ޔާރާ ޕޮރޮޑަކްޝަންގެ ކަމިޔާބު ފިލްމު “ވިޝްކާ” ބައިސްކޯފުން ސްޓްރީމް ކުރަން ހަމަޖައްސައިފިއެވެ. ރިޝްމީގެ ފޭނުންނަށް ދޭން އުޅުނު ސަޕްރިޒަކީ މިއީއެވެ.

އެ ފިލްމްގެ ލީޑް ބަތަލާ އަދި ޕްރޮޑިއުސަރު އައިޝަތު ރިޝްމީ އޭނާގެ އިންސްޓްގްރާމް ސްޓޯރީގައި ބުނި ގޮތުން އަންނަ ހޯމަ ދުވަހުގެ ރެެއިން ފެށިގެން ބައިސްކޯފު މެދުވެރިކޮށް “ވިޝްކާ” ބެލޭނެއެވެ. ޔަޤީނުންވެސް މީ ބެލުންތެރިންނަށް އުފާވެރި ޚަބަރަކަށް ވާނެއެވެ.

ފިލްމު “ވިޝްކާ” އަކީ މިދިޔަ އަހަރު ބޭއްވުނު ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފިލްމެވެ. އަދި ހަމަ މި އެވޯޑު ހަފުލާގައި އެންމެ މޮޅު ބަޠަލާ އަކަށް ވެސް ހޮވުނީ ފިލްމު “ވިޝްކާ” އިން އައިޝަތު ރިޝްމީއެވެ. މި ދެ އެވޯޑާއެކު މުޅި ޖުމްލަ ހަތް އެވޯޑު ވިޝްކާ އިން ވަނީ އުފުލާލާފައެވެ. މީގެ އިތުރުން 2017 ވަނަ އަހަރު ސާކް ފިލްމު ފެސްޓިވަލްގައި “ވިޝްކާ” ބައިވެރި ކޮށްގެން ރިޝްމީ ވަނީ ސަރަހައްދުވެ އެންމެ މޮޅު ބަތަލާ މަގާމު ހޯދައި ބައިނަލްއަގުވާމީ އެވޯޑެއް ހޯދި ފުރަތަމަ ދިވެހި އެކްޓްރެސްގެ ޝަރަފުވެސް ހޯދާފައެވެ.

ޔާރާ ޕްރޮޑަކްޝަންސްގެ “ވިޝްކާ” އަކީ ދިވެހި މުޖުތަމައުއިން ފެންނަ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ “ކްރައިމް ތްރިލާ” އެކެވެ. ފިލްމުގެ ލީޑް ރޯލް ކުޅެފއިވަނީ ރިޝްމީގެ އިތުރުން ރަވީއާއި އަހުމަދު ސައީދެވެ. އަދި މި ފިލްމުގައި ރިޝްމީ ދެއްކި ތަފާތު އަދި މޮޅު އެންޓިންގ އަށް އެތައް ބަޔަކު ތަޢުރީފުކުރިއެވެ.

މިއީ ރިޝްމީގެ ހުނަރު ވަރަށް ފުރިހަމަޔަށް ފެނިގެން ދިޔަ ފިލްމެއް ގެ އިތުރަށް ރިޝްމީ ވަނީ މި ފިލްމާއިކު ދިވެހި ސިނަމާގައި އިތުރު ހަރުފަތަކަށް ޖެހިލާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނަބީލް މުޙައްމަދު
މައިގަނޑުގޮތެއްގައި ނަބީލް ލިޔާނީ ފިލްމީ ޚަބަރާއި މަޢުލޫމާތެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ނަބީލްގެ ގަލަން ފަރިތައެވެ.