އިތުރު އެއް ހަފްތާއަށް ސްކޫލްތައް ބަންދުކޮށްފިއެެވެ. ރާއްޖެއިން ކޮވިޑް 19 ފެނުމާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން މީގެ ކުރިން ވެސް ހަފްތާއަކަށް ސްކޫލްތައް ބަންދު ކޮށްފައި ވާއިރު ކޮލެޖްތަކާއި ޔުނިވަރސިޓީތައް ވެސް މިހާރުވަނީ ބަންދުކޮށްފައެވެ. އަދި މީގެ އިތުރުން ވެސް ޓިއުޝަން ސެންޓަރުތަކާއި ގުރުއާން ކްލާސްތައް ވެސް ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު ވަނީ އަންގާފައެވެ.

ސްކޫލްތައް ވަގުތީ ގޮތުން ބަންދުކުރި ނަމަވެސް ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެޑިޔުކޭޝަން އިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޮންލައިން ޕްލެޓް ފޯމްތަކާއި ޓީވީ މެދުވެރިކޮށް ކްލާސްތައް ނެގުމަށް މިހާރުވެސް ފައްޓާފައިވާއިރު އޫރީދޫ އާއި ދިރާގާއި ވެސް މިކަމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް އެޑިއުކޭޝަން އިން ބުނެއެވެ.

ޔޭސް ޓީވީ މެދުވެރިކޮށް ގްރޭޑް 10 ގެ ކްލާސްތައް ނަގައިދޭން ފަށާފައިވާއިރު މާދަމާއިން ފެށިގެން ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ވީޓީވީ މެދުވެރިކޮށް ކިޔަވައިދޭން ފަށާނެ ކަމަށްވެސް އެޑިޔުކޭޝަން އިން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.