19 މާރޗް 2020 ދުވަހުގެ ބަޔާއި ގުޅޭ…
ކުރިމަތީގައި ހުރި ޔަޝްފީ ފެނިފައި މަހްރާން ހަމަ އަސްލުވެސް ސަޕްރައިޒްވިއެވެ.
“އަންގާވެސް ނުލާ.. އަޅެ ބަލާވެސް ނުދެވުނީ.. ކޮބާ ފޮށިތައް؟” މަހްރާންއަށް އަދިވެސް ހަމަ ހައިރާން ކަމުގައި ހުރެވެނީއެވެ. މަހެއްހާ ދުވަހު މާލޭގައި މަންމަ ގާތުގައި ހުރެފައި ކުއްލިއަކަށް ހީވެސް ނުކޮށް ހުއްޓާ ފެނުމުން މަހްރާންއަށް ހަމަ ހުރެވުނީއެވެ. ޒެހެކްގެ ކޯލެއް މަހްރާންއަށް އައީ އެވަގުތުއެވެ.”ހާއި. ޒެހެކް.. ” ފޯނު ނަގަމުން މަހްރާން އަތުގެ އިޝާރާތުން ވަގުތު ކޮޅެއް ދިނުމަށް ޔަޝްފީ ގާތު އެދުނެވެ. ޔަޝްފީއަކީ ކިޔަމަންތެރި އަންބެކެވެ. ހިނިތުން ވުމާއެކު ގޭތެރެއަށް ވަދެގެން ދިޔައެވެ.
“ހާއި. ސޮރީ.. މާބޮޑަށް ވަރުބަލިވީ.. އަނެއްކާ އިލާން އާއި މިލާން.. ހެހެ” ޒެހެކް ހަމަޖެހެން މަސައްކަތް ކުރިނަމަވެސް ހިތަށާއި ބޮލަށް ކުރާ ބާރު އިންތިހާއެވެ.
“މައިކަލް.. މައިކަލް އަށް ކިހިނެތްވީ؟” މަހްރާން ހެނދުނުންސުރެ އަހަން ބޭނުންވެފައި ހުރި ސުވާލު އެންމެ ކުރިންވެސް ކުރިއެވެ.
“މައިކަލް… އެބައިން ފޭސްބުކް ރިކުއެސްޓްއެއް ކޮށްފަ” ޒެހެކްއަށް އުނދަގުވެފައިވާ ވަރު އޭނާގެ ވާހަކަދެއްކުމުންވެސް އެނގެއެވެ.
“މައިކަލް އަންނަން ބޭނުންވަނީތަ؟” ޒެހެކްގެ ދިރިއުޅުމަށް މައިކަލް އަންނަން މަހްރާން ބޭނުން ނުވާފަދައެވެ.
“ނޭނގެ.. އޭނަ ބޭނުން ވާނީ އޭނަގެ އުފާވެރި ދިރިއުޅުން އަހަންނަށް ދައްކަން. ކުރިންވެސް ރުޅިއައީމަ އޭނަ އެހެން އަންހެން ކުދިން ގާތްކުރާނެ. އެންމެފަހުން ބަނޑުބޮޑު ވާހަކަ ބުނެފަ ފޮނުވި މެސެޖްއަށްވެސް ރިޕްލައިކުރީ އަހަރެން އެމިލީއާއެކު ޕާޓީ ކުރަނީ އޭކިޔާފަ. އޭނާ މިހާރުވެސް އުޅެނީ އެމިލީ އާ އެކީ..” އެންމެފަހުން ޒެހެކް އަށް ރޮވުނެވެ. އެތައް ދުވަހަކު ލޮލުގައި ޖަމާކޮށްފައި ހުރި ކަރުނަތައް ފައިބަން ދޫކޮށްލިއެވެ. އެތައް ދުވަހަކު އޭނާ ކެތްކޮށްފިއެވެ.
“ޒެހެކް… ހުއްޓާލަބަ.. ޒެހެކް ބޭނުން ނުވަންޏާ އެކްސެޕްޓް ނުކޮށް ބައިންދާ.. ނޫނީ ޑިލީޓް ކޮށްލާ.. ޕާސްޓް އިޒް ޕާސްޓްދޯ…ދެން އެކަމާ ނުވިސްނާ.. ތީ މިހާރު މާ ސްޓްރޯންގް މީހެއްހެއްނު.. ފޯކަސް ކުރޭ ވިޔަފާރިއަށް. ” މަހްރާން ޒެހެކް އަށް ހިތްވަރު ދިނެވެ. ހަމައަކަށް އެޅުވޭތޯ މަހްރާންއަށް ކުރެވެން ހުރި މަސައްކަތް ކުރިއެވެ. ޔޫވިކް ނިންދެވުމަށްފަހު ޔަޝްފީވެސް ސިޓިނގްރޫމަށް ނުކުތެވެ.
“ޒެހެކް.. އަހަރެންގެ ވައިފް އާއި ކިޑް މިއަދު ރަށަށްއައިސްފި… ވަރަށް ދުވަހު މާލޭގަ އުޅެފަ.. އަދި ނުވެސް ބުނެވޭދޯ.. ޒެހެކްގެ ވާހަކަ ނިންމާފަ ރޭގައިވެސް ވަގުތެއް ނުވީ.. ސޮރީ އިނގޭ.”
މަހްރާން ބުނިއެއްޗަކުން ޒެހެކް ހުއްޓުން އެރިއެވެ. މަހްރާން އަކީ މީހެއްގެ ފިރިއެއް ހެއްޔެވެ.؟ ޒެހެކް ފޯނު ކަނޑާލިއެވެ. އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުނީއެވެ. އެހާ ދުވަހަށް ފަހު ލިބުނު ކުޑަކުޑަ އުއްމީދެވެ.
ފޯނުކަނޑާލުމަށްފަހު ނިކަން ބާރަށް ގޮސް ކާރުގެ ތަޅުދަނޑި ނެގިއެވެ. ބާރުބާރަށް ހިނގާފައި ދަމުން ގޭގައި ގެންގުޅޭ ނޭޕާލް އަންހެން މީހާގާތު ދަނީއޭ ބުންޏެވެ. ކާރަށް އަރާ ދުއްވާލިއެވެ. އޭނާގެ މިސްރާބު ހުރީ ބްރިޖާ ދިމާލަށެވެ.
ބާރު ސްޕީޑްގައި ހުޅުމާލޭގައި ޒެހެކްގެ ކާރު ދުއްވަމުން ގެންދިޔައީ އެއްވެސް ފަރުވާލެއް ނެތިއެވެ. ދެންމެ ދެންމެ އެއްޗަކު ޖެހިދާހެން ހީވި ކިތަންމެފަހަރެއް އައިސްފިއެވެ. މަހްރާން ޒެހެކްއަށް އޮޅުވާލީހެއްޔެވެ؟ މަހްރާންއާ މެދު އެވަރަށް ވިސްނަން މަހްރާން އެއީ ޒެހެކްގެ ކާކު ހެއްޔެވެ.؟ އިއްޔެ ދިމާވި މީހެކެވެ. ޒެހެކް އަކީ ދެކުދިންގެ މަންމައެކެވެ. ނަން މަޝްހޫރު ވިޔަފާރިވެރިއެކެވެ. ޒެހެކް ވިސްނަންވީ ކޮން ކަމަކާ ހެއްޔެވެ.
އިރާ ކޮޅު ޒެހެކް ފޯނު ކަނޑާލީ ހިތްހަމަ ނުޖެހި ހުރެކަން މަހްރާންއަށް އެނގެއެވެ. ޔަޝްފީގެ ވާހަކަ ޒެހެކް ގާތު ބުނާނެ ފުރުސަތު ކުރިންވެސް އެކި ގޮތް ގޮތަށް ލިބިއްޖެއެވެ. ހަގީގަތުގައި ބުނަންވެސް ނުކެރުނީއެވެ. މަހްރާން އަށް ޒެހެކް ހާއްސައެވެ. ޒެހެކް މަހްރާންއާއި ދުރަށް ގޮސް ދާނެ ހެން ހީވާ ކަމެއް ވެސް މަހްރާން ކުރާކަށް ގަސްދެއް ނުކުރެއެވެ. ޒެހެކް އަށް ގުޅަން ކިތަންމެ ބޭނުންވެފައި ހުރި ނަމަވެސް މަހްރާންއަށް ދެން މިރޭ ޒެހެކް އަށް ގުޅާނެ ފުރުސަތެއް ލިބިދާނެ ހެނެއް ހީއެއް ނުވެއެވެ. ޔަޝްފީ އައީ މަހަކަށް ވުރެ ގިނަދުވަސް ކޮށްފައެވެ. ޔަޝްފީ ހިތްހަމަ ނުޖެހިދާނެ ކަމެއް ހަމަ ގައިމުވެސް މިރޭ ކުރާކަށް މަހްރާން ބޭނުމެއްނުވެއެވެ. މަހްރާން އާއި ޔަޝްފީގެ ކައިވެންޏަކީ އުފާވެރި ކައިވެންޏެކެވެ، މިހާތަނަށްވެސް ބޮޑު މައްސަލައެއް ނުޖެހި ލޯތްބާއެކު ދެމި އޮތް ކައިވެންޏެކެވެ. އެހެންނަމަވެސް މަހްރާންއަށް މިއަދު ޔަޝްފީ ފިޔަވައި އެހެން އަންހެނަކަށް ބަލައިލެވިއްޖެއެވެ.
އެނދުމަތީ އުއްޑުން އޮތް މައިކަލް އެހެން އޮންނަތާ ގަޑިއެއްހާއިރު ވެއްޖެއެވެ. މީހާ ހީވަނީ ބޮޑު ބައްޔެއް ޖެހިފައިވާ މީހެއް ހެންނެވެ. މައިކަލްގެ އުޅުމަށް ކުއްލިއަކަށް މިއައި ބަދަލުގެ ސަބަބުން އެމިލީ މާޔޫސް ވެއްޖެއެވެ. މައިކަލްގެ އެހާލު ބެލުމަކީ އެމިލީއަށް ފަސޭހަކަމެއް ނޫނެވެ. ދެތިން ފަހަރަކު ގޮވާލުމުންވެސް މައިކަލް ހަމަ އޮތްގޮތައް އޮތީއެވެ. މައިކަލް އެވިސްނަނީ ކޮންކަމަކާ ހެއްޔެވެ؟ ޒެހެކް ދެކެ މައިކަލް ލޯބިވާކަން އެމިލީއަށް އެނގެ އެވެ. އެހެންނަމަވެސް މައިކަލް އެހާވަރަށް ޒެހެކް ދެކެ ލޯބިވެދާނެއެކޭ އެމިލީ ހިތަށް ވެސް ނާރައެވެ.
ކޮލެޖްގެ ހަލަބޮލި މާހައުލުގައި އެކި ކުދިން އެކި ކަންކަމުގައި މަސްއޫލުވެގެން އުޅުނެވެ. ބާސްކެޓް ކުޅޭ ކުދިންނާއި ނަށަން ތިބި ކުދިންނެވެ. ސްކޭޓް ކުރަން ތިބި ކުދިންނެވެ. ކުލާސް ދޮރުމަތީ ހުރި ބެންޗެއްގައި އިށީންދެލައިގެން އިން ޒެހެކް ހާވަމުން ދިޔައީ އޭނާގެ ދަބަހެވެ. ހީވަނީ ކޮންމެވެސް އެއްޗެއް ގެއްލިގެން އުޅޭހެންނެވެ.
“ލުކިން ފޯ ދިސް” މެކް ބްރޭންޑްގެ ފުށްދަޅު ދައްކާލަމުން އެމިލީ ޒެހެކް ގާތު އިށީނެވެ.
“އޯ.. އައި ވޯޒް ސޯ ވޯރީޑް” ޒެހެކް ފުން ނޭވައެއް ދޫކޮށްލިއެވެ.
“ޔޫ ލެފްޓް އިޓް.. ދެއަރ” އަތުން އިޝާރާތް ކޮށްލަމުން އެމިލީ ދައްކާލީ ކުލާސް ރޫމެވެ. ކުލާސް ތެރޭގައި އިން މައިކަލް ޒެހެކް އަށް ފެނުނީ އެވަގުތުއެވެ. ފޫހި ކަމާއެކު ޒެހެކް އަނެއްފަރާތަށް އެނބުރިލީ މައިކަލް ޒެހެކްއަށް ބަލަން އިނުމުންނެވެ. ފުށްދަޅު ދިނުމަށްފަހު އެމިލީ ހިނގައިގަތެވެ.
މައިކަލް މާކުރިންވެސް ޒެހެކްއަށް ބަލާކަން ޒެހެކްއަށް އެނގެއެވެ. މައިކަލް ޒެހެކްއާއި ވާހަކަ ދައްކަން މަސައްކަތް ކުރާކަންވެސް ޒެހެކްއަށް އެނގެއެވެ. އެކަންކަމަށް ސަމާލުކަންދޭން ޒެހެކް ބޭނުންނުވީއެވެ. ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވުމަކީ ޒެހެކްގެ އަބަދުގެވެސް އުއްމީދެވެ.
“ކޭން އައި ސިޓް ހިއަރ” އެންމެފަހުން ކުލާހުގައި ނީންދެވިގެން މައިކަލް އައިސް ޒެހެކްގާތުގައި އިށީނެވެ. އެއާއެކު ޒެހެކް ތެދުވިއެވެ. ކުއްލިއަކަށް މައިކަލް ޒެހެކްގެ އަތުގައި ހިފިއެވެ.
“ލީވް” އަތް ފޮޅުވާލުމަށް ޒެހެކް މަސައްކަތް ކުރިއެވެ. ދުރުގައި އެމަންޒަރު ބަލަން އެމިލީ ހުރިކަމެއް އޭގެން އެކަކަށްވެސް ނޭނގެއެވެ. މައިކަލްއަށް އެމިލީގެ ކަޅި ހުއްޓިފައިވަނީ އެންމެ ފުރަތަމަ ދުވަހުންފެށިގެންނެވެ.
އެމިލީ ސިއްސައިގެން ދިޔައީ މައިކަލް ކެއްސާލިއަޑަށެވެ. ހިޔާލުތަކުގެ ތެރޭގައި ޣަރަގުވެފައި އިނދެވުނީ ކިހާއިރަކު ކަމެއް ޚުދު އެމިލީއަށްވެސް ނޭނގުނެވެ.
“މައިކަލް… ޔޫ ވޯންޓް ގޯ؟” އެންމެ ފަހުން ބޭނުން ނުވިއަސް އެމިލީ ބުންޏެވެ. އެމިލީ ބުނި އެއްޗަކުން މައިކަލް ފުއްމައިގެން ތެދުވިއެވެ. ދެލޯ ބޮޑުކޮށްފައި އެމިލީއާ ދިމާއަށް ބަލަހައްޓައިގެން ހުރީ ގަބޫލު ނުކުރެވިފައެވެ.
“އިފް ޔޫ ވޯންޓް ގޯ.. ދެން ގޯ.. އައި ކާންޓް ސީ ޔޫ ލައިކް ދިސް.. އައި ކާންޓް ހޯލްޑް ސަމްވަން ހޫ ޑޯންޓް ލަވްމީ..” އެހެން ބުނުމަށްފަހު އެމިލީ ނުކުމެގެން ދިޔައެވެ.
ގާވެ ހުއްޓުން އަރާފައި މައިކަލް ހުރީއެވެ.
(ނުނިމޭ)
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 4 މާރޗް 2021ޚަބަރުލަވަކިޔުންތެރިޔާ ޝްރެޔާ ބަނޑުބޮޑު!
- 28 ޖެނުއަރީ 2021ޚަބަރުއިންޑިއަން އައިޑަލް އަބީޖީތު ރާއްޖޭގައި
- 10 ޑިސެމްބަރ 2020ޚަބަރުދެކުނު އިންޑިޔާ ސިނަމާއިން އެންމެ “ހޭންޑްސަމް” ފަސް ތަރިން
- 9 ޑިސެމްބަރ 2020ރިޕޯޓްލޯބިވާ ބައްޕާއެވެ. ޝުކުރިއްޔާއެވެ.