ބެލްޖިއަމްގައި ބުޅަލެއް ކޮރޯނާ ވައިރަސްއަށް ފައްސިވެއްޖެއެވެ. ރަޝިއާ ޓުޑޭއިން ރިޕޯޓުކޮށްފައިވާގޮތުން މިބުޅާ ކޮވިޑް-19 އަށް ފައްސި ވެފައިވަނީ އޭތި އޮޅުކޮށްގެން ގެންގުޅޭ މީހާގެ ގައިން ވައިރަސް ވާރުތަކޮށްގެންނެވެ.

ބެލްޖިއަމްގެ ކޮރޯނާ ވައިރަސް ސްޕޯކްސްޕާސަން އެމަނުއަލް އޭންޑްރޭއާ ހަވާލާދީ ރަޝިއާ ޓުޑޭގައި ބުނެފައިވަނީ ބުޅަލަށް ކޮވިޑް-19 ޖެހުނުއިރު އޭތި ހުރީ ބަލި ޖެހިގެން އެކަހެރި ކުރެވިފައިވާ މީހަކާ އެކުގައިކަމަށެވެ.

ބަލިވެ އުޅުނު މި ބުޅާ ބައްޔަށް ފައްސިވިކަން އެނގުނީ ކޮވިޑް-19ގެ އަލާމާތެއް ކަމަށްވާ ނޭވާލާން އުނދަގޫވުން ހުރިކަން އެނގިގެން ޓެސްޓްކުރުމުން ކަމަށް ރަޝިޔާގެ ނޫހާއި ހަވާލާދީ ފޮކްސް ނިއުސްއިން ވެސް ބުނެއެވެ.

މިއީ ބުޅަލަކަށް ކޮވިޑް-19 ޖެހުނު ފުރަތަމަ ފަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ކުރިން ޖަޕާނުގެ ދެ ކުއްތާއެއް ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ.

ބޭރުގެ އެތަކެއް އޮންލައިން ތަކެއްގައި މި ޚަބަރު ލިޔެފައިވާކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.