވެރިކަމާއި ބައިބައިވުމުގެ ތެރެއިން ރައްޔިތުންނަށް އުއްމީދެއް ގެނެސްދިނުމަށް ނުކުންނަ އަންހެނެއްގެ ވާހަކަ ކަމަށްވެސް، ފިލްމުގެ މަޢުލޫމާތު ފުރަތަމަ ފަހަރަށް މީޑިއާއާއި ހިއްސާކުރަމުން މުނިއަވަސް އަށް ޒަރީރް ބުންޏެވެ.
ފިލްމު “މަރްޔަމް”ގެ ލީޑް ކާސްޓަކީ ‘މަރްޔަމް’ގެ ކެރެކްޓަރ އިން ފެނިގެންދާ މަރްޔަމް މަޖްދާ އެވެ. މަޖްދާ އާއެކު ފިލްމުގެ މުހިންމު ކެރެކްޓަރތަކުން އަޙްމަދު ސަޢީދު، ޢަލީ އާޒިމް (ދޮން އައްޔަ)، ނިޝް، ޢަލީ ޝަޒްލީމް، ވައްޑެ، ރޯނު ހަސަނިކް ފެނިގެންދާނެއެވެ. މީގެ އިތުރުން މުލަކުން ވެސް ފިލްމުގެ ސަޕޯޓިން ރޯލުތަކުން މީހުން ބައިވެރިކުރާނެ ކަމަށް ޒަރީރް ބުންޏެވެ.
މިއީ ސިނަމޮޓޮގްރަފީގައި މިވަގުތު ރާއްޖޭގެ ފިލްމީ މަޝްރަހުން އެންމެ ފާހަގަކޮށްލެވޭ ކެމެރާމަން ވިޝާން (ކަނޑި)، ޑައިރެކްޓްކޮށް ކެމެރާކުރާ ފިލްމެކެވެ. ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ ލިޔުނީ ޒަރީރް އެވެ.
‘އެއް ކާފު ޕްރޮޑަކްޝަންސް’ އިން ޕްރޮޑިއުސްކުރާ ފިލްމު “މަރްޔަމް”ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކުރާނީ ކާމިޔާބު ޕްރޮޑަކްޝަންތަކެއް އުފައްދަމުން އަންނަ ޕްރޮޑަކްޝަން ހައުސް ‘އޯކޭޒް’ އިންނެވެ.
ފިލްމު “މަރްޔަމް”ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!