މިހާރު ދުނިޔެ އަށް ފެތުރިފައިވާ ބޮޑު ވަބާ، ނޮވެލް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ނަތީޖާ އެންމެ 45 މިނެޓުން ލިބޭނެ ފަދަ ޓެސްޓެއް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ސަރުކާރުން ދީފިއެވެ.
ބޭނުންވާވަރަށް ވަސީލަތްތައް ނެތުމުގެ ސަބަބުން، އެމެރިކާގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ދަތިތަކާއި ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ކެލިފޯނިއާގެ “ސެފެއިޑް” ނަމަކަށް ކިޔާ ކުންފުންޏަކުން ތަޢާރަފުކުރި މި ޓެސްޓު ބޭނުންކުރުމުގެ ހުއްދަ އެ ގައުމުގެ “ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން” (އެފް.ޑީ.އޭ) ދިން ނަމަވެސް، މިވަގުތަށް މި ޓެސްޓު ބޭނުންކުރާނީ ހަމައެކަނި ހޮސްޕިޓަލްތަކާއި، އެމަޖެންސީ ކޮޓަރިތަކުގައި ކަމަށް ޚަބަރުތައް ބުނެއެވެ.
ކަމާއި ބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި މިހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި، ކޮވިޑް-19 ޓެސްޓުގެ ނަތީޖާ ލިބޭނެގޮތް ވުމަކީ މި ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި އެޅިގެންދާނެ ވަރަށް މުހިއްމު ފިޔަވަޅެކެވެ.
“އަލަށް ތަޢާރަފުކުރެވުނު މި ޓެސްޓާއި އެކު އަހަރެމެން މި ބަދަލު ވަނީ އެހެން ހަރުފަތަކަށް. މި ޓެސްޓާއި އެކު އެމެރިކާގެ ރައްޔިތުން ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ. މިހާރު ކޮވިޑް-19 އަަށް ބޭނުންކުރަމުން މިދާ ޓެސްޓުގެ ނަތީޖާ ލިބެން ގިނަ ވަގުތު ނެގިޔަސް އަލަށް ތަޢާރަފުކުރެވުނު މި ޓެސްޓުން ނަތީޖާ ލިބެން ނަގާނީ އެންމެ 45 މިނެޓު.” އެމެރިކާގެ ސެކްރެޓަރީ އޮފް ހެލްތު އެންޑް ހިއުމަން ސާވިސަސް އަލެކްސް އަޒަރ ބުނެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި