ކޮވިޑް-19 އަށް ސައްކުކުރެވޭ މީހަކު ފެނިގެން ބ. ފެހެންދޫއަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

ފެހެންދޫ ކައުންސިލުން މުނިއަވަސް އަށް ވިދާޅުވީ އެރަށުގައި ހުރި ފަތުރުވެރިއެއް ކޮވިޑް-19 އަށް ޝައްކުކުރެވޭތީ، ފެހެންދޫ ޓްރޮޕިކަލް ވިލޭޖްގައި ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން ކައުންސިލުން ވިދާޅުވީ މިރޭގެ ވަގުތެއްގައި ސިއްހީ ފާރާތްތައްހިމެނޭ ޓީމެއް އެރަށަށް ދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.